Follow us on
މާރކް ޒަކާބާގް-އެންމެވެސް ދަންނާނެކަން ޔަގީން
| ފާނޫޒް.ކޮމް

ދުނިޔޭގެ ގިނަބަޔަކު ދަންނަ މާރކް ޒަކާބާގް، އޭނާގެ އުމުރުން 23 އަހަރުގައި ފޭސްބުކް ގާއިމުކުރީ ހާވާޑް ޔުނިވަރުސިޓީގައި ސައިކޮލޮޖީ ކިޔަވަމުން ދިޔަ ދުވަސްވަރުގައެވެ. ފޭސްބުކް އުފެއްދުމުގެ ކުރިންވެސް އޭނާ ވަނީ އެތަކެއް އެޕްލިކޭޝަންތަކެއް ތަޢާރަފް ކޮށްދީފައެވެ. ކިޔަވާކުދިންނަށް އަމާޒުކޮށްގެން އުފެއްދި ‘ކޯސްމެޗް’ ކިޔާ އެޕްލިކޭޝަންއަކާއި، ‘ފޭސްމޭޝް’ ކިޔާ އެޕްލިކޭޝަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.

މިހާރު ދުނިޔޭގެ ގިނަބަޔަކު ބޭނުންކުރަމުން އަންނަ ފޭސްބުކް ލޯންޗް ކޮށްފައިވަނީ 13 އަހަރު ކުރިން، 2004 ގައެވެ. 24 ގަޑިއިރު ތެރޭގައި ހާވާޑް ޔުނިވަރުސިޓީގެ 1200 ކުދިން ފޭސްބުކަށް ސައިންއަޕްވިއެވެ. މި ނެޓްވޯކް ވަނީ އިތުރު ޔުނިވަރުސިޓީތަކަށް ފުޅާކޮށްފައެވެ.
ފޭސްބުކް.ކޮމް އަށް އެޑްރެސް ބަދަލުކުރެވިފައިވަނީ 2005 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. މި އެޑްރެސް ގަނެފައިވަނީ 2 ލައްކަ ޑޮލަރަށެވެ. 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މި ނެޓްވޯކް ވަނީ އުނގަންނައިދިނުމުގެ މަރުކަޒުތަކަށް ފުޅާކޮށްދީފައެވެ. މި ސައިޓް ވެގެންދިޔައީ ހިލޭ ރެޖިސްޓަރކޮށް، ބައިވެރިވެވޭފަދަ ސައިޓަކަށެވެ. ފައިދާ ހޯދުމަށް އޮތް މަގަކީ އިޝްތިހާރުކުރުން ކަމުގައި ވެގެން ދިޔައެވެ.

2007 ވަނަ އަހަރު ސައިޓްގެ ފީޗާސްތައް ތަރައްގީކުރެވެން ފެށުނެވެ. ރަޙުމަތްތެރިންނަށް ހަދިޔާ ބަދަލުކުރުމާއި، ތިބާގެ ވިޔަފާރި ކުރިއެރުވުމަށް އޮތް މަގަކަށް މިކަން ވެގެން ދިޔައެވެ. އަދި އޭގެ އިތުރުން، އަމިއްލަ އެޕްލިކޭޝަން އެއް ތައްޔާރުކުރުމުގެ ފުރުސަތުވެސް ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް ލިބިގެން ދިޔައެވެ. އެގޮތުން ‘ގްރެފިޓީ’ އާއި ‘ސްކްރެބްލް’ އަކީ ފާހަގަކޮށްލެވޭ 2 އެޕްލިކޭޝަންއެވެ.

މިހާރު ފޭސްބުކްގައި 30 މިލިއަނަށްވުރެ ގިނަ މީހުން ރެޖިސްޓަރ ވެފައިވާއިރު، މި ސައިޓް ވެގެންގޮސްފައިވަނީ ދުނިޔޭގެ އެންމެ މަގުބޫލު ސޯޝަލް-ނެޓްވޯކިންގ ސައިޓް ކަމުގައެވެ.

ޚިޔާލު ފާޅުކުރައްވާ