Follow us on
ވަޅިޖެހުން ސަޅިއެއް ނޫން – އަމާން ރާއްޖެ ދެކެން އަހަރެން ބޭނުން!
| ފާނޫޒް.ކޮމް

ނިދަންވެގެން ފޯނު ހުޅުވާ ބަލާލާއިރު ފެންނަނީ އެވެނި ތާކު މިވެނި މީހެއްގެ ގަޔަށް ވަޅިހަރައިގެން އުޅޭ މަންޒަރެވެ. ހެނދުނު ހޭލައިގެން ފޯނުނަގައި ބަލާލާއިރު ފެންނަނީ ވަޅިޖެހި މީހާ ނިޔާވި ވާހަކައެވެ. މިއީ އަދުގެ ޙާލަތެވެ. ޚުދު ދިވެހިރާއްޖޭގެ ޙާލަތެވެ. ހަމައެކަނި ރޭގަނޑު ދަން ގަޑީގައެއް ނޫނެވެ. ރޯމާދުވާލު ގަޑީގަވެސް މިކަން މިބީދައިން ކުރިޔަށް އެބަދެއެވެ.

ޤަތުލު މިވަނީ އާންމުވެފައެވެ. ކުރިން ސިއްރުގައި، އެހެނަސް މިއަދު ފައުޅުގައެވެ. ކުށެއް ނެތް އެތަށްބައެކެވެ. ދަންނަވަންތޯއެވެ. އެވެސް މީހެއްގެ ދަރިއެކެވެ. މީހެއްގެ ފިރިއެކެވެ. ފަހަރުގައި އެތަށް ބައެއް ބަލަހައްޓާ ބާޢުބާނަކަށްވެސް ވެދާނެއެވެ.

އިންސާނިއްޔަތު ކަމުގެ ކަންފުކެއްވެސް ނެތީ ހެއްޔެވެ؟ މިއަދު ޤަތުލުކޮށްލާ މިހާއަކީ މާދަމާ މިޤައުމަށް ކިހާ ޙިދުމަތެއް ކޮށްދޭނެ މީހެއްތޯ ވިސްނާވެސް ނުލައެވެ. މާދަމާ އަހަރެން ކަމެއް ނޫނީ ތިބާކަމެއްވެސް ނޭނގެއެވެ.

މިއަދު ގެއިން ނިކުމެގެން ކައިރި ފިހާރައަކަށް ގޮސްފައި ގެއަށް އާދެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް އެބަ އޮތްހެއްޔެވެ؟ ޤައުމު މިވަނީ މިފަދަ ވަބާއެއްގައިޖެހި އަމާންކަން ގެއްލިފައެވެ. ކޮންމެ ރެއަކު އެތައް ބައެއްގެ ގަޔަށް ވަޅި ޖަހާ މާރާމާރީ ހިންގަމުން މިދަނީއެވެ. އަމާން ރާއްޖެއެއްގައި ބޭނުން ގޮތަކަށް ހެލިފެލިވެ އުޅެލަން އަހަރެން ވަރަށް ބޭނުމެވެ. އަންނަން އޮތް ޖީލާއި ހަމައަށް އަމާން މުޖުތަމަޢެއް ފޯރުކޮށްދޭންވެސް ވަރަށް ބޭނުމެވެ. އެހެނަސް މިދާ ބީދާއިން މިކަން ވޭނެހެން ހިޔެއް ނުވެއެވެ.

އިންޑިޔާ ކަނޑުތެރެއަށް އުކާލެވިފައިވާ ރަން މުތީތަކެއް ފަދައިން އޮތް މިކުޑަ ކުޑަ “ޖަޒީރާ ރާއްޖެ” އަކީ ދުނިޔޭގެ އެންމެ ހިތްގައިމު ޤައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ކޮންމެ ދުވަހަކު ދުނިޔޭގެ އެކި ޤައުމުތަކުން އެތައް ހާސް ޓުއަރިސްޓުން ރާއްޖެ އެބައާދެއެވެ. އެހެނަސް އެ ޓުއަރިސްޓުނަށްވެސް މި ފެންނަނީ އަމާންކަމެއް ނެތް ހަލަނބޮލު ރާއްޖެއެކެވެ.

އިސްރަށްވެހިން ދުތް އަމާން، ދޮންވެލީގެ މިޤައުމު މިއަދު މިވަނީ ލޭގެ ކޯރަކަށް ބަދަލުވާން ފަށާފައެވެ. އިތުރަށް ކިޔެވުމަށް ރަށުން މާލެ ފައިބާ ތިބި ޒުވާންކުދިންގެ މައިންބަފައިން މިއަދު ތިބީ މާޔޫސްކަމެއްގެ ތެރޭގައެވެ. މިކަމުގެ ޒިންމާ ނަގާނީ ކޮންބައެއް ހެއްޔެވެ؟ ކޮންމެ ރެއަކުހެން “ކަތިލަމުން” އެދާ މިހުންގެ އާއިލާއިން ހެއްޔެވެ؟ މިހެން “ކޮށާ ކުދިކޮށްލެވޭ” މީހުންގެ ޤާތިލުން ކޮބައިހެއްޔެވެ؟

ޚިޔާލު ފާޅުކުރައްވާ

  1. ޙެކިވެރިޔާ

    ދެންއެކަން ބޮޑުވެގެން ފަހެ އެކަން ސަރުކާރަށް އަޑުއިއްވަން ކުރި މުޒަހަރާއެއް ވޭހެއްޔެވެ. ޢަބަދުވެސް ސިޔާސީހައްޔަރީން ދޫކޮއްލަން ގޮވުން ފިޔަވާ….
    ތިޔަރައްޔިތުންގެ މަޖިލީސް މެންބަރުންނާ ސުވާލުކޮއްބަލަ މަޖިލީސްއަށް ގޮސް ތިހަދާ ގާނޫނުން މިކަން ނުހުއްޓެނީ ކީއްވެގެންކަން…

  2. ޏޮޓް

    ތެދު