Follow us on
ދުނިޔޭގައި ހުރި އެންމެ ދިގުމީހާގެ އިސްކޮޅު އެނގޭތަ!
| އަޙުމަދު އަނަސް

ދުނިޔެއަކީ އެކިކަހަލަ އެކި ޒާތްޒާތުގެ މިހުން ދިރިއުޅޭ ތަނެއްކަން ކަށަވަރެވެ. އެންމެ ފަލަމީހާ ނުވަތަ އެންމެ މުއްސަނދިމީހާގެ ވާހަކައަކީ އަބަދުހެން ދައްކާ ވާހަކައެކެވެ. މިއަދު ދައްކަން މިއުޅެނީ ދުނިޔޭގައި ހުރި އެންމެ އިސްކޮޅުން ދިގުމީހާގެ ވާހަކައެވެ.

އިސްކޮޅުގައި 251 ސެނޓިމީޓަރ (8 ފޫޓު 2.8 އިންޗި) ހުންނަ ސުލްތާން ކޯސަން އަކީ މިއަދު ދުނިޔޭގައި ހުރި އެންމެ ދިގުމީހާގެ ލަގަބު ހޯގާފައިވާ މީހާއެވެ. 8 ފެބްރުއަރީ 2011 ވަނަ ދުވަހު ދުނިޔޭގެ ރިކޯޑުފޮތުން މީނާވަނީ ޖާގަ ހޯދާފައެވެ. އުމުރުން 33 އަހަރުގެ ސުލްތާން 2009 ވަނައަހަރުން ފެށިގެން ދުނިޔޭގައި ހުރި އެންމެ ދިގުމީހާއެވެ. ތުރުކީގެ އަންކަރާއަށް އުފަން ސުލްތާން އަކީ ދުނިޔޭގައި ހުރި އެންމެ އަތްތިލަ ބޮޑުމީހާވެސްމެއެވެ. އަދި މީގެ އިތުރުން އެންމެ ފައިތިލަ ބޮޑުމީހާގެ ގޮތުންވެސް މީގެކުރިން ރިކޯޑުފޮތުން ޖާގަހޯދާފައިވެއެވެ.

“އަހަރެން ދުވަހަކުވެސް ހިޔެއްނުކުރަން މިފޮތުން އަހަންނަށް ޖާގަ ލިބޭނެކަމަކަށް. މިއީ ޙަގީގަތުގަ އަހަރެންގެ ހުވަފެނެއް. މިއަދު މިހިރީ ހަމަ އާޝޯހުވެފަ.” ދުނިޔޭގެ ރެކޯޑުފޮތުން ޖާގަ ލިބުމާއެކު ސުލްތާނު ބުންޏެވެ. ޕިޗިއުޓަރީ ޖައިގޭންޓިޒަމް ކިޔާ ބައްޔެއްގެ ސަބަބުން ސުލްތާނު އާދަޔާއި ޚިލާފައް ދިގުވެފައިވާއިރު ސުލްތާނު އެންމެ ބޭނުންވަނީ ކުރިޔަށްއޮތްތާންގައި އުފާވެރި ދިރިއުޅުމެއް އުޅޭށެވެ.

ޚިޔާލު ފާޅުކުރައްވާ