Follow us on
ޓެކްނޮލޮޖީ ދުނިޔެ ބަދަލުކޮށްލީ ކިހިނެތް؟
| އަޙުމަދު އަނަސް

ޓެކްނޮލޮޖީއަކީ މުޅިދުނިޔޭގައިވެސް އެއްދުވަހުން އަނެއްދުވަހަށް ކުރިއަރަމުން އަންނަ އެއްޗެކެވެ. އަދުގެ ދުނިޔޭގައި ޓެކްނޮލޮޖީއަކީ ކޮންމެ ދިމާއަކަށް ބަލާލި ކަމުގައި ވީނަމަވެސް ފެނިގެންދާނެ އެއްޗެވެ. މިދުނިޔެ ތަރަށްގީވެ ކުރިއެރުމުގެ އަސްލަކީވެސް ހަމަ ޓެކްނޮލޮޖީއެވެ. ޓެކްނޮލޮޖީއަކީ މުޅިދުނިޔެ ބަދަލު ކޮށްލި، މުޅިދުނިޔެއަށް ބޮޑު އިންގިލާބެއް ގެނައި އެއްޗެކެވެ.

މިއަދު މުޅި ދުނިޔެ މިވަނީ އިހުގައި އޮތްގޮތުގެ އެތަށް ހާސްގުނައެއް ކުރިއަރާފައެވެ. މީގެ 10ވަރަކަށް އަހަރު ކުރިން މިދުނިޔެއިން ނުފެންނަ އަދި ނުދަންނަ ބައިވަރު އެއްޗެހި މިހާރު މިދުނިޔެމަތިން ފެންނަން އެބަ ހުއްޓެވެ. މީގެ 20 ވަރަކަށް އަހަރު ކުރިޔަށް ފެންނަން ހުރި ޓީވީ އާއި އަދުގެ ދުނިޔެއިން ފެންނަން މިހުރި ޓީވީތަކާ ވަރަށްވެސް ތަފާތެވެ. އޭރު ޓީވީއެއްގެ ސައިޒު ކިތެންމެ ބޮޑުކަމުގައިވީނަމަވެސް މިއަދު އަޅުގަނޑުމެންނަށް މިފެންނަ ޓީވީ މި ފެންނަނީ ތުނިތުނި ފިލާކޮޅެއް ފަދައިންނެވެ. މީގެ 20 ވަރަކަށް އަަހަރުކުރިން ފެންނަންހުރި ކޮމްޕިއުޓަރާއި މިއަދު އަޅުގަނޑުމެންނަށް ފެންނަން މިހުންނަ ކޮމްޕިއުޓަރުތަކާ ވަރަށްވެސް ތަފާތެވެ. އެޒަމާނުގައި އެންމެ ކޮމްޕިއުޓަރު ސިސްޓަމެއް ބޭނުން ކޮށްލުމަށްވެސް ބޮޑު މާސިންގާ ކޮޓަރިޔެއް ބޭނުންވެއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެއްގެ އަތުގައި މިއޮތް މޯބައިލް ފޯނު މިއީވެސް ހަމަ ކޮމްޕިއުޓަރެވެ. ނަމަވެސް މި ކޮމްޕިއުޓަރު ޖީބުގައިވެސް ބޭއްވެއެވެ. މިއީ ހަމަ ޓެކްނޮލޮޖީއެވެ.

ދުނިޔޭގެ ޗާޓުން ކުޑަކުޑަ ތިއްކެއްގެ ސިފައިގާ ފެންނަ މި ދިވެހިރާއްޖެއަކީ އިހުޒަމާނުގައި އެހާ ކުރިއަރާފައިވާ ގައުމެއްނޫނެވެ. ނަމަވެސް ހުދު މި ދިވެހިރާއްޖެވެސް މިއަދު މިވަނީ ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާ ގޮއްސައެވެ. މިއަދު ދިވެހިންނަކީވެސް ޓެކްނޮލޮޖީގެ ބޭނުން ރަނގަޅަށް ހިފައިގެން ގައުމު ކުރިއެރުވުމަށް މަސައްކަތް ކުރާ ބައެކެވެ. އިހުގައި ދިވެހިން އުޅެމުންއައީ ވަރަށްވެސް ބުރަ މަސައްކަތްތަކެސް ކޮށްގެނެވެ. ނަމަވެސް މިއަދު އެފަދަ އެތަށް މަސައްކަތެއް މެޝިނުގެ އެންމެ ފިތަކަށް ފިއްތާލައިގެން ވެސް އެބަ ކުރެވެއެވެ. މިއަދު މިވަނީ ޒަމާން ބަދަލުވެ، މުޅި ރާއްޖެ މުޅިން ތަހުޒީބުވެފައެވެ.

ޓެކްނޮލޮޖީގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައިފިނަމަ ތަނެއް ކުރިއަރާ ތަހުޒީބުވުމަށް މާ ގިނަކަންތަށް ތަކެއް ކުރާކަށެއް ނުޖެހޭނެއެވެ. އަދި ޓެކްނޮލޮޖީ އަކީ ކުރިޔަށް އޮތް ޖީލުތަކަށްވެސް ވަރަށް ފައިދާ ކުރަނިވި އެއްޗެކެވެ. ދުނިޔެ މިހާ ކުރިއަރާފައިވާއިރުވެސް މި ދުނިޔޭގައި ދުނިޔެމަތިން ފޫހިވެފައިތިބި އެތަށް ބަޔަކު އެބަ ތިއްބެވެ. ނަމަވެސް ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ދުވަމުން މިދާ ބާރު ސްޕީޑު އޮވެއްޖެނަމަ ދުނިޔެ ވެގެންދާނީ ދުނިޔެމަތިން ފޫހިވާ މީހަކު ނެއް ތަނަކަށެވެ.

ޚިޔާލު ފާޅުކުރައްވާ

  1. މަލަކާ

    ޝުކުރިއްޔާ!! މި މަައުލޫމާތު އެސައިންމެންޓަށް ވަރަށް ބޮޑު އެހީއަކަށްވި!!