Follow us on
ޖަބަލް ނޫރު
| މުޙައްމަދު މަޢޫން

އަސްލު ނަން: ނޫރް ފަރުބަދަ

ނަން ދެވުނު ސަބަބު: އިންސާނިއްޔަތަށް އަލިކޮށްދިން ނޫރު ކަމުގައިވާ ކީރިތި ޤުރްއާން ބާވައިލައްވަން ފެއްޓެވީ އެ ފަރުބަދައިގެ ހޮހޮޅައިގައި ކީރިތި ރަސޫލާ އިންނަވަނިކޮށް ކަމަށް ވާތީ .

ފަރުބަދައިގެ އުސްމިން: 642 މީޓަރު (2106 ފޫޓު)

އިތުރު ބައެއް މަޢުލޫމާތު:

> ކީރިތި ރަސޫލާ صلى الله عليه وسلم  މަޑުކުރެއްވި ހޮހޮޅަ ހުންނަނީ މި ފަރުބަދައިގެ ކުންނަށް ވުރެ ގާތްގަނޑަކަށް ވިހި ފޫޓު ތިރީގައި.

> ފަރުބަދަ ހެދިފައި ހުންނަނީ މަތިން ތިރިއަށް ކަތިކޮށް.

> ފަރުބަދައިގެ އެންމެ އުހުގައި، ޖަމަލުގެ ގޮންގަނޑެއް ފަދައިން ހުންނަ ބައިގެ ސަބަބުން، މައްކާގެ އެހެން ހުރިހާ ފަރުބަދަތަކާ ޚިލާފަށް ހިރާ ފަރުބަދަ ފާހަގަކުރެވޭނެ

ސީރަތާއި ގުޅިފައިވަނީ:   ރަސޫލާ صلى الله عليه وسلم  އަށް ވަޙީ ބާއްވައިލައްވަން ފެއްޓެވުމުގެ ހާދިސާއިން.

އިސްލާމްދީން ފެށިގެންއައިއިރު މައްކާގެ ދީނީ އަދި އިޖުތިމާޢީ ޙާލަތު:

> ގެފުޅު ވަށައިގެން ބެހެއްޓިފައިވާ ބުދުތައް ރެޔާއި ދުވާލު އަޅުކަންކޮށް، މާތް ﷲ އަށް ޝިރުކު ކުރަމުންދިޔައެވެ.

> ރޭގަނޑުވުމުން ބައެއް މީހުން ބަނގުރާ ބުއިމާއި ފާހިޝް އަމަލުތައް ކުރުމުގެ މެހެފިލްތަކުގައި ވަޤުތުތައް ހޭދަކުރެއެވެ.

> އަންހެނުންނަކީ އެއްވެސް އަގެއް ނެތް ބަޔެއްކަމަށް ދެކޭތީވެ، އަންހެންދަރިން ދިރިހުއްޓާ ވަޅުލެވެމުން ދިޔައެވެ.

> ވާރުތަ މުދަލުން އަންހެނުން މަޙްރޫމުކުރަމުން ގެންދިޔައެވެ.

> ރިބާކެއުމާއި، ޖުވާކުޅުމާއި، މީސްތަކުންގެ މުދާ ޚާއްސަކޮށް ޔަތީމުންގެ މުދާ ނުހައްޤުން މުޝްރިކުން ކަމުންގެންދިޔައެވެ.

> މެހެމާނުންނަށް ކަމޭހިތުން ފަދަ ބައެއް ރަނގަޅު ސިފަތައް އޭރު ޢަރަބިންގެ މެދުގައި ހުރިކަމުގައިވިޔަސް، އެ ކަންކަން ކުރަމުންދިޔައީ ދެއްކުންތެރިކަމުގެ ގޮތުންނެވެ. އަދި ފަޚުރުވެރިވުމުގެ ގޮތުންނެވެ.

ރަސޫލާ صلى الله عليه وسلم  އަށް ވަޙީ ބާއްވައިލައްވަން ފެއްޓެވުމުގެ ހާދިސާ

> އިސްވެ މި ދެންނެވިފަދަ ޙާލަތެއްގައި މައްކާ އޮތުމުގެ ސަބަބުން މައްކާގެ އެ ނުބައި އާދަތަކުން ދުރުހެލިވެވަޑައިގެން، މި ކައުނާއި އިންސާނިއްޔަތުގެ ހަގީގަތްތަކާއި ޚަލްގު ކުރެއްވުމުގެ ޙިކްމަތްތަކާ ހަމައަށް ވާސިލުވުމަށް އެކަލޭގެފާނު ބޭނުންފުޅުވި

> އެހެންކަމުން، ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނު ރަސޫލު ކަމައިގެން ފޮނުއްވުމުގެ (ވަޙީ ބާވައިލައްވަން ފެށުމުގެ) ތިން އަހަރު ކުރިން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ބައެއް ރޭތަކުގައި، ޙިރާ ފަރުބަދައިގެ ހޮހޮޅަ އަށް ވަޑައިގަންނަވަން ފެއްޓެވި.

> މި އުސް ފަރުބަދައާ ހަމައަށް އިތުރު އެކަލޭގެފާނު ރޭގަނޑުގެ ކަނު އަނދިރީގައި ގިނިކަންޏާ ވަޑައިގަންނަވަނީ ގެކޮޅުން ފެށިގެން ފަސް ކިލޯމީޓަރަށް ހިންގަވާފަ.

> އިތުރު އެކަލޭގެފާނު އެ ހޮހޮޅައިގައި ﷲ ހަނދުމަ ކުރެއްވުމުގައި އިންނެވި ރޭތަކުގައި އެކަލޭގެފާނަށް ފަރިއްކޮޅާއި ފެންފޮދު ގެންގޮސްދެއްވީ ލޮބުވެތި އަނބިކަނބަލުން ޚަދީޖަތުގެފާން

> ފަރުބަދަތަކާއި އުސް ތަންތަނާއި ތިރި ބިންތަކާއި ވާދީތަކުން ފުރިފައި އޮތް ހިލަ ބިމެއްގައި ޚަދީޖަތުގެފާނު ކަނު އަނދިރީގައި ހިންގަވާފައި ވަޑައިގަންނަވާނެގޮތް ތަޞައްވަރުކޮށްލައްވާ

> މާތް ނަބިއްޔާ  صلى الله عليه وسلم  ޙިރާ ފަރުބަދައިގެ ހޮހޮޅައިގައި  ﷲގެ ކުޅަދުންވަންތަކަމާއިމެދު ފިކުރުކުރައްވަން އިންނަވަނިކޮށް، ޖިބްރީލްގެފާނު އެކަލޭގެފާނުގެ އަސްލު ސޫރައިގައި ވަޑައިގަތެވެ. އެވަގުތު ރަސޫލާ صلى الله عليه وسلم  ބިރުފުޅު ގަންނާނެވަރު ތިބޭފުޅުން އިޙްސާސްކޮށްލައްވާ!

> ޖިބްރީލްގެފާނުގެ  600 ފިޔަފުޅުހުރޭ

> މި ކަމާ ބެހޭ ގޮތުން ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވެ އެވެ؛ އެ މަލާއިކަތް ބޭކަލަކު ވަޑައިގެން ވިދާޅުވި އެވެ؛ ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! ތިމަން ކަލޭގެފާނު ޙަދީޘްކުރެއްވީމެވެ. ތިމަން ކަލޭގެފާނަކީ ކިޔަވަން ދަންނަ މީހަކީމެއް ނޫނެވެ. އެ ހިނދު، ތިމަންކަލޭގެފާނުގެ މުޅި ހަށިކޮޅުން ވަރު ދޫ ވެއްޖައުމަށް ދާންދެން އެ މަލާއިކަތާގެ ހަށިކޮޅާ ލައި ތިމަންކަލޭގެފާނު ފިއްތަވާލައްވައި ދޫކޮށްލައްވާފައި ވިދާޅުވި އެވެ. ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! ދެން ތިމަން ކަލޭގެފާނު ޙަދީޘްކުރެއްވީމެވެ. ތިމަން ކަލޭގެފާނަކީ ކިޔަވަން ދަންނަ މީހަކީމެއް ނޫނެވެ. އަނެއްކާ ދެ ވަނަ ފަހަރަށް ވެސް ތިމަންކަލޭގެފާނުގެ މުޅި ހަށިކޮޅުން ވަރު ދޫ ވެއްޖައުމަށް ދާންދެން އެ މަލާއިކަތާގެ ހަށިކޮޅާ ލައި ތިމަންކަލޭގެފާނު ފިއްތަވާލައްވައި ދޫކޮށްލައްވާފައި ވިދާޅުވި އެވެ. ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! ދެން ތިމަން ކަލޭގެފާނު ޙަދީޘްކުރެއްވީމެވެ. ތިމަން ކަލޭގެފާނަކީ ކިޔަވަން ދަންނަ މީހަކީމެއް ނޫނެވެ. އަނެއްކާ ތިން ވަނަ ފަހަރަށް ވެސް ތިމަންކަލޭގެފާނުގެ މުޅި ހަށިކޮޅުން ވަރު ދޫ ވެއްޖައުމަށް ދާންދެން ތިމަންކަލޭގެފާނު ފިއްތަވާލައްވައި ދޫކޮށްލައްވާފައި ވިދާޅުވި އެވެ. “ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ ހުރިހާ އެއްޗެއް ޚަލްގުކުރެއްވި ރަސްކަލާނގެ އެވެ.” އަދި ޢަލަޤް ސޫރަތުގެ ފުރަތަމަ ފަސް އާޔަތް ބާވައިލެއްވި އެވެ

ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ

ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ

ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ

އެކަލާނގެއީ، قلم ން) ލިޔަން (އުނގަންނައިދެއްވި ރަސްކަލާނގެއެވެ

 

1. اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ

2. خَلَقَ الإِنسَانَ مِنْ عَلَقٍ

3. اقْرَأْ وَرَبُّكَ الأَكْرَمُ

4. الَّذِي عَلَّمَ بِالْقَلَمِ

عَلَّمَ الإِنسَانَ مَا لَمْ يَعْلَمْ.

 

> زَمِّلُونِي زَمِّلُونِي، لَقَدْ خَشِيتُ عَلَى نَفْسِي. قَالَتْ: كَلَّا وَاللهِ مَا يُخْزِيكَ اللهُ أَبَدًا، إِنَّكَ لَتَصِلُ الرَّحِمَ، وَتَحْمِلُ الْكَلَّ، وَتَكْسِبُ الْمَعْدُومَ، وَتَقْرِي الضَّيْفَ، وَتُعِينُ عَلَى نَوَائِبِ الْحَقِّ”

> މައްކާގެ ބޮޑުން ޚަދީޖަތުގެފާނާއި ކައިވެނި ކުރަން އެދި ހުށައެޅި ހުށައެޅުންތައް ޤަބޫލު ނުކުރައްވައި ހުންނަވަނިކޮށް، އެކަމަނާ ބޭނުންފުޅުވާފަދަ ސިފަތައް ހުރި ބޭކަލަކީ ރަސޫލާކަން އެނގިވަޑައިގަތެވެ. ކޮންމެއަކަސް މި މިއަށްފަހު ޚަދީޖަތުގެފާނު، ރަސޫލާއާއި ކައިވެނި ކުރައްވަން ބޭނުންފުޅުވެލައްވައިގެން އެކަމާނާގެ ހިތްޕުޅުގެ ޝުޢޫރު، އެކުވެރި ނަފީސާ ބިންތު މުނައްބިޙް އަރިއަހުގައި ވިދާޅުވިއެވެ.

> ދެން ނަފީސާ ރަސޫލާ އަރިއަހަށް ވަޑައިގެން މި ވާހަކަ ދެންނެވުމުން އެކަން ޤަބޫލު ކުރެއްވިއެވެ. އަދި ބޮޑު ބޭބެފުޅުންތައް އަރިއަހުގައި މިވާހަކަ ވިދާޅުވެ، އެ ބޭފުޅުން ޚަދީޖަތުގެފާނުގެ ބޮޑުބޭބެފުޅު އަރިއަހަށް ވަޑައިގަނެ، ކީރިތި ރަސޫލާއާއި ޚަދީޖަތުގެފާނުގެ ޚިޠުބާ ކުރެއްވިއެވެ. އަދި ޝާމުކަރައިން ވަޑައިގެންނެވިތާ ދެ މަސް ފަހުން ކައިވެނިފުޅު ކުރެވުނެވެ.

> ކީރިތި ރަސޫލާ ޚަދީޖަތުގެފާނާއި ކައިވެނި ބެއްލެވުމުގެ ކުރިން، އެކަމަނާ ވަނީ ދެ ކައިވެނި ކުރައްވާފައެވެ. ފުރަތަމަ ކައިވެނި ކުރެއްވީ އަބޫހާލާ ބިން މާލިކް އައްތަމީމީއާއެވެ. މި ކައިވެނިން ލިބިވަޑައިގަތީ ހިންދު ކިޔާ ފިރިހެން ބޭފުޅަކާއި ހާލާ ކިޔާ އަންހެން ބޭފުޅެކެވެ. ދެވަނަ ކައިވެންޏަކީ ޢުތައިޤް ބިން ޢާއިޛް އަލްމަޚްޒޫމީއާއި ކުރެއްވި ކައިވެންޏެވެ. މި ކައިވެނިން ލިބިވަޑައިގަތީ ހިންދު ބިންތު ޢުތައިޤްއެވެ.

> ޚަދީޖަތުގެފާނުގެ މާތްކަން:

> ޝައްކެތްވެސް ނެތް ގޮތުގައި ޚަދީޖަތުގެފާނުގެ ނަންފުޅަކީ އިސްލާމީ ތާރީޚުގެ އުޑުގައި އަބަދުވެސް ވިދާ ބަބުޅާނެ ނަންފުޅެކެވެ. އިސްލާމީ އުއްމަތުގެ އަންހެނުންގެ ބޮލުގައި ވާ ޝަރަފުވެރި ތާޖެކެވެ. އެކަމާނާއަކީ ވަފާތެރިކަމާއި ތެދުވެރިކަން، ޙިކުމަތާއި ބުއްދިވެރިކަން، ކެތްތެރިކަމާއި ސާބިތުކަމުގެ ލާމަސީލު ނަމޫނާއެކެވެ.

> ޚަދީޖަތުގެފާނު ރަސޫލާއާއި ކައިވެނި ކުރެއްވުމުން އެކަމަނާ ވެވަޑައިގަތީ އަންބެއްގެ ލާމަސީލަކަށެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ދިމާވެވަޑައިގެންނެވި ކޮންމެ ދައްޗަކާއި އުނދަގުލެއްގައި، އެހީތެރިކަމާއި ހިތްވަރު ދެއްވަން ޚަދީޖަތުގެފާނު ތައްޔާރަށް ހުންނެވިއެވެ. ޚަދީޖަތުގެފާނު ގެންގުޅުއްވި ކުއްޖެއް ކަމުގައިވާ ޒައިދު ބިން ޙާރިޘާ ރަސޫލާއަށް ހިބަކޮށްދެއްވިއެވެ. ރަސޫލާ ޙިރާފަރުބަދައިގެ ހޮހޮޅައިގައި ޚިލްވަތުގައި ހުންނަވަން ލޯބި ކުރެއްވުމުން، ރަސޫލާ ގެންދަވާނެ ކޮއްތާއި ސާމާނު ތައްޔާރުކޮށް ދެއްވިއެވެ.

> ދެން ހޮހޮޅައިގައި ހުންނަވަނިކޮށް ފުރަތަމަ ފަހަރަށް ވަޙީބާވައިލެއްވުމުން، ކީރިތި ރަސޫލާއަށް ލިބި ވަޑައިގަތް ނުތަނަވަސްކަމާއި ބިރުފުޅުން ރަސޫލާ ދުރުކުރައްވައި، އެކަލޭގެފާނުގެ ހިތްޕުޅަށް ފިނިކަން ވައްދައިދެއްވާ ޚިދުމަތުގައި ޚަދީޖަތުގެފާނު އިންނެވިއެވެ.

> އެކަމަނާގެ ދުރު ވިސްނުންފުޅު ހުރިވަރުގެ ބޮޑު ކަމުން، ކީރިތި ރަސޫލާއަށް މި ދިމާވެވަޑައިގަތް ކަމަކީ އާދައިގެ ކަމެއް ނޫންކަން އެނގިވަޑައިގަތެވެ. އެގޮތުން ވަރަޤަތު ބިން ނައުފަލް އަރިއަހަށް ރަސޫލާ ގެންދަވައި އަދި ހޮހޮޅައިގައި ދިމާވި ޙާދިސާގެ ޙަޤީޤަތް ހޯއްދެވިއެވެ.

> ދެން ރަސޫލާ އިސްލާމް ދީނަށް ގޮވައިލައްވަން ފެއްޓުމުން، އެންމެ ފުރަތަމަ އިސްލާމްވެވަޑައިގަތް ކަމުގެ ޝަރަފު ހޯއްދަވައި، މުޝްރިކުންގެ ފަރާތުން ރަސޫލާއަށް ލިބި ވަޑައިގަތް އަނިޔާއާއި އުނދަގުލާއި ދެކޮޅަށް ތެދުވެވަޑައިގަތް އެއް ބޭފުޅަކީވެސް ޚަދީޖަތުގެފާނެވެ. އަދި މި ގޮތުގައި އެކަމަނާ އަވަހާރަފުޅު ވަންދެންވެސް ދެމި ހުންނެވިއެވެ.

> ދެން އައީ ތިން އަހަރު ދުވަސްވަންދެން މުޝްރިކުން ބަނީ ހާޝިމާއި ދެކޮޅަށް ފެއްޓި ޙިޞާރެވެ. ފަސްދޮޅަސް އަހަރުވެ މުސްކުޅިވެ ގައިކޮޅުގެ ބާރު ދެރަވެފައި ހުންނެވި ނަމަވެސް ޚަދީޖަތުގެފާނު މި ޙިޞާރަށްވެސް ކެތް ކުރެއްވިއެވެ. މި ހުރިހާ ކަމެއްގެ ބަދަލެއްގެ ގޮތުން މާތް ﷲ ޚަދީޖަތުގެފާނަށް ސުވަރުގޭގައި ރަން ގަނޑުވަރެއް ދެއްވިއެވެ. ޞަޙީޙުލް ބުޚާރީގެ ” އަލްމަނާޤިބް ” މި ބާބުގައި އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. هُرَيْرَةَ ‏ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏

‏أَتَى ‏ ‏جِبْرِيلُ ‏ ‏النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَقَالَ يَا رَسُولَ اللَّهِ هَذِهِ ‏ ‏خَدِيجَةُ ‏ ‏قَدْ أَتَتْ مَعَهَا إِنَاءٌ فِيهِ ‏ ‏إِدَامٌ ‏ ‏أَوْ طَعَامٌ أَوْ شَرَابٌ فَإِذَا هِيَ أَتَتْكَ ‏ ‏فَاقْرَأْ عَلَيْهَا السَّلَامَ مِنْ رَبِّهَا وَمِنِّي وَبَشِّرْهَا بِبَيْتٍ فِي الْجَنَّةِ مِنْ قَصَبٍ لَا ‏ ‏صَخَبَ ‏ ‏فِيهِ وَلَا ‏ ‏نَصَبَ

> މާނައަކީ: “އަބޫ ހުރައިރާ ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް ޖިބްރީލުގެފާނު ވަޑައިގެން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެއްގަމު މަހުން ހަދާފައިވާ ސުރުވާ (ނުވަތަ ކޮންމެވެސް ކާ އެއްޗެއް ނޫނީ ބޯ އެއްޗެއް) ހުރި ތައްޓެއް ހިއްޕަވައިގެން، ޚަދީޖަތުގެފާނު އެބަ ވަޑައިގަންނަވައެވެ. ކަލޭގެފާނު އަރިއަހަށް އެކަމަނާ ވަޑައިގަތުމުން އެކަމަނާ ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނގެ ކިބަފުޅުންނާއި އަހަރެންގެ ފަރާތުން ސަލާމް ވިދާޅުވާށެވެ. އަދި ސުވަރުގޭގައި ޤަޞަބުން (ރަނާއި މުތުން ހެދިފައިވާ ތަނބު) ތައްޔާރު ކުރެވިފައިވާ، އެތާނގައި އެއްވެސް ގަދަ އަޑެއް، ވަރުބަލިކަމެއް ވެސް ނުވާ ގަނޑުވަރެއް އެކަމަނާއަށް ޚައްޞަ ކުރެވިފައިވާ ކަމުގެ އުފާވެރި ޚަބަރު ދެއްވާށެވެ.” (ޞަޙީޙުލް ބުޚާރީ، ބާބުލް މަނާޤިބް)

> ޚަދީޖަތުގެފާނު އަވަހާރަވެ ކީރިތި ރަސޫލާ، ކައިވެނީގެ އާ ޙަޔާތްޕުޅެއް ފެއްޓެވިއަސް އެކަމާނާ ހެޔޮފުޅުކަން މަތިން ރަސޫލާ ހަނދާންފުޅު ނެތި ނުކުރައްވައެވެ. އަބަދުވެސް އެކަމަނާގެ މާތްކަމާއި ހެޔޮފުޅުކަމުގެ ވާހަކަ ދައްކަވައި ތަޢްރީފު ކުރައްވައެވެ. އެހެންވެ ބައެއްފަހަރު ޢާއިޝަތުގެފާނު ޚަދީޖަތުގެފާނުގެ މައްޗަށް ޣީރަތްތެރިވެސް ވެވަޑައިގަންނަވައެވެ. އެގޮތުން އެކަމަނާ ވިދާޅުވެފައިވެއެވެ. عَائِشَةَ ‏ ‏رَضِيَ اللَّهُ عَنْهَا ‏ ‏قَالَتْ ‏ مَا غِرْتُ عَلَى امْرَأَةٍ لِلنَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مَا غِرْتُ عَلَى ‏ ‏خَدِيجَةَ ‏ ‏هَلَكَتْ قَبْلَ أَنْ يَتَزَوَّجَنِي لِمَا كُنْتُ أَسْمَعُهُ يَذْكُرُهَا وَأَمَرَهُ اللَّهُ ‏ ‏أَنْ يُبَشِّرَهَا بِبَيْتٍ مِنْ قَصَبٍ وَإِنْ كَانَ لَيَذْبَحُ الشَّاةَ فَيُهْدِي فِي خَلَائِلِهَا مِنْهَا مَا يَسَعُهُنَّ

> މާނައަކީ: ”ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ”ރަސޫލުއްﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލުންގެ ތެރެއިން ޚަދީޖަތުގެފާނުގެ މައްޗަށް އަހަރެން ޣީރަތްވި ވަރަކަށް އެހެން އެއްވެސް އަނބިކަނބަލެއްގެ މައްޗަށް ޣީރަތް ނުވަމެވެ. އަހަރެންނާއި ރަސޫލާ ކައިވެނި ބައްލަވައިގަތުމުގެ ކުރިން އެކަމަނާ އަވަހާރަވިއެއް ކަމަކުވެސްމެއެވެ. އެއީ އެކަމަނާގެ ވާހަކަ ރަސޫލާ ވިދާޅުވާ އަޑު އިވޭލެއް ގިނަ ކަމުންނެވެ. ﷲ ވަނީ އެކަމަނާއަށް ސުވަރުގޭގައި ޤަޞަބުން ހެދިފައިވާ ގަނޑުވަރެއްގެ އުފާވެރި ޚަބަރު ދެއްވާފައެވެ. އަދި ކީރިތި ރަސޫލާ ކަންބަޅިއެއް ކަތިލެއްވިއަސް، ޚަދީޖަތުގެފާނުގެ އަންހެން ރަހުމަތްތެރިންނަށް ފުދޭވަރަށް، އެއިން މަސް ދެއްވައެވެ.” (ޞަޙީޙް ބުޚާރީ، ބާބުލް މަނާޤިބް)

> މި ޙަދީޘުން އަހަރެމެންނަށް އެނގޭ ކަމަކީ އަނބިމީހާ މަރުވިއަސް އޭނާގެ ހެޔޮކަން ހިތުން ފޮހެލައިގެން

ޚިޔާލު ފާޅުކުރައްވާ