Follow us on
އަޑުގަދަމީހާގެ ރުއް ގިނަވާނެއެވެ.
| ފާނޫޒް.ކޮމް

އިހުޒަމާނުގައި ރާއްޖޭގެ މީހުން މަދު ރަށްރަށުގެ ވަލުތެރޭގައި ހުންނަ ރުއްތައް ހުންނާނީ ރަށުގެ ރައްޔިތުންނަށް ބަހާފައެވެ. އެޒަމާނުގައި މިހެން ބަހާފައި ހުންނަ ރުއްތަކާއިމެދު އެކަކު އަނެކެއްގެ މެދުގައި އަރާރުން އުފެދިގެން ދެއެވެ. މިގޮތަށް ރުއްތަކުގެ މިލްކުވެރިކަމާއިމެދު ބަޔަކުވާ އަރާރުމެއްގައި, ގިނަ ރުއް ލިބޭނީ އެންމެ އަޑު ހަރުކޮށް “އެއީ ހައްތަހާވެސް މަގޭ ރުކޭ” ބުނި މީހަކަށެވެ. އެހެންކަމުން ކަންކަމުގައި އަޑު ހަރުކޮށް ވާހަކަދައްކާ މީހާ ބުނާގޮތަށް ކަންތައްތައް ނިމޭ ފަހަރު ފަހަރުގައި, “އަޑުގަދަ މީހާގެ ރުއް ގިނަ ވާނެއެވެ” ބުނެ އުޅެއެވެ.

ޚިޔާލު ފާޅުކުރައްވާ

  1. އަޙުމަދު އަނަސް

    ރތރތރތ

  2. އަޙުމަދު އަނަސް

    768768769ިުިުޔިުޔ