Follow us on
ސާއިލްގެ މުޖުތަމައު – ވަރަށްވެސް ތަފާތު
| އަޙުމަދު އަނަސް

އަހުމަދު ސާއިލް އަލީ ނުވަތަ ގިނަ ބަޔަކު ދަންނަ ގޮތުންނަމަ “ސަން އިން ސާއިލް” ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާތާ މިހާރު 5 އަހަރު ވީއެވެ. 2012 ވަނައަހަރުން ފެށިގެން ސަން މީޑިއާ ގުރޫޕުގެ ސަން އޮންލައިންގައި ސާއިލް މަސައްކަތްކުރަމުންދިޔައިރު ސަން އިން ގެނެސްދިން ގިނަ ވިޑިޔޯ ރިޕޯޓުތައް ތައްޔާރުކުރީ ސާއިލްއެވެ. އެހެނަސް 2017 އޯގަސްޓު 27 ވަނަ ދުވަހުން ފެށިގެން ސާއިލް މަސައްކަތްކުރަމުން އަންނަނީ މިހާރު ނޫހުގައެވެ.

އެންމެ ފުރަތަމަ ނޫސްވެރިކަމުގެ ތެރެއަށް ވަދެވުނީ ކިހިނެތް؟
ނޫސްވެރިކަމުގެ ތެރެއަށް ވަދެވުނީ ކިހިނެއްތޯ ސުވާލުކޮށްލުމުން ސާއިލް އަޅުގަނޑުމެންނާއި އެކަން ޙިއްޞާކުރިއެވެ. ސާއިލް ބުނީ އެންމެ ކުޑައިރު ސުކޫލުގައި އުޅުނު އިރުންފެށިގެންވެސް ނޫސްވެރިކަމަށް ޝައުގުވެރިކަން ހުންނަ ކަމަށެވެ. އޭރުވެސް މީހުންގެ ގާތުގައި “އަހަރެން ބޮޑުވެގެން ވާނީ ނޫސްވެރިއަކަށްށޭ” މިހެން ކިޔާއުޅެމެވެ. އެންމެ ފުރަތަމަ ސަން އޮންލައިންއާއި ސާއިލް ގުޅުނީ “ޓްރެއިނީ ޖާނަލިސްޓް” އެއްގެ ގޮތުގައެވެ. އެހެންނަމަވެސް ސާއިލްގެ މަސައްކަތުގެ ފެންވަރަށް ބަލާފައި އެންމެ ފަހުން ސާއިލްގެ ވަޒީފާ ދާއިމީވިއެވެ. އިޖުތިމާއީ ދައިރާއަށް ފޯރިހުންނަ ސާއިލް އެންމެ ފުރަތަމަ މަސައްކަތްކުރީ ވިޔަފާރި ޖާނަލިސްޓަކަށެވެ.

އަހުމަދު ސާއިލް އަލީ

27 އޯގަސްޓު 2017 ގެ ފަހުން ސާއިލް މަސައްކަތް ކުރަމުން އަންނަނީ މިހާރު ނޫހުގައެވެ. މަސައްކަތްކުރާ މީޑިއާ ބަދަލުވީނަމަވެސް ސާއިލްގެ މަސައްކަތަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ. ކުރިން ލިޔަމުން ދިޔަވަރަށް ޚަބަރާއި ރިޕޯޓުވެސް ލިޔެއެވެ. ވީޑިއީ ރިޕޯޓުތައްވެސް އެހާމެ ގިނައިން ހަދައެވެ. އެއާޕޯޓު އެޅުމަށް ކުޅުދުއްފުށީ ކުޅި ހިއްކަން ނިންމުމާއެކު ސާއިލް އެރަށަށް ގޮސް ހެދި ވީޑިއޯ ރިޕޯޓު މީގެތެރެއިން ފާހަގަކޮއްލެވެއެވެ.

Mangroves in Kulhudhuffushi under Threat of Extinction

Building an airport after reclaiming part of the wetland area is about to begin in Haa Dhaal Atoll Kulhudhuffushi. The government has brushed off concerns by environmental activists that reclaiming an officially recognised Environment Sensitive Area will cause irrecoverable damages. Mihaaru travelled to the island to understand the people's opinion. Read it here: https://mihaaru.com/news/26043

Posted by Mihaaru on Saturday, 4 November 2017

ސާއިލްގެ ގިނަ އުފެއްދުންތަކަކީ އާންމުންގެ މެދުގައި ވަރަށް މަޤުބޫލު އެއްޗިއްސެވެ. ލިޔުމަކަސް، ވީޑިޔޯ ރިޕޯޓަކަސް ތަފާތެއްނެތެވެ. ސާއިލްގެ ގިނަ ލިޔުންތަކެއްގެ ސަބަބުން މުޖުމަތައަށް އެކަމުން އެތަށް ފައިދާއެއް ލިބިގެން ދިޔައެވެ.

“ސާއިލްގެ މުޖުމަތަމު” އުފެދުނީ ކިހިނެއް؟
ސާއިލްގެ މުޖުމަތަމަައު އުފެދުނީ ކިހިނެތްތޯ ސުވާލުކޮށްލުމުން ސާއިލް ކިޔާދިނެވެ.

“ސަންގަ އުޅުޅުނުއިރު ކޮންމެ ހަފްތާއަކު އެއްފަހަރު ހަފްތާގެ ރިޕޯޓެއް ލިޔަންޖެހޭ. އޭރުވުން ކޮންމެ ރިޕޯޓެއްވެސް ލިޔަނީ އިޖުތިމާއީ މައްސަލަތަކާއި ބެހޭގޮތުން. ދެން މިގޮތަށް ލިޔަމުންގޮސް ވަކި ހިސާބަކުން ހިތަށްއެރީ ވަކި ސީރީސްއެއް ދަށުންނޭ ރިޕޯޓުތައްލިޔާނީ. “ސާއިލްގެ މުޖުތަމައު” އެއީ އާދަމް ނަސީރު އިބްރާހިމް ހެއްދެވި ނަމެއް. އަސްލު ބޭނުންވަނީ މުޖުތަމައުގައި ހުންނަ މައްސަލަތައް ހައްލުކުރަން.” ސާއިލް ކިޔާދިނެވެ.

ސާއިލްއަށް މިފަދަ އެތަށް މައްސަލައެއްގެ ހައްލު ހޯދާދެވުނުކަން ޔަގީނެވެ. މިހެން މިބުނަނީ ސަބަބުތަކަކާއި ނުލައެއް ނޫނެވެ. “ސާއިލްގެ މުޖުތަމައު”އިން ތިލަކުރި އެތައް މައްސަލައެއްވަނީ ރައްޔިތުންނާއި ސަރުކާރުގެ ސަމާލުކަމަށް ގެނުވާފައެވެ.

އިބްތިހާލުގެ މަރާއި ގުޅިގެން އެރަށަށްގޮސް ސާއިލް ލިޔުނު ރިޕޯޓުތަކަކީ މީގެ މިސާލެކެވެ. މީގެއިތުރުން މަންމައާއި ބައްޕަގެ އިހުމާލުން އެކި މީހުންގެ ޝިކާރައަކަށްވެފައިވާ ފަސްކުދިންގެ އާއިލާއެއްގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް ގެނައުން ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. ހަމައެހެންމެ ލ.ފޮނަދޫގައި ހިތްދަތި ދިރިއުޅުމެއް އުޅެމުންދިޔަ 81 އަހަރުގެ މީހެއްގެ ވާހަކަ މީޑިއާގެ ސަމާލުކަމަށް ގެނުވިއެވެ. އަދި ނަތީޖާއެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް އެ މީހާއަށް ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދެއްވިއެވެ.

ސާއިލް އިންޓަވިއު ނަގަނީ

ސާއިލް ބޭނުންވިކަންތައް ހަމަ ރަނގަޅައްވެސް ކުރެވިއްޖެކަން ކަށަވަރެވެ. އެތައް މައްސަލައެއްގެ ހައްލު ހޯދައިދެވިއްޖެއެވެ. ގިނަ ބަޔަކު ދަންނަ މީހަކަށް ވެވިއްޖެއެވެ. ސާއިލްއަކީ ސަންގައި އުޅުނުއިރު ދުވަހަކުވެސް ގަޑިނުޖެހޭ ސަލާމްނުބުނާ މީހެކެވެ. ސަންގައި މަސައްކަތްކުރި 5 އަހަރުވެސް ސަންގެ އެންމެ އުފެއްދުންތެރި ނޫސްވެރިޔާގެ މަގާމު ހޯދިއެވެ. އެވަރުން ނިމުނީކީ ނޫނެވެ. 2016 ވަނަ އަހަރު ދިވެހި ރާއްޖޭގެ އެންމެ އުންމީދީ ނޫސްވެރިޔާގެ މަގާމުވެސް ލިބިގެންދިޔައީ ސާއިލްއަށެވެ.

ސާއިލްގެ ވެބްސައިޓުގެ ލިންކް

ޚިޔާލު ފާޅުކުރައްވާ

  1. Dhon ayya

    ސާއިލްގެ ރިޕޯޓުތައް އަސްލު ވަރަށް ކަމުދޭ.