Follow us on
މިއޮތީ ކޮފީއިން ލިބޭ 5 ފައިދާ
| އަޙުމަދު އަނަސް

އަދުގެ ތަޙުޒީބުވެފައިވާ ޒަމާނުގައި ޒުވާނުންނާއި އެންމެ ފަސޭހައިން ބައްދަލުކޮށްލެވޭނޭ ތަނަކަށް ކޮފީ މޭޒުތައް މިވަނީ ވެފައެވެ. މިހެން މިވަނީކީ ސަބަބުތަކަކާއި ނުލައެއް ނޫނެވެ. އަދުގެ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ދުވަހުގެ ގިނަ ވަގުތުތަކެއް ހޭދަކުރަނީ ކޮފީ މޭޒުތަކުގެ ކައިރީގައެވެ.

ގިނަ ބަޔަކަށް ހީވެފައިވާ ގޮތުގައި ކޮފީއަކީ ޞިއްޙަތައް އެތައް ބައިވަރު ގެއްލުމެއް ލިބޭ އެއްޗެކެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ޙަޤީގަތަކީ ކޮފީ ބުއިމުން ގެއްލުމަށްވުރެ ބޮޑަށް ލިބެނީ ފައިދާއެވެ. މިއޮތީ ކޮފީއިން ލިބޭ 5 ފައިދާއެވެ.

ތަދު ކެނޑުވުން

ދުވާލަކު 2 ތަށި ކޮފީ ބުއިމަކި ހަށިގަނޑަށޤވާ ތަދުގެ %48 ތަދު ކަނޑުވާދޭ ކަމެކެވެ. މިއީ ސައިންސްވެރިންގެ ތަހްލިލުތަކުން ސާބިތުވެފައިވާ ކަމެކެވެ.

ހަކުރުބަލިން ދުރުކުރުވުން

ކޮންމެ ދުވާލަކު 6 ނުވަތަ އެއަށްވުރެން ގިނަ ކޮފީތަށި ބޯމީހުނަށް %22 ހަކުރުބަލި ޖެހުމުން ދުރުކުރުވައެވެ. ދާދި އިހަކަށްދުވަހު ހާވާޑު ޔުނިވާސިޓީގައި ކުރި ރިސާޗަކުން ދައްކާ ގޮތުގައި ދުވާލަކު ކޮފީ ތައްޓެއް ބޮމީހަކަށް %9 ހަކުރުބަލި ޖެހުުމުން ދުރުކުރުވައެވެ.

އަލްޒެއިމަރ ޖެހުމުން ދުރުކުރުވުން

ޔޫރޮޕިއަން ޖާނަލް އޮފް ނެއުރޮލޮޖީ އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮފީގައި ހިމެނޭ ބާވަތެއް ކަމުގައިވާ ކެފޭންގެ ސަބަބުން އަލްޒެއިމަރ ޖެހުމުން މީހާ ދުރުކުރުވައެވެ.

ހިތުގެ ބަލިތަކުން ދުރުކުރުވުން

ކޮރެއާ ސައިންސްވެރިންގެ ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު 3 އަކާއި 5 އާއި ދެމެދު އަދަދަކަށް ކޮފީ ބޯ މީހުން ހިތުގެ ބަލިޖެހުމުގެ ފުރުސަތު ކުދަވެގެން ދެއެވެ.

ޑީއެންއޭ ވަރުގަދަވުން

ޔޫރަޕިއަން ޖާނަލް އޮފް ނިއުޓްރިއެންޓްސް ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި ކޮފީ ބޯމީހުންގެ ޑީއެންއޭ ކޮފީ ނުބޯމީހުންގެ ޑީއެންއޭއަށްވުރެ ވަރުގަދެވެ.

ޚިޔާލު ފާޅުކުރައްވާ