Follow us on
ނަމަނަމަ މިކަހަލަ ލިންކަކަށް ނުފިއްތާތި
| އަޙުމަދު އަނަސް

ޤައުމަށް އަންނަ ތަރައްގީއާއެކު އިންސާނުންގެ ވިސްނުމާއި، ދިރިއުޅުންވެސް މިދަނީ ތަރައްގީވެ ތަހުޒީބުވަމުންނެވެ. ކޮންމެ ދުވަހަކީވެސް އާކަމެއް ދަސްވާ ދުވަހަކަށް މިވަނީ ވެފައެވެ. އެހެންނަމަވެސް ހިތާމައަކީ ދަސްވާ އެއްޗެހި ބޭނުންކުރަނީ އެދެވޭގޮތުގައި ކަމަށް ނުވާތީއެވެ. ކޮންމެވެސް އޮފީހެއްގެ ފަރާތުން ގުޅައި ރީޗާޖަށް އެދުމަށްފަހު އަނެއްކާވެސް މިއޮތީ ތަފާތުކަމެކެވެ.

މީހަކަށް ފޮނުވާފައިވާ ހެކް ކުރާ ލިންކްގެ ސްކްރީން ޝޮޓް. ފޮޓޯ:- ކިޔުންތެރިއެއް

މަތީގައި އެވާ ފޮޓޯއިން އެފެންނަނީ މި ބުނާކަހަލަ ލިންކްއެކެވެ. އެ ލިންކަށް ފިއްތާލާ ކޮންމެ ފަހަރަކު އެމީހެއްގެ ފޭސްބުކު އެކައުންޓް “ހެކް” ވެއެވެ. އަދި ހަމަ އެ މެސެޖު ހުރިހާ ފުރެންޑުންނަށް ފޮނުވެއެވެ.

މިގޮތުން އެންމެ ފުރަތަމަ ފޮނުވެނީ “މިވެބްސައިޓުގައި މިއީ ކަލޭގެ ފޮޓޯތަކެއްތަ؟” މިފަދަ މެސެޖެކެވެ. އަދި އެ މެސެޖަށް ރިޕްލައިކުރުމުން ހެކް ކުރަން ބޭނުންކުރާ ލިންކު ފޮނުވައެވެ. ގިނަ މީހުންނަށް މިކަމުގެ ހަގީގަތް ނޭނގޭތީ އަދި ހާސްކަމެއްގެ ތެރޭގައި މި ލިންކަށް ފިއްތާލައެވެ. ނަތީޖާގެ ގޮތުން އެމީހެއްގެ ފުރެންޑު ލިސްޓުގައި ހުންނަ ހުރިހާ ފުރެންޑުންނަށް މި ލިންކު ފޮނުވިގެން ދެއެވެ. އަދި މީގެއިތުރުން އެ ލިންކަށް ފިއްތާލާ މީހާގެ ފޭސްބުކު އެކައުންޓް ހެކްވެއެވެ.

ކަންކަން މިހެން ހުރުމާއެކު މީސް މީޑިއާ ބޭނުންކުރުމުގައި މިފަދަ ކަންކަމަށް ސަމާލުވާން ޖެހެއެވެ. އެގޮތުން ކޮންމެ މަހަކު އެއްފަހަރު މީސް މީޑިއާ އެކައުންޓް ތަކުގެ ޕާސްވޯޑު ބަދަލުކުރުން މުހިންމެވެ. އަދި ހަމަ އެހެންމެ ޕާސްވޯޑު ޖަހާއިރު ދިމާކުރަން ފަސޭހަ ނުވާފަދަ ހިސާބު އަދަދާއި އިނގެރޭސި އަކުރު ހިމެނޭ ޕާސްވޯޑު ޖެހުން މުހިންމެވެ.

ޚިޔާލު ފާޅުކުރައްވާ