Follow us on
ކަނބުރުގެއަކަށް ވަނިއްޔާ އަޅި ބުރާނެއެވެ.
| ފާނޫޒް.ކޮމް

އަބަދުހެން ގިރުނބާ ރޯކޮށްގެން, އެއިން ދަގަނޑު ދޮންކޮށް ހަދައިގެން ދަގަނޑު ތަޅަމުން ގެންދާ ތަނަށް ކިޔަނީ ކޮން ނަމެއްކަން އިނގޭތަ؟ އެއީ ކަނބުރުގެއެވެ. އެ ބުރަ މަސައްކަތް ކުރަމުން އަންނަ

ތަނުގައި މަސައްކަތް ކުރަން ތިބޭ މީހުންގެ ގައިގާވެސް ހުންނާނީ ހުސް އަޅި ހޭކިފައެެވެ. އަދި އެތަނަށް މީހަކު ވަނަސް, އަޅި ނުހޭކި އެމީހަކަށް އެތަނަކުން ނުނިކުމެވޭނެއެވެ. އެމީހެއްގެ ގަޔަށްވެސް އަޅި ބުރާނެއެވެ. ހަމަ އެފަދައިން ވިޔާނުދާ ބައެއްގެ ތެރޭގައި ތިމާ އުޅެން ފަށައިފިނަމަ ތިމާ ވެސް އެމީހުން ފަދަ ވިޔާނުދާ މީހަކަށް ވެހިނގައިދާނެއެވެ. ތިމާ އަކީ ކުށެއް ނުކުރާ, “ސާފު” މީހަކަށް ވިޔަސް މެއެވެ. މިސާލަކަށް ވައްކަންކުރާ ބައްއެއްގެ ތެރޭގައި އުޅެން ފަށައިފިނަމަ ތިމާ އަކީ ވެސް ވައްކަން ކުރާ މީހެއް ކަމަށް ތުހުމަތު ކުރެވެން ފަށާނެއެވެ. “ކަނބުރުގެއަކަށް ވަނިއްޔާ އަޅި ބުރާނެއެވެ” ބުނެ އުޅެނީ މިފަދަ ކަންކަމާ ގުޅޭގޮތުންނެވެ.

ޚިޔާލު ފާޅުކުރައްވާ