Follow us on
ލިވާ ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ މަރިޔަމް މޫސާ އެހީއަކަށް އެދި އެދި
| އަޙުމަދު އަނަސް

އެހެން މީހެއްގެ ހާލަތު ގަލަމަކުން ބަޔާންކޮށްދިނުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ކިތަންމެ ވަރަކަށް އެބައެއްގެ އިހްސާސްތައް ދެނެގަންނަން މަސައްކަތްކުރިޔަސް، އެފަދަ ހާލަތެއް ދިމާނުވަނީސް އެކަން ފަހުމުކޮށްދޭން ދަތިވާނެކަން ކަށަވަރެވެ.

ލ.ފޮނަދުއަށް އުފަން މަރިޔަމް މޫސާ (މޫނިމާގެ، ލ.ފޮނަދޫ) ވޭތުވެ މިދިޔަ 2 އަހަރު ހޭދަކުރީ ވެދާނެ ގޮތަކާމެދު ވިސްނާ ފިކުރުކޮށް، އުންމީދުގެ ހުޅުކޮޅެއްގެ އިންތިޒާރުގައެވެ. ޖެހުނު ބައްޔެއްގެ ސަބަބުންނެވެ. މިކަންކަން އެހެންމީހަކަށް ބަޔާންކޮށްދިނުމަކީ ފަސޭހަކަމަކަށް ނުވާތީ އަދިވެސް ހިތަށް ތަސައްލީއެއް ލިބިފައެއްނުވެއެވެ.

2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އިންޑިއާގެ ހޮސްޕިޓަލަކުން ހެދި ޓެސްޓު ތަކުގެ ނަތީޖާއިން މަރިޔަމް މޫސާއަކީ (Liver Cirrhosis with Portal Hypertension ) ބަލީގެ ޝިކާރައަކަށްވެފައިވާ މީހެއްކަން އެނގުނު ހިސާބުން އާއިލާއަށް ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ. ލަސްނުކޮށް ކުރެވެން އޮތިއްޔާ އޮތް ފަރުވާއެއް ކުރެވޭތޯ ބެލިއެވެ. އެހެނަސް އެކަމުން މާބޮޑު ކުރިއެރުމެއް ނުލިބުނެވެ.

އާއިލާއިން ބުނި ގޮތުގައި މަރިޔަމް މޫސާގެ ޕޯޓަލް ވެއިންގެ ސައިޒު ބޮޑުވެ ސެޕްޓެމްބަރ 2016ގައި އިންޑިޔާގެ އަނަންތަޕޫރީ ހޮސްޕިޓަލް އިންވެސް ސްކޭން ކުރެވިފައިވެއެވެ. އަދި މިނާރުން ލޭ ލީކުވާ 3ތަނެއްގައި މަލަން އަޅާފައިވެސް ވެއެވެ. ޑަކްޓަރުގެ ލަފާގެ މަތިން ހަމަސް ފަހުން މާލެއިން ސްކޭންކޮށް އިތުރަށް ލޭ ލީކުވޭތޯ ބަލާފައިވެއެވެ. އަނެއްކާވެސް ޖުލައި 2017ގައި ހޮޑަށް ލޭ އައުމުން އޭޑީކޭގެ ގޭސްޓްރޮލޮގިސްޓްގެ ލަފާގެމަތިން އާސަންދައިގެ އެހީއާއިއެކު އަމްރިތާ ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އަމްރިތާ ހޮސްޕިޓަލުން ސްކޭނުކުރުމުން ޕޯޓަލް ވެއިންގެ ހަތަރު ތަނަކުން ގޮހޮރަށް ލޭ ލީކުވާކަން އެނގި އެ ހަތަރު ތަނުގައި މަލަން އަޅާފައިވެއެވެ. މިމަލަމަކީ ރާއްޖެއިން އެޅޭ މަލަމެއް ނޫނެވެ.

މަރިޔަމް މޫސާ ބައްލަވާ ޑޮކްޓަރު ވިދާޅުވާގޮތުގައި މަލަން އަޅައިގެން ޕޯޓަލް ވެއިން ސަލާމަތުން ބެހެއްޓޭނެ ވަކިމުއްދަތެއް ނޭނގެއެވެ. އަދި މިނާރު ސަލާމަތްކުރެވެން އޮތީ ލިވާ ޓްރާންސްޕްލާންޓް، (ފުރަމޭ ބަދަލުކުރުން) ހަދައިގެން ކަމަށް ޑޮކްޓަރ ވަނީ ކަށަވަރު ކޮށްދީފައެވެ. އަދި މިހާރު ލިވާގެ %75 ހަލާކުވެފައިވާ ކަމަށާއި މަސައްކަތް ކުރަނީ ހަމައެކަނި %25 ކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ. މީގެއިތުރުން މަސައްކަތްކުރާ އިންސައްތަ %20 އަށް ހިނގައްޖެނަމަ ފުރާނަޔަށް ނުރައްކާވެދާނެކަމަށްވެސް ވިދާޅުވިއެވެ. މިބަލީގެ އަސަރުތަށް އިތުރަށް ފެންނަމުން ދާތީ ވީހާވެސް އަވަހަށް ލިވާ ޓްރާންސްޕްލާންޓް ހެދުން ނޫން ގޮތެއް ނެތްކަމަށްވެސް ޑޮކްޓަރުވަނީ ލަފާދީފައެވެ.

ޑޮކްޓަރުގެ ލިޔުން

ގަޑިން ގަޑިޔަށް ބޭސްދީ، ވަކި ޚާއްޞަ ގޮތަކަށް ކޭއުމުގެ ވައްޓަފާޅި ބަހައްޓަމުން އަންނަކަމުގައި ވިޔަސް ބަލި އިތުރަށް ގޯސްވަމުން އަންނަކަން ފާހަގަ ކުރެވޭކަމަށް އާއިލާއިން ބުނެއެވެ.

މަރިޔަމް މޫސާގެ އާއިލާގެ ދެމީހަކު ޑޯނާ ޓެސްޓު ކުރުމަށް ނިންމާފައި ވެއެވެ. އޭގެތެރެއިން އެކަކު މިހާރުވަނީ ބައެއް ޓެސްޓުތައް ހަދާފައެވެ. އެހެންނަމަވެސް ފުރަމޭގައި ސަރުބީ ގިނަކަން ފާހަގަވެ މިހާރުދަނީ އެކަމަށް ފަރުވާ ހޯދަމުންނެވެ. ޑޯނަރ ހަދަންޖެހޭ ހުރިހާ ޓެސްޓުތަކެއްވެސް ހަދަން ޖެހެނީ އަމިއްލަ ހަރަދުގައެވެ. އާސަންދަ ލިބެނީ ހަމަ އެކަނި މަރިޔަމް މޫސާއަށެވެ. އާއިލާއިން ބުނާގޮތުގައި ލިވާ ޓްރާސްޕްލާންޓްއަށް މަދުވެގެން 7 ލައްކަ ރުފިޔާ ބޭނުންވާނެއެވެ.

“ވަރަށް ގިނަ ފަހަރު އިންޑިޔާއަށާއި މާލެއަށް ދަތުރުކުރެވިއްޖެ. ހުރިހާ ދަތުރަކަށްވެސް ވަރަށް ބޮޑަށް ހަރަދުވި. އެތަށް ލޯނެއްވެސް ނަގަންޖެހުނު. ހުރިހާ އެންމެންގެވެސް މާލީ އެހީތެރިކަން ވަރަށް ބޭނުން.” މަރިޔަމް މޫސާގެ އާއިލާގެ މެމްބަރަކު ބުންޏެވެ.

މަރިޔަމް މޫސާ އާއި އޭނާގެ އާއިލާ އިން އެދެނީ އިންސާނިއްޔަތު ކަމަށްޓަކައި އަދި ބޭނުން ޖެހިފައިވާ މީހަކަށް އެހީއެއް ވެދިނުމުގެ ގޮތުން އޭނާ އަށް ދެވެން އޮތްވަރަކުން މާލީ އެހީތެރިކަން ދިނުމެވެ.

މަރިޔަމް މޫސާގެ އާއިލާ އަށް ފައިސާގެ އެހީއެއް ވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ފައިސާ ނަމަ ‎7730000029300 (އައިޝަތު ޝިއުނާ) އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް އާއިލާއިން އެދެއެވެ. އަދި ޑޮލަރުން އެހީވާން ބޭނުންނަމަ ‎7707364535102 (މުހައްމަދު ފަޔާޒު) އެކައުންޓަށް ޑޮލަރު ޖަމާކޮށްދިނުމަށް އާއިލާއިން އެދެއެވެ.

އަދި އިތުރު އެއްވެސް މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ ‎7931828 (މުހައްމަދު ފަޔާޒު) ނުވަތަ ‎7894712 (ފާތިމަތު ޝިމާނާ) އަށް ގުޅުމަށް އާއިލާ އިން އެދެއެވެ.

ފުރަމޭގެ މައްސަލަތައް ދިމާވުމަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައިވެސް ވަރަށް އާންމު ކަމެކެވެ. މި ކުޑަ ކުޑަ މުޖްތަމައުގެ ނިސްބަތަށް ބަލާއިރުވެސް މިފަދަ މައްސަލަތަކާއި ކުރިމަތިލާން ޖެހޭ މީހުންގެ އަދަދު މި ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

މާތް ﷲ މަރިޔަމް މޫސާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ، އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވާންދޭވެ. އާމީން!


ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

ޚިޔާލު ފާޅުކުރައްވާ