Follow us on
ފޮނަދޫ ކައުންސިލް ފުޓުސަލް މުބާރާތުގެ ޗެމްޕިއަންކަން ޝަބްނަމީއިން ހޯދައިފި
| އަޙުމަދު އަނަސް

ލ.ފޮނަދޫ ކައުންސިލް އަދި ބައްރު ކުލަބު ގުޅިގެން ބޭއްވި ފޮނަދޫ ކައުންސިލްގެ ދެވަނަ ފުޓުސަލް މުބާރާތުގެ ޗެމްޕިއަންކަން ޝަބްނަމީ ހޯލްޑިންގްްސް އިން ހޯފައިފިއެވެ.

ފޮނަދޫ ބަރާސިލް އަވަށު ބޯޅަދަނޑުގައި މިއަދު ބޭއްވި ފައިނަލް މެޗުގައި ވާދަކުރީ ޝަބްނަމީ ހޯލްޑިންގްސް އަދި ޕަބްލިކް ވޯކްސްއެވެ. މިމެޗުގައި ޝަބްނަމީ ހޯލްޑިންގްސް އިން ކުރި ހޯދާފައިވަނީ 1-6 ގޯލްގެ ނަތީޖާއަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޝަބްނަމީ ހޯލްޑިންގްސްގެ ސިނާޒްއެވެ.

ޖުމްލަ 14 ޓީމު ބައިވެރިވި މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ ފައިސާގެ އިނާމް އަދި ރަނަރަޕް ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމް ފޮނަދޫ ކައުންސިލްއިން ވަނީ ދެއްވާފައެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިޔަށްދިޔަ މި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔަކަށް ހޮވިފައިވަނީ ޝަބްނަމީ ހޯލްޑިންގްސްގެ އިބްރާހިމް ރަޝީދެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ފޮގް އެވެ.

ޚިޔާލު ފާޅުކުރައްވާ