Follow us on
ކޮންމެ ދުވަހަކު އޮރެންޖެއް ކާންވީ ކީއްވެ؟
| ފާތިމަތު ޝަފާ

އޮރެންޖަކީ ދިވެހި ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ މޭވާއެކެވެ.

އޮރެންޖަކީ ސިޓްރަސް ލިމޮނޮއިޑް ކިޔާ ބާވަތެއް ވަރަށް ގިނައިން ހުންނަ މޭވާއެކެވެ. ކިޑްނީގެ ބަލިތަކުން މިހާ ދުރުކޮށްދޭ އޮރެންޖަކީ ކޮންމެ ދުވަހަކު އެކަތި ކައިފިނަމަ މީހާގެ ހަށިގަނޑުގައި ވަރުޖެހޭ މޭވައެކެވެ. އޮރެންޖުގެ އެތަށް ބައިވަރު ބާވަތްތަކެއް ހުރެއެވެ. އޭގެ ތެރެއިން އެއް ބާވަތެއްކަމުގައިވާ މެންޑަރިން އަކީ ފުރަމޭގެ ކެންސަރު ޖެހުމުން މީހާ ދުރުކުރުވާ މޭވައެކެވެ.

އޮރެންޖަކީ ހަށިގަނޑުގެ ކޮލެސްޓްރޯލް ލެވެލް ދަށްކޮށް، ހުންނަންޖެހޭ ވަރަށް ހިފަހައްޓައިދޭ އެއްޗެއްވެސްމެއެވެ. ޕޮޓޭޝިއަމް އިން ފުރިފައިވާ މި މޭވާއަކީ ހިތުގެ ޞިއްޙަތު ރަނގަޅުކޮށްދޭ މޭވާއެކެވެ. އޮރެންޖުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވިގެންވުމާއެކު ކޮންމެ ދުވަހަކު އޮރެންޖެއް ކާމީހާ އެތަށް ހާސް ބަލިތަކަކުން ސަލާމަތްވެއެވެ.

އޮރެންޖަކީ ލޭގެ ޕްރެޝަރް ރަނގަޅު ހަމައިގޭ ހިފަހައްޓައިދޭ އަދި ލޮލުގެ ފެނުމަށް ފައިދާކުރަނިވި މޭވާއެކެވެ. ކަންކަން މިހެން ހުރުމާއެކު ކޮންމެ ދުވަހަކު އޮރެންޖެއް ކާމީހާގެ ޞިއްހަތު ވަރަށްވެސް ރަނގަޅުވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ