Follow us on
އަރިދަފުސް ރޯގާއިން ސަލާމަތްވަމާ – ރައްކާވެ ތިބިއްޔާ ދަތުރެވެ!
| އަޙުމަދު އަނަސް

މިދުވަސްވަރަކީ އަނެއްކާވެސް ރާއްޖެތެރޭ ބައެއް ރަށްރަށުގައި ހަލުވިކަމާއިއެކު އަރިދަފުސް ރޯގާ ފެތުރެމުންދާ ދުވަސްވަރެކެވެ. އަދީ ޚާއްޞަކޮށް މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަަށްވެފައި ގިނަބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް ރަށުން ބޭރަށް ދާނެކަމީ މިކަން އިތުރަށް ފެތުރޭނެ އެއްގޮތެވެ. އެހެންކަމުން މިދުވަސްވަރު އެންމެނެވެސް އަރިދަފުސް ރޯގާފަދަ ބަލިތަކުން ސަލާމަތްވުވަށް މަސައްކަތްކުރަން ޖެހެއެވެ.

:އަރިދަފުސް ރޯގާގެ އަލާމަތްތައް

އަރިދަފުސް ރޯގާގެ އަލާމަތްތައް: ފޮޓޯ- ދިވެހި ރެޑް ކްރެސެންޓް

މަތީގައި އެވާ އަލާމާތްތަކުގެ ތެރެއިން މަދުވެގެން ދެ އަލާމާތް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން މުހިއްމެވެ. އަދި މި އަލާމާތްތަކުގެ އިތުރުން ކުޑަކުދިންގެ ކިބައިން ފެނިދާނެ އިތުރު އަލާމާތްތަކުގެ ތެރޭގައި ކެއިންބުއިން މަދުވުން، މާގިނައިން ނިދުން، އަދި އާދަޔާ ހިލާފަށް ރުއިން ފަދަ އަލާމާތްތަށް ހިމެނެއެވެ.

އަރިދަފުސް ރޯގާއަކީ ފަސޭހަ ކަމާއި އެކު ގައިން ގަޔަށް އަރާ ބައްޔަކަށް ވުމާއެކު ތިރީގައި މިވާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކެއްސާނަމަ އަމަލުކުރާނީ ކިހިނެތް؟

ކެއްސާނަމަ ކަންކުރަންވީ ގޮތް: ފޮޓޯ- ދިވެހި ރެޑް ކްރެސެންޓް

މި ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވާލުތަކުގެ ތެރޭގައި ރޯގާޖެހި ކިނބިހި އަޅާއިރު އަނގަމަތީގައާއި ނޭފަތްމަތީގައި ކުޑަ ރުމާލެއް ނުވަތަ ޓިޝުއެއް ފަދަ އެއްޗެއް އެޅުން މުހިންމެވެ. އަދި ކޮންމެ މިހަކުވެސް ބޭނުންކޮށްފައި ހުންނަ ޓިޝޫފަދަ ތަކެތި އެއްލާނުލުމަށް ހާއްސަ އިސްކަމެއް ދޭންޖެހެއެވެ. އަދި އާންމު ސާފްތާހިރުކަމަށް، ހާއްސަކޮށް ސައިބޯނިއިގެން އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދޭންޖެހެއެވެ. ރޯގާޖެހި ކެއްސާނަމަ، މީހުން އުޅޭ ތަންތަނަށް ނުދިއުން މުހިންމެވެ. އަދި ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުންވެސް ވަރަށް މުހިންމެވެ.

އަތްދޮންނަން އެންމެ ރަނގަޅީ ކިހިނެތް؟

އަތް ދޮންނާނެގޮތް: ފޮޓޯ- ދިވެހި ރެޑް ކްރެސެންޓް

އަރިދަފުސް ރޯގާއަކީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. ހަމަ އެހެންމެ  ފަސޭހައިން ގައިންގަޔަށް އަރާ މިބަލިން ރައްކާތެރި ވުމުގެ ގޮތުން ފިޔަވަޅު އެޅުމަކި ވަރަށް މުހިންމު ކަމެކެވެ.

ޚިޔާލު ފާޅުކުރައްވާ