Follow us on
ކެކިކެކި ހުރި ފެނުން ފެންވަރަމުންދާތަން ދައްކުވައިދޭ ވީޑިއޯއެއް
| އަޙުމަދު އަނަސް

މިވީޑިއޯއަކީ މިދިޔަ ދެތިން ދުވަހުތެރޭ މުޅި ފޭސްބުކު ތެރޭގައި ވަރަށް ބޮޑަށް ވައިރަލް ވެފައިވާ ވިީޑިއޯއެކެވެ. ކުއްޖަކު ކެކިކެކި ހުންނަ ފެން ތެއްޔަކަށްއެރި ފެންވަރަމުންދާ މަންޒަރު ދައްކުވައިދޭ މިވީޑިއޯ ފެނި އެތައްބަޔަކު އާޝޯހުވާނެކަން ހަމަ ޔަގީނެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ގާތްގަނޑަކަށް 10 އަހަރުގެ ފިރިހެން ކުއްޖަކު ކެކި ކެކި ހުރި ފެން އެއްޗަކަށް އެރި އިނދެއެވެ. އަދި ކުޑަ ބާލިދީއަކުން ބޮލަށް ފެންއަޅަމުން ދެއެވެ. އެކުއްޖާ އިޝީންދެ އިން ތެލި ހުރީ އަނދައަނދާހުރި އަލިފާންގަނޑެއްގެ މަތީގައި ބަހައްޓާފައެވެ.

ސޯޝަލް މީޑިއާތެރޭގައި އާންމުވެފައިވާ މިވީޑިއޯގައި މިއުޅެނީ ހަމަ ގައިމުވެސް ކުޅަދާނަ ކުއްޖެކެވެ. ހޫނު ސައިތަށީގެ ބޭރުގައި އަތް ޖެހުމުން ވާގޮތްވެސް އަހަރެމެން އެންމެނަށްވެސް އެނގޭނެއެވެ. އެހެންކަމުން ކެކިކެކި ހުރި ފެނުން ފެންވަރަމުން ދާއިރު ކިހާ ހޫނެއް ވާނެހެއްޔެވެ.

ކެކިކެކި ހުރި ފެނުން ފެންވަރަމުންދާތަން ދައްކުވައިދޭ ވީޑިއޯ ތިރީގައި އެވަނީއެވެ.

https://www.facebook.com/1711740685813637/videos/1951028411884862/

ޚިޔާލު ފާޅުކުރައްވާ