Follow us on
އެންމެ ކާމިޔާބު ޖީލުގެ ސިފަތައް
| މުޙައްމަދު މަޢޫން

ދިރިއުޅުމުގައި ކާމިޔާބު ހޯދާނެގޮތްތަކާއި ތިމާގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ގުޅޭ ފޮތްތައް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ކިޔާ ހަދައެވެ. އެފަދަ ވީޑިއޯތައް ބަލާހަދައެވެ. މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެންނާނެ ގޮތްތަކާއިމެދު ގިނަ ބަޔަކު ވިސްނާ ފިކުރުކޮށް ހަދައެވެ. ކަންމިހެންހުރިއިރު، ދުނިޔެ ދުށް އެންމެ ކާމިޔާބު އަދި އެންމެ އުފެއްދުންތެރި ޖީލަކީ އަޅުގަނޑުމެންނާއި ”ކައިރި ނަމަވެސް ދުރުގައިވާ” ޖީލެކެވެ.

އާދެ، އެ ޖީލަކީ ސަޙާބީންނާއި ތާބިޢީންގެ ޖީލެވެ. މި އުއްމަތުގެ ސަލަފުއް ޞާލިޙުންގެ ޖީލެވެ. ދުނިޔެ ޖަހާލަތުގެ އަނދިރިކަމުގައި އޮއްވާ، ﷲގެ ވާގިފުޅާއިއެކު އެ ބޭކަލުން ދުނިޔޭގެ ހަތަރުބިތަށް އީމާންކަމުގެ އަލި ނޫރު ފެތުރިއެވެ. ތަޢުލީމީ އަދި އިޤްތިޞާދީގޮތުން އެންމެ ފުލުގައިވާ އެއް ސަރަހައްދުގެގޮތުގައި އޮތް އަރަބި ޖަޒީރާ، އެންމެ ޤަރުނެއްގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ބާރަށް ބަދަލުވެގެންދިޔައި ކިހިނެއްތޯއެވެ؟ މިބަދަލުގެނައި މޭސްތިރިންގެ ސިފަތަކަކީ ކޮބައިތޯއެވެ؟ އުފެއްދުންތެރި (ޕްރޮޑަކްޓިވް) މީހަކަށް ވާން ބޭނުންވާ ކޮންމެ މީހަކުވެސް މި ޖީލުގެ މީހުންގެ ޚާއްސަ ސިފަތައް ބަލައިލަން ކެތްމަދުވެފައިވާނެކަން ޔަޤީނެވެ. އެ ޖީލުގެ ބައެއް ޚާއްސަ ސިފަތަކާއި އެ ބޭކަލުންގެ ކާމިޔާބީތަކުގެ ފަލްސަފާ އެމުނިއެކުލެވިފައިވާ ގޮތްތައް ތިރީގައި ހުށައަޅާލަމެވެ.

ނުގުޑާފަދަ އީމާންކަން
އެ ބޭކަލުންގެ އީމާންކަމާއި ބެހޭގޮތުން އައިސްފައިވާ ވާހަކަތައް ގިނަގުނައެވެ. ސީރަތުގެ ފޮތްތަކުގައި އެބޭކަލުން މާތް ﷲއަށް ތަވައްކަލްކުރުން ފުރިހަމަކަމުގެ ވާހަކަތައް އެނގިގެންދާ އެތައް ހާދިސާތަކެއް ބަޔާންވެފައިވެއެވެ. ދުނިޔޭގައި ދެއްވާފައިވާ ނިޢުމަތްތަކާއިމެދު ސުވާލުވެވޭނެތީ، އެބޭކަލުން އެ ނިޢުމަތްތައް ހޭދަކުރީ މާތް ﷲ ގެ ރުއްސެވުން ހޯދުމުގެ މަގުގައެވެ. އުޘްމާންގެފާނާއި އަދި އަބްދުއްރަޙްމާން ބިން އައުފު ފަދަ ތަނަވަސްކަންދެއްވަވާފައިވާ ބޭކަލުން، އެ ބޭކަލުންގެ މުދާތައް މީސްތަކުންނަށް ހިދާޔަތް ފޯރުކޮށްދިނުމުގެ މަގުތައް ފަހިކުރުމަށްޓަކައި ހޭދަކުރެއްވިއެވެ.

ޢިލްމާއި ފަހްމުގެ ނިޢުމަތްދެއްވާފައިވާ ބޭކަލުން، މީސްތަކުންނަށް ޢިލްމު ފޯރުކޮށްދެއްވުމަށްޓަކައި ރެޔާއި ދުވާލު ވަޤުތުތައް ހޭދަކުރެއްވިއެވެ. އަރަބި ޖަޒީރާއިން ބޭރު ގިނަ ޤައުމުތަކުގައި ޝިރުކާއި ބުދަށްއަޅުކަންކުރުން ފެތުރިފައިވާތީ، އެއްކައުވަންތަ ދީނަށް ގޮވައިލެއްވުމަށްޓަކައި އެތަކެއް ސަޙާބީންނެއް އަދި އޭގެފަހުން އައި ޖީލުތަކުގެ އެތައް ސަލްފުއް ޞާލިހުންނެއް އަރަބި ޖަޒީރާ ދޫކޮށް ދުރު ޤައުމުތަކަށް ދަތުރުކުރެއްވިއެވެ. ޗައިނާ، އަޒަރުބައިޖާން ، ކޮމޯރޮސް އަދިވެސް މިފަދަ އެތައް ޤައުމެއްގައި ސަޙާބީން ފަސްދާނުލެވިފައިވަނީ މިހެންވެއެވެ. އެ ބޭކަލުންނާއި ބީރައްޓެހި މާޙައުލުތަކަށް ދަތުރުކުރައްވާ އެތަކެއް ބުރަޔަކާއި ތަކުލީފެއް އުފުއްލެވީ ކީއްވެތޯއެވެ؟ އާދެ، އެއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމުގެ މަގަށް މީސްތަކުންނަށް ގޮވައިލާ، މީސްތަކުން ނަރަކައިން ސަލާމަތްކުރެއްވުމެވެ. އެހެނީ ހަޤީޤީ ކާމިޔާބަކީ ސުވަރުގެ ލިބި، ނަރަކައިން މިންޖުވުމެވެ.

كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ (185)

ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ފުރިހަމަޔަށް ޖަޒާދެއްވާނެކަން ކަށަވަރީ ޤިޔާމަތްދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާ ކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ.) ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވަރުކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.

އުނދަގޫތަކާއި ކުރިމަތިވުމުން ފަސްނުޖެހިކުރިޔަށްދިޔުން
لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيَارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّـهِ وَرِضْوَانًا وَيَنصُرُونَ اللَّـهَ وَرَسُولَهُ ۚ أُولَـٰئِكَ هُمُ الصَّادِقُونَ ﴿٨﴾

އެއުރެންގެ ގެދޮރުންނާއި، އެއުރެންގެ މުދަލުން ނެރެލާފައިވާ فقير مهاجر ންނަށް (އެ فَىء މުދަލުގައި) حق އެއްވެއެވެ. އެއުރެންނީ اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުހިވޮޑިގަތުން އެދޭ މީހުންނެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް نصر ދޭ މީހުންނެވެ. އެއުރެންނީ ހަމަ ތެދުވެރިންނެވެ. [59:8]

ދަހިވެތިކަން ނެތުން އަދި އެހެންމީހުންގެ މައްޗަށް ހިތްސާފުވުން
وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٩﴾

އަދި އެއުރެންގެ ކުރީގައި، المدينة ގައި ވަޒަންވެރިވެ، إيمان ކަމުގައި قائم ވެތިބި أنصار ން، އެއުރެންގެ ގާތަށް هجرة ކުރި مهاجر ންދެކެ ލޯބިވެތެވެ. އަދި އެއުރެންނަށް (އެބަހީ: مهاجر ންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެން (އެބަހީ: أنصار ން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ نفس ގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ. [59:9]

ޢަދުލުވެރިކަން
يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّـهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ ۚ إِن يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّـهُ أَوْلَىٰ بِهِمَا ۖ فَلَا تَتَّبِعُوا الْهَوَىٰ أَن تَعْدِلُوا ۚ وَإِن تَلْوُوا أَوْ تُعْرِضُوا فَإِنَّ اللَّـهَ كَانَ بِمَا تَعْمَلُونَ خَبِيرًا ﴿١٣٥﴾

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން عدل إنصاف قائم ކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) اللَّه އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުންވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ. އެމީހަކީ (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ فقير އަކު ކަމުގައިވިޔަސް، ފަހެ، އެދެމީހުންނަށްމެ، اللَّه، أولى ކަން ބޮޑެވެ. ތިޔަބައިމީހުން عدل ވެރިވުން ދޫކޮށް އަމިއްލަ އެދުމަށް تبع ނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. [4:135]

ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަޙީކުރުން
الَّذِينَ إِن مَّكَّنَّاهُمْ فِي الأَرْضِ أَقَامُوا الصلاَّةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ وَلِلَّهِ عَاقِبَةُ الْأُمُورِ {41}

އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائم ކޮށް، زكاة ދީ، ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّه އަށެވެ.” (އަލްޙައްޖު:41)

-: ހެޔޮ މިސާލެއް
އަބޫބަކުރުގެފާނަކީ، އެކަލޭގެފާނުގެ އިލްމުވެރިކަމާއި ފިގުހުވެރިކަމާއި ހިކްމަތްތެރި ކަމަށް ހުރިހާ ސަހާބީން އެއްބަސްވެވަޑައިގަންނަވާ ބޭކަލެވެ. އެކަން އެހެން އޮތް އިރުވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުގައި ވިދާޅުވީ ކީކޭތޯ އެވެ!

“އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން އަހުރެން މިހުރީ ތިޔަބައިމީހުންގެ މައްޗަށް އިސްކުރެވިފަ އެވެ. އަހުރެންނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ (މި މަގާމަށް އެންމެ އެކަށީގެންވާ) މީހާއެއް ނޫނެވެ. އަހުރެންނަށް ރަނގަޅަށް ކަމެއް ކުރެވިއްޖެ ނަމަ، ތިޔަބައިމީހުން އަހުރެންނަށް ވާގިވެރިވެދޭށެވެ. އަހުރެންނަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ، ތިޔަބައިމީހުން އަހުރެން ސީދާކޮށްދޭށެވެ! ތެދުވެރިކަމަކީ އަމާނާތެކެވެ. ދޮގުހެދުމަކީ ޚިޔާނާތެކެވެ. ޙައްގެއް ނިގުޅައިގަނެވިފައި ވުމުގެ ސަބަބުން ތިޔަބައިމީހުންގެ ތެރެއިން ނިކަމެތިވެފައިވާ މީހާއީ، އޭނާގެ ޙައްގު އަނބުރައި ހޯދައިދެވުމަށް ދާންދެން އަހުރެންގެ ގާތުގައި އެންމެ ވަރުގަދަ މީހާ އެވެ. އަދި މީހެއްގެ ޙައްގެއް އަތުލައިގެންފައިވުމުގެ ސަބަބުން ތިޔަބައިމީހުންގެ ތެރެއިން އެންމެ ވަރުގަދަ މީހާއީ، އޭނާގެ އަތުން އެ ހައްގެއް އަނބުރާ ހޯދައިދީފުމަށް ދާންދެން އަހުރެންގެ ގާތުގައި އެންމެ ނިކަމެތި މީހާ އެވެ…” ޢިބާރާތް ކިތަންމެ ކުރަސް ޢިބްރަތްތަކުގެ ކަންޒެކެވެ.

ޚިޔާލު ފާޅުކުރައްވާ