Follow us on
ދިވެހިރާއްޖޭގައި ކުރިން އޮތް ދީންތައް
| ފާނޫޒް.ކޮމް

ތާރީޚީ ނަޒަރަކުން ބަލާއިރު ދިވެހިރާއްޖޭގައި މީހުން ދިރިއުޅެން ފެށިތާ ގާތްގަނޑަކަށް 2500 އަށްވުރެ ގިނަ އަހަރު ވެދާނެ އެވެ. ތާރީޚީ ހެކިތަކުން އެނގޭގޮތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް މާތްވެގެންވާ އިސްލާމްދީނުގެ ޝުޢާއުގެ އަލިކަން ފެތުރިގެން ދިޔައީ މީލާދީން 1153 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެހެންކަމަށްވާނަމަ، ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވީއްސުރެ ދިވެހިރާއްޖެ އިސްލާމް ވުމާއިހަމައަށް، ދިވެހިންގެ ތެރޭގައިވެސް ކޮންމެވެސް ދީނެއް ނުވަތަ ދީންތަކެއް އޮންނާނެކަމަށް ބެލެވެއެވެ. ރާއްޖެއިން ފެނިފައިވާ ޤަދީމީ ލިޔުންތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ޤަދީމީ އާސާރުތައް ދިރާސާކޮށް ބެލި ބެލުމުގެ ތެރެއިން މިކަމަށް ހެކިދޭ އެތައް އެއްޗެއް ފެނިފައިވެއެވެ. މިފަދަ ދިރާސާތަކުން އެނގޭގޮތުގައި ރާއްޖެ އިސްލާމްވުމުގެ ކުރިން ރާއްޖޭގައި މައިގަނޑުގޮތެއްގައި އޮތީ ހިންދޫ ދީނާއި، ބުދު ދީނެވެ.

ހަމައެހެންމެ، ރާއްޖޭގެ ބައެއް ކަންކޮޅުތަކުގެ ރައްޔިތުން ޤުދުރުރަތީ ތަކެއްޗަށާއި، ބައެއް އެހެނިހެން ތަކެއްޗަށް އަޅުކަން ކޮށްފައިވާކަމަށް ބެލެވޭ ހެކިތައްވެސް ދިވެހި ތާރީޚީ ފަތްފުއްތަކުން ފެންނާން އެބަހުއްޓެވެ. ނަމަވެސް، ދިވެހިންގެ އަސްލު ގޮސް ބައްދަލުވަނީ ކޮންބައެއްކަމާމެދު ކަނޑައެޅި އެނގޭފަދަ ހެކިތަކެއް ފެންނަން ނެތްފަދައިން، ދިވެހިރާއްޖެއަށް އިސްލާމް ދީން އައުމުގެ ކުރިން ދިވެހިންގެ ތެރޭގައި އޮތް ދީންތަކާ ބެހޭގޮތުން ދެކެވޭ ވާހަކަތަކަކީ ވެސް ސުވާލު އުފެދޭ ވާހަކަތަކެކެވެ. މިގޮތުން މި ދިރާސީ މަޒުމޫނުގައި ބަލައިލާނީ ދިވެހިރާއްޖެ އިސްލާމް ވުމުގެ ކުރިން ދިވެހިރާއްޖޭގައި އޮތް ތަފާތު ދީންތަކާއި އެ ދީންތަކަށް އަޅުކަން ކުރުމަށް ދިވެހިން ބޭނުންކުރިކަމަށް ދިވެހި ތާރީޚުން ފެންނަން ހުރި ބައެއް ތަކެތީގެ މައްޗަށެވެ.

ޚިޔާލު ފާޅުކުރައްވާ