Follow us on
ސްނެޕްޗެޓް ސްޓްރީކް. އެއްވެސް ފައިދާއެއްނުވާ ބޭކާރުކަމެއް
| އަޙުމަދު އަނަސް

2017 ވަނަ އަހަރާއިހަމައިން ސްނެޕްޗެޓް ބޭނުންކުރާ މީހުންގެ އަދަދު މިވަނީ 170 މިލިއަންއަށްވުރެން މައްޗަށްއަރައިގެން ގޮސްފައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސްނެޕްޗެޓް ބޭނުންކުރާމީހުން ފިސާރި ގިނައެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ސްނެޕްޗެޓް ބޭނުންކުރާމީހުން މަދެއްނޫނެވެ. ސްޓްރީކު ކުރާ މީހުން އެހާމެ ގިނައެވެ. އެހެނަސް ސްޓްރީކުގެ ބޭނުމަކީ ކޮބާހެއްޔެވެ.

ސްޓްރީކަކީ ކޮންމެ ދުވަހަކު އެއްފަހަރު އެކަކު އަނެކަކަށް ސްނެޕްއެއް ފޮނުވަމުން، ޖެހިޖެހި ގިނަދުވަސް ވާވަރަކަށް އިތުރުވާ އެއްޗެކެވެ. އެގޮތުން މިހެން ޖެހިގެން ސްނެޕްކުރާ ކޮންމެ ދުވަހަކަށް “ސްޓްރީކް”ގެ އަދަދު ގިނަވެއެވެ. އެހެންނަމަވެސް ސްޓްރީކު ކުރުމުގައި އެންމެ ދުވަހަކު ސްނެޕް ނުކުރިޔަސް މުޅި ސްޓްރީކު ދާނެއެވެ. ވުމާއެކު ގިނަދިވެހިންވެސް ސްޓްރީކު ކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެހެނަސް ސްޓްރީކުން އެއްވެސް ފައިދާއެއް ލިބޭހެއްޔެވެ؟

ސްޓީރުކުރުން މިއަދު ވެފައިމިވަނި ގިނަދިވެހީންގެ “ކަށީގައި ހިފާފައި” ހުރި ކަމަކަށެވެ. ކެއުމާއި ބުއިމަށްވުރެ ސްޓްރީކަށް މުހިންމުކަންދޭ މީހުންވެސް އެބައުޅެއެވެ. ސްޓްރީކް ގެއްލިގެން އެކަމާއި ހިތާމަކުރި އެތައްބައިވަރު ރަހުމަތްތެރިންނެއް އަހަރެންގެވެސް އެބަތިއްބެއެވެ. އަހަރެންގެ ހިތަށް އަރައެވެ. ސްޓްރީކު ކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އެއްވެސް ފައިދާއެއް ނުކުރާ ކަމެއް އެތިބަ ކުރަނީ ކީއްކުރަން ހެއްޔެވެ؟ އާނއެކެވެ. އިންސާނުންނަކީ ވަރަށްވެސް މޮޔަބައެކެވެ.

ސްޓްރީކުރުމުން ފައިދާއެއް ނުލިބޭތާ ގެއްލުން އެހާ ބޮޑެވެ. ސްނެޕްޗެޓަކީ ފިސާރި ބައިވަރު ޑާޓާ ބޭނުންވާ އެޕްލިކޭޝަންއެކެވެ. އެހެންކަމުން ސްނެޕް އެއް ކޮށްލުމުން އެދާ ޑާޓާ، އެއީ ހަމަ ބޭކާރު ވެގެންދާ ޑާޓާއެއްނޫންހެއްޔެވެ. ސްނެޕް ކުރުމަށް އެދާ ވަގުތަކީވެސް ހަމަ ބޭކާރުވެގެންދާ ވަގުތެވެ.

ދިވެހީންގެ ތެރެއިން އެތަށްބަޔަކު ސްނެޕްޗެޓަށް މިވަނީ ދެވިހިފާފައެވެ. އެއަށްވުރެ އަޅުކަމެއް ކުރިއްޔާ މާރަނގަޅުވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

  1. nuvisney meehaaaa

    haadha hey visney kuhjekey. hithah aranee ha ehaa varah alhukan koh ulhey kuhjeh baavaeyy. noonee dheenah ulhey kuhjeh baa eyy. liyan neyngey vaahaka eh noon akamaku bunan beynumii thi liyun kolhakii ves beykaaru ehchakahshey vanii. thiy in meehakah vaane rangalhu faadheeh nethey. hama streak kurun kahala kamekey. 😂😂. (hajam nuvannaa ok comment nujehiys..)