Follow us on
އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ.
| ފާނޫޒް.ކޮމް

ކޮންމެ ކަމެއްވެސް, އެކަމެއް ފެށުމުގެ ކުރިން ވާަންޖެހޭ ތައްޔާރީތަކެއް ހުންނާނެއެވެ. ތައްޔާރީތަކެއް ނުވެ އެކަމެއް ފަށައިި, އެކަމެއްގެ ތެރޭގައި އުޅެނިކޮށް ނުރައްކަލަކާ ކުރިމަަތިވެއްޖެނަމަ ދެން އެކަމަކުން އޮންނާނީ ސަލާމަތް ނުވެވިފައެވެ. މިސާލަކަށް ކަނޑުމަގުން ދަތުރުކުރާ ދޯންޏެއްގައި ހުންނަންޖެހޭ ލައިފްޖެކެޓާއި, ޖީ.ޕީ.އެސް ނުުލާ ދަތުރު ފަށައިގެން, ދަތުރުގެ ވަކި ހިސާބަކުން މަގު އޮޅިއްޖެނަމަ އެއީ ނުރައްކާތެރިވީއެވެ. ނުވަތަ ދޯނި ބަންޑުން ޖަހާލައިފިނަމަ ލައިފްޖެކެޓެއްފަދަ އެއްޗެއް ނެތްނަމަ ސަލާމަތްވެވިދާނެ ހެއްޔެވެ؟ މަގުމަތީގެ އެކްސިޑެންޓްތަކުން ރައްކާތެރިވުން ކަމުގައިވިޔަސް, ރޯގާއަކުން ރައްކާތެރިވުން ކަމުގައިވިޔަސް ނުވަތަ އިމްތިހާނަކަށް ކުރިމަތިލާކަމުގައިވިޔަސް ކަން އޮތީ ހަމަ މިހެންނެވެ. އެހެންކަމުން ” އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ” ބުނާފަދައިން, ކޮންމެކަމެއް ފެށުމުގެ ކުރިން އެކަމަކަށް ރަނގަޅަށް ތައްޔާރުވާށެވެ.

ޚިޔާލު ފާޅުކުރައްވާ