Follow us on
“އުދުހޭ އާއިލާ” ދަންނަމުތަ؟
| އަޙުމަދު އަނަސް

އާއިލާގެ އެންމެން މަސައްކަތްކުރަނީ އެއް އޮފީހެއްގައޭ ނުވަތަ ކުރަނީ އެއް ވިޔަފާރިއެކޭ ބުނުމުން އެކަމާއި ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. އެހެން ނަމަވެސް މުޅި އާއިލާގެ އެންމެންވެސް މަސައްކަތްކުރަނީ އެއް ޕްރޮފެޝަނެއްގައޭ ބުނުމުން މީހަކު އަންތަރީހެއް ނުވާނެހެއްޔެވެ. މިދައްކަނީ އިންޑިޔާގެ ނިއު ދިއްލީގައި ދިރިއުޅޭ “އުދުހޭ އާއިލާ” ނުވަތަ އެހެން ގޮތަކަށް ބުނާނަމަ “ފްލައިއިންގ ފެމިލީ”ގެ ވާހަކައެވެ.

މިބުނާ އާއިލާގައި މުޅިންވެސް ތިބެނީ ޕައިލެޓުންނެވެ. މާމައާއި ކާފައިން ފެށިގެންނެވެ. މިއީ 100 އަހަރުގެ ދިގު މާޒީއެއް އޮތް ވާހަކައެކެވެ. މިއީ މިއާއިލާގެ އާދަކާދައެއްވެސްމެއެވެ.

ކެޕްޓަން ޖެއި ދޭވް ބަސިން އަކީ އެއާއިލާއިން ހަތް ވަނައަށް ޕައިލެޓަކަށްވި މީހާއެވެ. އެއީ 1954ގައެވެ. އެއަށްފަހު އޭނާ ކައިވެނިކޮށް ލިބުނު ދެދަރިން، ރޯހިތު ބަސިން އަދި ނިވެދިތާ ޖެއިންވެސް މިސްރާބުޖެހީ މިދާއިރާއަށެވެ. ނިވެދިތާއަކީ އޭވިއޭޝަން ދާއިރާގެ އެންމެ ޒުވާން އަންހެން ޕައިލެޓުގެ ޝަރަފު ހޯދި ފުރަތަމަ މިހާއެވެ.

“އުދުހޭ އާއިލާ”ގެ ޕައިލެޓުން

ނިވެދިތާއާއި ރޯހިތުގެ ދެދަރިންނަކީވެސް ޕައިލެޓުންނެވެ. އެއީ ރޯހަން ބަސިންއާއި ނިހާރިކާ ބަސިންއެވެ. މިދެމީހުން ކައިވެނިކޮށް ދަރިންލިބޭ ހިސާބުން އަނެއްކާވެސް “އުދުހޭ އާއިލާ”ގެ ތާރީހު އިތުރަށް ލިޔެވޭނެކަމަށް އުންމީދުކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

  1. މަންޖެގަނޑަ

    ރާއްޖޭވެސް އޮޅޭ އުދުހޭ މުފީދު