Follow us on
ބޮސް ގެ ތީމް ލަވަ މިރޭ ލޯންޗް ކުރަނީ
| ފާނޫޒް.ކޮމް

ފާތިމަތު ނަހުލާގެ “ބޮސް”, މި ފިލްމަކީ ލޯބީގެ އަސަރުގަދަ ދިވެހި ފިލްމެކެވެ. މި މަހުގެ 31 ވަނަ ދުވަހު ތިއޭޓަރ ގައި އަޅުވަން ހަމަޖެހިފައިވާ މި ފިލްމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. ބޮސް ގެ ޓްރެއިލާ އަށް މިހާތަނަށް ވަނީ 2 ލައްކަ އަށްވުރެ ގިނަ ވިއުސް ލިބިފައެވެ. މިކަމުންވެސް މި ފިލްމަށް ލިބިފައިވާ ތަރުޙީބު ހާމަވެގެން އެބަ ދެއެވެ.

ބޮސް ފިލްމު ބަލަން ކެތް މަދުވެފައިތިބި ފޭނުންނަށް އަނެއްކާވެސް މިއޮތީ އުފާވެރި ޚަބަރެކެވެ. މިރޭ 22:00 ގައި ބޮސް ގެ ތީމް ލަވަތައް ލޯންޗްކުރުންކުރިއަށް ދާނެއެވެ. ލަވަތައް ލޯންޗް ކުރުން ކުރިއަށް ދާނީ މިރޭ 22:00 އިން 23:00 އަށެވެ. ސަން ޓީވީ އިންނާއި ބޮސްގެ ފޭސްބުކް ޕޭޖުން މި ޝޯ ލައިވް ކުރުމަށް ވަނީ ހަމަޖައްސާފައެވެ.

އެފްބީ ލައިވް ކުރިއަށް ދާއިރު، ބެލުންތެރީންނަށް ފިލްމާ ގުޅޭގޮތުން ފިލްމުގެ ތަރިންނާ ސުވާލުކުރަން ފުރުސަތު ލިބޭނެކަމަށް ނަހުލާ ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ