Follow us on
ސުމާޓް ފޯނުގެ ސަބަބުން ޒުވާން ކުދިންނަށް ނޭދެވޭ އަސަރު ކުރޭ: ދިރާސާ
| އަޙުމަދު އަނަސް

ދިވެހިރާއްޖޭގައި އަދުގެ ޚާލަތައް ބަލާއިރު ކޮންމެ މަޔަކުވެސް އެމީހެއްގެ ދަރިޔަކަށް އެންމެ ފަހުގެ ގެޖެޓްސް، ޚާއްޞަކޮށް ސްމާޓް ފޯނު ގަނެދިނުމަކީ އާންމުކަމެކެވެ. އުމުރުން 10 އަހަރުގައި ފޯނުގަނެދިނުމަކީ އާންމުކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން 78% ކުދިންނަކީ ސްމާޓުފޯނު ގެނގުޅޭ ކުދިންނެވެ. މިއީ ވަރަށް ބޮޑު އަދަދެކެވެ.

އޭގެ ބޭނުމަކީ ކަމެއްވެގެން އުޅޭ ވަގުތު ރައްކާތެރިކަމަށް އެދި މީހަކަށް ގުޅުން ކަމުގައި ވާނަމަ އެއީ ރަނގަޅުކަމެކެވެ. އެހެނަސް ސްމާޓު ފޯނުގެ ސަބަބުން ލިބޭ ގެއްލުންތައްވެސް އެހާގިނައެވެ. އެގޮތުން ލިބޭ 4 ގެއްލުމަކަށް ބަލައިލާނަމެވެ.

ފިކުރު ބޮޑުވުން
ޒުވާން ފުރައިގެ ކުދިންގެ އަތުގައި ސްމާޓުފޯނެއް އޮތުމާއިއެކު ގިނަކުދިން ދުވާލު ހަތަރުދަމު ތިބޭނީ އަވަދިނެތި މީސް މީޑިއާގައި މަސްޢޫލުވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި މިގޮތަށް މީގިނައިރު ފޯނަށް ބަލަހައިޓައިގެން ހުރުމުގެ ސަބަބުން މީހާ ފިކުރު ބޮޑުވެ، ހާސްވެއެވެ. އަދި ބައެއް ޚާލަތްތަކުގައި ނުކުޅެދޭ މީހުނަށް ވުމުގެ ފުރުޞަތުވެސް އެބައޮތެވެ.

ނިދި ގެއްލުން
ނިދާއިރު ކައިރިގައި ފޯނުބޭއްވުމަކީ ގިނަ ޒުވާން ކުދިންގެ އާދައެކެވެ. ކައިރީގައި ފޯނު އޮންނައިރު ފޯނަށް އަންނަ ކޮންމެ މެސެޖަކަށް ނުވަތަ ނޮޓިފިކޭޝަން އަކަށްވެސް ބަލައިލެވެއެވެ. މީގެ ސަބަބުން ކުއްޖާގެ ނިދި ގެއްލެއެވެ.

ކެންސަރަށް މަގުފަހިވުން
މޯބައިލް ފޯނާއި ސްމާޓްފޯނަކީ އޭގައި ވަރަށް ބާރުގަދަ ރޭޑިއޭޝަން އެއް ހުންނަ އެއްޗެކެވެ. ގިނަވަގުތު ފޯނުހިފައިގެން އޮތުމުގެ ސަބަބުން މީހާގެ ގަޔަށް މިރޭޑިއޭޝަން އިން ކުރާ އަސަރު ބޮޑުވެއެވެ. އަދި ހަމައެހެންމެ ކެންސަރު ޖެހުން، ޚާއްޞަކޮށް ސިކުނޑީގެ ކެންސަރަށް މަގުފަހިވެއެވެ.

މީސް މީޑިއާގައި ބުލީކުރުން ގިނަވުން
“Fight Crime Invest in Kids” އިން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ސްމާޓްފޯނު ގެންގުޅޭ ކުދިންގެ ތެރެއިން 3 ބައިކުޅަ 1 ބައި ކުދިންނަކީ  މީސްމީޑިއާގައި ބުލީގެ ޝިކާރައަކަށް ވެފައިވާ ކުދިންނެވެ. އަދި މިގޮތަށް ބުލީގެ ޝިކާރައަކަށްވެފައިވާ ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައިކުދިންނަށް ބުލީކުރަނީ ކޮންބައެއްކަންވެސް ނޭނގެއެވެ.

ޚިޔާލު ފާޅުކުރައްވާ