Follow us on
ދިއްވާ ފެންގަނޑު – އިހުޒަމާނުގައި ބޭނުންކުރިގޮތް އެނގޭތަ؟
| އަޙުމަދު އަނަސް

ދިވެހިރާއްޖެއަކީ އިންޑިޔާ ކަނޑުގެ ތެރެއަށް އުކާލެވިފައިވާ ޖަޒީރާ ރައްތަކަކަށް ވީނަމަވެސް ދިވެހިރާއްޖެއަށް ގުދުރަތީ އެތަށް ތަންތަނެއް ލިބިފައިވެއެވެ. އެގޮތުން އައްޑޫސިޓީގައި އޮންނަ ފެހިކުލައިގެ ފެންގަނޑަކީ ވަރަށް ފެންގަނޑެކެވެ.

“ދިއްގޮނޑެ ފަޅަގަނޑި ދިއްވާ ފެންގަނޑު” ނުވަތަ ދިއްވާ ފެންގަނޑަކީ އިހުޒަމާނުގައި އައްޑޫގައި އުޅުނު ބުޑިސްޓުން އެމީހުންގެ ދީނީ ބައެއް އަޅުކަން އަދާކުރުމަށް ބޭނުންކުރިތަނެކެވެ.

ކޯއްޓޭ ސަރަހައްދުގައި އޮންނަ މިފެންގަނޑު އޭރު ބޭނުންކުރީ ކުދިން ހިނގައިގަތުމުން އެންމެ ފުރަތަމަ ފަހަރަށް ބިމުގައި ފައިޖެއްސުމަށެވެ.

ކުއްޖާގެ ފައި ބިމުގައި ޖެއްސުމާއި މިފެންގަނޑާއި ހުރީ ކޮންގުޅުމެއް؟

ކުއްޖާގެ ފައި ބިންމަތީގައި ޖެއްސުމަށްޓަކައި އެންމެ ފުރަތަމަ ކުރާކަމަކީ ފެންގަނޑުގެ ކައިރިއަށް ދޮންވެލިލުމެވެ. ދެން އެދޮންވެލިގަނޑުގެ މަތީގައި ބޮޑުކާއްޓެއް ބާއްވާފައި އެންމެ ފުރަތަމަ ކުއްޖާގެ ފައި ޖައްސަނީ އެ ކާށީގައެވެ. އެއަށްފަހު ދޮންވެލި ގަނޑު މަތީގައެވެ. ދެންކުރާކަމަކީ ބައެއް ޅަކުދިންގެގާތަށް ހިނިއަންނާނެފަދަ ކަމެކެވެ. ކުއްޖާ ކުޑަ ބޮއްކުރައަކަށް ލާފައި އެބޮއްކުރައަށް ކާއެއްޗެހި އަރުވަނީއެވެ. އެއަށްފަހު ކިޔެވެލި ކިޔަވަމުން ބޮއްކުރާ ދަމާފައި ގެންގޮސް ފެންގަނޑުގެ އެއްފަރާތަކަށް ބީއްސާލަނީއެވެ. އަނެއްކާވެސް ކުއްޖާގެފައި ބިމުގައި ޖައްސައެވެ. ދެން އެއަށްފަހު އެއްވެތިބި މީހުނަށް ކާއެއްޗެހި ބަހަނީއެވެ. އަދި އެނގޭހެއްޔެވެ. މިކަންކަމަކީ ނަކަތާއި ސާއަތަށް ބެލުމަށްފަހު ކުރާ ކަންތަކެވެ. އައްޑޫ މީހުން މިކަމަށް ކިޔާއުޅެނީ “ބިންބޭވުން” އެވެ.

ދިއްވާ ފެންގަނޑު. ފޮޓޯ:ގޫގުލް މެޕް

ދިއްވާ ފެންގަނޑަކީ އެތަށްބައެއްގެ މަގުބުލުކަން ހޯދަފައިވާ “ނަލަ” ފެންގަނޑެކެވެ. ފިސާރި ރީތިތަނެކެވެ. ހިމާޔަތްކުރުން މުހިންމު ތަނެކެވެ. އައްޑޫގެ ފަތުރުވެރިކަމަށް މިފެންގަނޑުންވެސް އެތަށް ފައިދާއެއް ކުރާނެކަން ޔަގީނެވެ.

ޚިޔާލު ފާޅުކުރައްވާ