Follow us on
“ސުނާމީ ވާހަކަ” އިން ރޮއްވާލައިފި
| އަޙުމަދު އަނަސް

ހަމަހިމޭން ދިވެހިރާއްޖެ ސިއްސުވާލި އިންޑިއާ ކަނޑުގެ ބިޔަ ސުނާމީއަށް މިވަނީ 13 އަހަރުވެފައެވެ. މާޒީގެ ތެރެެއަށް ދުވަސް ވަދެ، ދުވަހުގެ ހަނދާންތައް ދަނީ ފަނޑުވަމުންނެވެ. އެ ދުވަހުގެ ހިތްދަތި ހަނދާންތައް އަލުން އާކޮށް، ދުވަހުގެ ބިރުވެރިކަން މިއަދު އަނެއްކާވެސް މިވަނީ އާވެފައެވެ. އެ ދުވަހުގެ ވާހަކަތަކުންނެވެ. ސުނާމީގެ ވާހަކަތަކުންނެވެ.

ވާހަކަ.ކޮމްއިން ހުޅުވާލި “ސުނާމީ ވާހަކަ” ފުރުސަތުގައި އަސަރުގަދަ، އެތައް އިހްސާސްތަކެއް ކުރުވި ވާހަކަތަކެއް މިވަނީ ކިޔާލަން ލިބިފަ އެވެ. އެ ވާހަކަތައް ފޭސްބުކްގައި އެންމެ “ޓްރެންޑިން” އެއްޗަކަށް ވަނީވެފަ އެވެ. ވާހަކަ ކިޔުމަށް ލޯބިކުރާ އެތައް ބަޔެއްގެ ލޮލުން ވަނީ ކަރުނަ ހިލުވާލާފަ އެވެ.

އަސަރުގަދަ، ރީތި 14 ވާހަކައެއް ސުނާމީއާ ގުޅޭ ގޮތުން ވާހަކަ.ކޮމްއަށް ފޮނުވާފައިވެއެވެ. އެ 14 ވާހަކަ ވެސް މިހާރު ކިޔާލަން ލިބޭނެއިރު އެ ވާހަކަތަކުގެ ތެރެއިން އެންމެ ގަދަ ވާހަކަތައް ހޮވުމަށް މިއޮތީ ފުރުސަތު ހުޅުވިފަ އެވެ. ގަދަ ފަސް ވާހަކައެވެ.

ގަދަ ފަސް ވާހަކައަށް ހޮވިގެން ދާނީ، 14 ވާހަކައިގެ ތެރެއިން އެންމެ ގިނަ “ލައިކްސް” އަދި އެންމެ ގިނަ “ލަވް” ރިއެކްޓް ލިބޭ ފަސް ވާހަކައެވެ. މި ފަސް ވާހަކަ ލިޔުނު ފަރާތަށް މިހާރު ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު، ސޭންޑްވިޗްބާއިން ވޮއުޗާއެއް ލިބޭނެ އެވެ. އެންމެ މަގުބޫލު ވާހަކައަށް “ބާ ވޮއުޗާ” ހޯދައިދިނުމަށް އަވަހަށް އެންމެ ގިނަ ލައިކްސް ނޫނީ “ލަވް” ރިއުކެޓް މަގުބޫލް ވާހަކައަށް ކުރަމުންދާށެވެ. ޑިސެމްބަރު 28ވަނަ ދުވަހުގެރޭގެ 12:00 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވިފަ އެވެ.

“ސުނާމީ ބުންޏޭ ވާހަކައެއް”ގެ ވާހަކަތަކަށް އެތައް ގިނަ ކޮމެންޓްސްތަކެއް ލިބެމުންދާއިރު، އެ ވާހަކަތަކުގެ ސަބަބުން ސުނާމީގެ ހަނދާންތައް އަލުން އާވެއްޖެ ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އެ ދުވަހުގެ ބިރުވެރި ހަނދާންތައް ސިފަވި ވާހަކަތަކެއްގެ ގޮތުގައި އެ ވާހަކަތައް ސިފަކުރެ އެވެ. އެ ދުވަހަށްފަހު ނަމާދުކުރަން ފެށި މީހުން، އެކަމަށް އަނެއްކާވެސް ފަރުވާ ކުޑަވުމަށްފަހު ވާހަކަތައް ކިޔައި ނަމާދަށް އިސްކަންދޭން ފެށިފައިވާ ކަމަށް ކޮމެންޓްތަކުގައި މީހުން ވަނީ ބުނެފަ އެވެ. ހަގީގަތުގައި ވެސް މިއީ ސުނާމީގެ ވާހަކަ އަލުން ހަނދާނަށް ގެނެސް، އޭގެން އިބްރަތްތައް ހޯދުމަށް ލިބުނު އިތުރު ފުރުސަތެކެވެ.

ސުނާމީ ވާހަކަ ކިޔަން

ޚިޔާލު ފާޅުކުރައްވާ