Follow us on
މުއްސަނދިވާންޖެހެނީ ޙަލާލު ގޮތުގައެވެ
| ފާނޫޒް.ކޮމް

މުދަލާއި ފައިސާ އަށް އިންސާނާ ލޯބިކުރުމަކީ ތަބިޢީ ކަމެކެވެ. އެތަކެއްޗަށް އިންސާނާ އަބަދުވެސް ނުހަނު ބޮޑަށް ލޯބިކުރާނެއެވެ.މާތް ﷲ ގެ ވަހީބަސްފުޅެއްގެ މާނާގައިވެއެވެ.” ތިޔަބައިމީހުން ވާރުތަމުދާ ގިނަގިނައިން ކައި އުޅެއެވެ. އަދި ގަދަވެގެންވާ ލޯތްބަކުން މުދަލަށް ލޯބިކުރެއެވެ. ” އިންސާނާ މުދަލަށް ލޯބިކުރިކަމުގައި ވިޔަސް ހަރާމް ހަލާލެއް ނުބަލައި މުދާ ހޯދުމަކީ ނުވަތަ ފައިސާވެރިވުމަކީ ،ދުނިޔެއާއި ޢާޙިރަތް ބާއްޖަވެރިކަން ގެއްލިދާ ކަމެވެ.އަދި އެމީހެއްގެ އަޅުކަންތައްވެސް އަރަހުށި މާތް ﷲ ޤަބޫލުނުކުރަށްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.އަދިވެސް ކީރިތި ﷲ ސުބުހާނަހޫ ވަތައާލާ ވަހީކުރަށްވާ އަންގާފައިވެއެވެ.” އޭ މީސްތަކުންނެވެ! ތިމަންރަސްކަލާންގެ ތިޔަބައިމީހުންނަށް ދެއްވި ރިޒްޤްގެ ތެރެއިން ހަލާލް ރަނގަޅު ތަކެތި ކާށެވެ”

މުދާ ހޯދުމާއި މުއްސަދިވުމުގައި ބަލަންޖެހޭ  ކަންތައްތަކެއްވެއެވެ.އިސްލާމީ ޝަރިއަތުގައި ކަނޑައަޅާފައި ވެއެވެ. އެގޮތުން 1 ޙަލާލުގޮތުގައި މުދާ ހޯދުމާއި  2 މުދަލުގެ ޒަކާތްވާޖިބުވުމުން ޒަކާތް ދިނުމާއި 3 ހުއްދަކަންތަކުގައި ހޭދަކުރުމެވެ.އިސްލާމީ ޝަރިއަތުގައި މުޢާމަލާތުގެ ބައިތަކަކީވެސް އިބާދާތުގެ ބައިތައްފަދައިން އުގެނެންޖެހޭ ކަންތައްތަކެވެ.ޙަރާމް ހަލާލަށް ބަލައިގެން މެނުވީ ވިޔަފާރީގެ ގުޅުންތައްބެހެއްޓުމަކީ ނުހަނު ނުރައްކާތެރި ކަމެކެވެ.

އަޅުގަނޑުމެންގެ ލޯކުރިމަތިން ފެންނަހަޤީގަތަކީ ކިތަންމެ މުއްސަދި މީހެއްކަމަށް ވިޔަސް އެމީހަކު މިދުނިދޫކޮށްފައި ދާންޖެހޭނީ އެމައްޔިތާގެ ހަށިގަނޑުގައި ކަފުނުގެ ގޮތުގައި  އުޅާލެވޭ 3 ފޮށަޔާއި ސަންދޯކެއްގެ ތެރޭގައިއެވެ.ލޯ ބައިރުފިޔާވެސް ނުގެންދެވެއެވެ. އޭނާ އެއްކުރި ހުރިހާ މުދާ ވާރުތަވެރިންނަށް ދޫކޮށްފައި އެވެ.މިއީ އަބަދުވެސް އަހަރެމެން ހަނދާކުރަންޖެހޭ ކަމެކެވެ.

ދަހިވެތިކަމާއިކު މުދާއެކުރުމަކީ ނުވަތަ ހޯދުމަކީ އެމުދަލުގެ ބަރަކާތް ކެނޑިގެންދާ ކަމެއްމެއެވެ.ކަންނެތްކަމާއި އެކު ސަލާމް ޖަހައިގެން ނުވަތަ މަކަރާއި ޙީލަތުން  މުދާ ހޯދައިގެން މުއްސަނދިވުމުން އަހަރެމެން ދުރުހެލިވާން ޖެހެއެވެ.ވީމާ މިއަދު ލިބުނުމިންވަރާއި މެދު ޝުކުރުކުރާށެވެ. ޙަރަދުކުރުމުގައި ވެސް އިސްރާފް ނުކުރާށެވެ.ޅެންވެރިއަކު ބުނެފައިވެއެވެ.”ލިބޭމިންވަރު ނިކަންދަނެގެން،ވި ބޭނުންތައް ބަހައިލައިގެން، ތިބޭނަމައީ ފިކުރުކޮށްގެން ،މިބޭޒާރެއްނުވެސްވާނޭ” ކަން ހަނދުމަކުރުން ހުއްޓެވެ.ވީމާ ،ޙަލާލުގޮތުގައި ގަދައަޅައި މަސައްކަތްކޮށްގެން ތިމާގެ ބޭނުންތައްފުއްދުމަކީ އިސްލާމްދީންބާރު އަޅާކަމެކެވެ.

*ދުވަސް

ޚިޔާލު ފާޅުކުރައްވާ