Follow us on
ހިކެން ބޭނުންތަ؟ މިއޮތީ ކުރެވިދާނެ 5 ކަމެއް.
| އަޙުމަދު އަނަސް

ގިނައީ ހިކެން ބޭނުންވާ މީހުނެވެ. އެހެން ނަމަވެސް ނުހިިކިގެނަ ގިނަބަޔަކު ތިބީ ގޮތް ހުސްވެފައެވެ. މިއޮތީވެސް ހިކެން ބޭނުންވާ މީހުނަށް ކުރެވިދާނެ ބައެއް ކަންތަކެވެ.

ކެއުމުގައި ގަޑިއަށް ސަމާލުވުން
ހިކެން މަސައްކަތްކުރާ އެންމެ ގިނަ ބަޔަކަށް ގޯހަކީ ގަޑިން ގަޑިއަށް ނުކެވުމެވެ. ޙަޤީގަތުގައި ތިމާއަކީ ހިކެން މަސައްކަތްކުރާ މީހެއްނަމަ އެންމެ ގަޑިއެއްވެސް ވައްޓާނުލާ ކެއުމަކީ މުހިންމު ކަމެކެވެ. މިސާލަކަށް ހެނދުނު ސައި ނުބޯނަމަ “ކޮންސެންޓްރޭޝަން” ދަށަށްދެއެވެ. ނަތީޖާއެއްގެ ގޮތުން ސަރުބީ ވިރުމުގެ ރޭޓު ދަށަށްދެއެވެ. އަދި ހަމައެހެންމެ ހެނދުނުގެ ނާސްތާ ނުކައި ދޫކޮށްލާމީހުނަށް ހިތުގެ ބަލިތައްޖެހުމުގެ ފުރުސަތު ބޮޑެވެ.

ގިނަފަހަރު މަދު އެތިކޮޅެއް ކެއުން
ގިނަފަހަރުތަކަކަށް ބަހަލައިގެން ކެއުމަކީ ހިކެން ބޭނުންވާމީހާ ކުރަން މުހިންމު ކަމެކެވެ. އެހެން ނަމަވެސް މި ދައްކަނީކީ “ގިއްކިޔާފަ” ކެއުމުގެ ވާހަކައެއް ނޫނެވެ. މިއިން ކޮންމެ ފަހަރަކުވެސް ކާނީ މަދުއެތިކޮޅެވެ. މިސާލަކަށް ހެނދުނު ހޭލުމަށްފަހު އެންމެ ފުރަތަމަ ހެނދުނުގެ ނާސްތާއައިގެން ކުރިޔަށްދާނީއެވެ. އެއަށްފަހު ގާތްގަނޑަކަށް 10 ޖަހާއިރު އަނެއްކާވެސް ކޮންމެވެސް ލުއި އެއްޗެއް ކާލާނީއެވެ. އެއަށްފަހު ދެންކާނީ މެންދުރުގެ ކެއުމެވެ. އަނެކާ މެންދުރުން އަނބުރާ 3 ޖަހާކަންހާއިރު ލުއި ކާނާއެއް (މިސާލަކަށް އޮރެންޖެއް، އާފަލެއް) ކެވިދާނެއެވެ. ދެން އަނެއްކާވެސް ކަނީ ރޭގަނޑުގެ ކެއުމެވެ.

ފަސޭހައިން ބަނޑުގައި ފުރޭ އެއްޗެހި ކެއުން
މިގޮތަށް ދުވާލަކު މިހާގިނައިން ކާއިރު ކުރެވިގާނެ މޮޅު ކަމެއް އެބައޮތެވެ. އެއީ ފަސޭހައިން ބަނޑުގައި ފުރޭ އެއްޗެހި ކެއުމެވެ. ފަސޭހައިން ބަނޑު ފުރާލެވޭ އެއްޗެހީގެ ތެރޭގައި އަލުވި، ކުކުޅު ބިސް، ޕާސްތާ، އޮރެންޖު، ބީންސް، ސެލެޑު، އެވަކާޑޯ އަދި ބަދަނުގެ ބާވަތްތައް ހިމެނެއެވެ. މިފަދަ އެއްޗެި ކާނަމަ ހަށިގަނޑުގައިހުންނަ ކެލޮރީ މަދުވެއެވެ.

ތައްޔާރީ ކާނާއާއި ދުރުވުން
އަހަރެމެން އެންމެންނަކީވެސް ޙަޤީގަތުގައި ވަރަށް ކަންނެތް މީހުންނެވެ. އޮފީހުގައި ނުވަތަ މަސައްކަތުގައި އުޅެމުން ކައިރި ފިހާރައަކުން ނުވަތަ ކެންޓީނަކުން އެއްޗެއް ގަނެލަނީއެވެ. ބަލާލުމެއްނެތި ކެވޭ މިފަދަ އެއްޗެހީގެ ސަބަބުން ހަށިގަނޑު އިތުރަށް ފަލަވެއެވެ.

ކެއުމާއި ކަސްރަތުކުރުމާއި ގުޅުވާލުން
އާނއެކެވެ! މިދައްކަނީ ހަމަ ކަސްރަތުގެ ވާހަކައެވެ. ކަސްރަތުކުރަން ވާނީ މަޖުބޫރުވެގެން ކުރާ ކަމެއްގެ ގޮތުގައެއް ނޫނެވެ. ތިމާކުރާހިތުން ކުރާކަމަކަށް ހަދަން އެބަޖެހެއެވެ. މުޖުބޫރުވެގެން ކުރާ މިފަދަ ކަންކަމުން ނިކުންނާނީ ނާޖާއީޒު ފައިދާއެވެ. މިފަދަ ކުޑަކަމަކުންވެސް ބޮޑު ގެއްލުމެއް ލިބިދާނެއެވެ. ކަސްރަތުކުރުމަކީ ހަމައެކަނި ޖިމްއަށޤ ދިޔުމެއް ނޫނެވެ. ނުވަތަ ދެއިރު ދެދަޅައަށް ޖޮގިންގއަށް ދިޔުމެއްވެސް ނޫނެވެ. ލިބޭ ހުސްވަގުތުތަކުގައި ގޭތެރޭގައި ހިނގާލުން ނުވަތަ ސިޓްއަޕްސް ހަދާލުމަކީވެސް ހަމަ ކަސްރަތުކުރުމެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ހަައްޖަ

    މަ ހިކިއްޖެ