Follow us on
މިދަތުރުގެ ދިގުމިނަކީ 90 ސިކުންތު. ކާކު ދާން ބޭނުމީ؟
| އަޙުމަދު އަނަސް

މިކަހަލަ ދަތުރަކަށް ދާން ބޭނުންވާނީ ކާކުހެއްޔެވެ؟ މިއީ ސްކޮޓްލޭންޑުގެ އެއް ކޮޅުގައި އޮންނަ ވެސްޓްރޭ އިން އޯކްނީ އައިލެންޑްގެ ޕާޕާ ވެސްޓްރޭއަށް މަތިންދާބޯޓުގައި ކުރެވޭ ދަތުރެވެ. ދަތުރުގެ ދިގުމިނަކީ 90 ސިކުންތެވެ.

މިދަތުރު މިކުރެވެނީ 1.7 މޭލަށެވެ. މިދޭތެރޭގައި ދަތުރުތައް ބާއްވާތާ މިހާރު 50 އަހަރަށްވުރެން ގިނަދުވަސްވެފައި ވާއިރު ވައި ހުންނަ ގޮތެއްގެ ސަބަބުން މި ދަތުރު އިތުރަށް ކުރުވެގެންވެސް ދެއެވެ. މިހާތަނަށް މިދެތަނުގެ ދެމެދުގައި ކުރެވިފައިވާ އެންމެ ކުރުދަތުރަކީ 47 ސިކުންތުގެ ދަތުރެކެވެ.

މިކުރު ދަތުރުތައް ކުރަނީ ސްކޮޓިޝް އެއާލައިން އިންނެވެ. ބޭނުންކުރަނީ އެންމެ 8 މީހުންގެ ޖާގަ ހުންނަ ބޯޓެކެވެ.

ދުނިޔޭގެ ކުރެވޭ އެންމެ ކުރުދަތުރަކީ މިއީ ކަމަށް ގިނަބަޔަކު ބުނާއިރު އޮސްޓްރޭލިއާގެ ޕީޕަލްސް އެއާރ ގްރޫޕުން ބުނަމުން ދަނީ އެންމެ ކުރު އިންޓަނޭޝަނަލް ދަތުރެއް ކުރަމުންދަނީ އެގައުމުން ކަމަށެވެ. އެއީ ސްވިޒަލެންޑުން ޖަރުމަނަށް ކުރާ 8 މިނިޓުގެ ދަތުރެކެވެ.

ސްކޮޓްލޭންޑުގެ ވެސްޓްރޭ އިން އޯކްނީ އައިލެންޑްގެ ޕާޕާ ވެސްޓްރޭއަށް މަތިންދާބޯޓުގައި ކުރެވޭ ދަތުރުގެ ވީޑިޔޯއެއް ތިރީގައި އެވަނީއެވެ.

ޚިޔާލު ފާޅުކުރައްވާ