Follow us on
މަވެސް ސުޓާޕުލަސް ބަލަން – އެކަމަކު މި 3 ޑުރާމާ ނިމުނު ގޮތެއް ނޭނގޭ
| އަޙުމަދު އަނަސް

ސުޓާޕްލަސް އަކީ ދިވެހިންގެ ތެރެއިން ޙާއްޞަކޮށް އަންހެންވެރިންނަށް ވަރަށް ކަމުދާ ޓީވީ ޗެނަލްއެކެވެ. ކެއުމާއި ބުއިމަށްވުރެންވެސް ޑުރާމާ ބަލާލުމީ މާބޮޑު އަހައްމިޔަތުކަމެއް ދެވޭ ކަމެކެވެ. އެހެންނަމަވެސް އެއަންހެނުންނާއި އެއްގޮތައް އަހަރެންވެސް ސުޓާޕުލަސް ބަލަމެވެ. އެކަމަކު ބައެއް ޑުރާމާތައް ނިމުނީ ކީއްވެކަމެއް ކިހިނެއް ވެގެން ކަމެއްވެސް ނޭނގެއެވެ. މިގޮތުން ވީނުވީއެއް ނޭނގި ނިމުނު ބައެއް ޑުރާމާތައް ކިޔުންތެރިންނާއި ޚިއްޞާކޮށްލާނަމެވެ.

ދައި ކިލޯ ޕްރޭމް
2017ވަނަ އަހަރުގެ އޭޕްރީލް މަހުގެ 3 ވަނަދުވަހު ސުޓާޕުލަސްއިން މި ޑުރާމާ ދައްކަން ފެށީއްސުރެ އަހަރެން ވީވަރަކުން މިޑުރާމާ ބަލަމެވެ. ބިޔަ ފަލަ ހަށިގަނޑެއް ލިބިފައިވާ ޕިޔޫޝް އަދި ދިޕިކާގެ ދިރިއުޅުން ދައްކުވައިދިން މިޑުރާމާވެސް 156 އެޕިސޯޑަށްފަހު ދެން ވީގޮތެއް ނޭނގެއެވެ. ހަފްތާއެއް ވަރު ނުބަލާ މަޑުކޮށްލުމުން ވީގޮތެކެވެ. މިޑުރާމާ މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތޯ ޕިޔޫޝްއަށް ނޭނގުމެއްގެތެރިން ކުރެވުނު ކައިވެންޏެއްގެ މައްޗަށެވެ. މިޑުރާމާގެ ތަންކޮޅެއް ތިރީގައި އެވަނީއެވެ.

https://www.youtube.com/watch?v=BU4IGRyNl6c

ސުހާނީ ސި އޭކް ލަޅްކީ
މިއީވެސް އަހަރެން ހޭވައްޓާލާފައި ބެލި ޑުރާމާއެކެވެ. ޔޫވްރާޖް، ސުހާނީ އަދި ސޯމިޔާގެ “ކޮމްޕްލިކޭޓެޑް ލަވް ސްޓޯރީ”ގެ މައްޗައް ބިނާވެފައިވާ މިޑުރާމާއަކީ 2014ވަނަ އަހަރުގެ ޖޫން 14 ވަނަދުވަހުންފެށިގެން 2017 މޭމަހުގެ 21 ވަނަ ދުވަހާއި ހަމައަށް ދެއްކި ޑުރާމާއެކެވެ. އެހެންނަމަވެސް މިފަހަރުވެސް ބިޒީ ޝެޑިއުލްގެތެރެއިން އަހަންނަށް ސަލާމަތްނުވެވެނީސް ޑުރާމާ ގެއްލިއްޖެއެވެ. މިޑުރާމާގެ ތަންކޮޅެއް ތިރީގައި އެވަނީއެވެ.

https://www.youtube.com/watch?v=e26YKszdhH0&list=EL69CStW-kCzI

މޭރޭ އަންގްނޭ މޭން
އާދައިގެ އާއިލާއެއްގެ ދިރިއުޅުން ރަނގަޅައް ދައްކުވައިދޭ މިޑުރާމާއަކީވެސް އެތައްބައެއްގެ ސަޕޯޓު ހޯދި ޑްރާމާއެކެވެ. މިޑުރާމާގައި އުޅޭ ޝާންތީ (މާމަ) އަކީ ޒުވާންކަމަށް ހެދިގެން އުޅޭ މީހެކެވެ. ގޭތެރޭގެ ހުރިހާކަމެއްވެސް ވަރަށް ރަނގަޅައް އަދި އަމިއްލަ ގޮތަކަށް ކުރަމުންދާމީހެކެވެ. ޙަޤީގަތުގައި މިޑުރާމާ ބިނާވެފައިވަނީ ރިޔާ އަދި ޝިވަމްގެ “ލަވް ސްޓޯރީ”ގެ މައްޗަށެވެ. މިޑުރާމާއިން ޝިވަމް ރިޔާ ވަރިކުރިކަން އެނގެއެވެ. އެހެންނަމަވެސް ދެންވީ ކިހިނެތްކްމެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ. މިޑުރާމާގެ ތަންކޮޅެއް ތިރީގައި އެވަނީއެވެ.

https://www.youtube.com/watch?v=H9S2Zp6iFf4&list=ELzV90oj-0u-Ef2UdDP6X8pQ

ޚިޔާލު ފާޅުކުރައްވާ