Follow us on
ފޮޑި ޖެހުމަކީ ޞިއްހަތައް ފައިދާވާ ކަމެއް – ދިރާސާ
| އަޙުމަދު އަނަސް

ފޮޑި ޖެހުމަކީ މީހުން އެހާ ކުރާހިތްވާ ކަމެއް ނޫނެވެ. މުޖުތަމައުގެ ތެރޭގައި މީހުންގެ މަލާމާތްވެސް ރައްދުވާ ކަމެކެވެ. އެހެނަސް ތިމާ ކިތަންމެ ވަރަކަށް ހިފަހައްޓަން އުޅުނަސް ފޮޑި ނުޖަހާ ކެތެއް ނުވާނެއެވެ. ފޮޑި ޖެހުމުން މީހުން މަލާމާތްކުރަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެއީ ފޮޑި ޖެހުމަކީ ކިހާ ފައިދާހުރި ކަމެއްކަން ނޭނގޭތީއެވެ. މިއޮތީ ފޮޑި ޖެހުމުން ލިބޭ 3 ފައިދާއެވެ.

ގޮހޮރު ތެރެއިން ޖަރާސީމު ބޭރުވުން.
ފޮޑި ޖަހާ ކޮންމެ ފަހަރަކު އިންސާނާގެ ހަށިގަނޑުގެ ތެރެއިން ވައި ނިކުމެގެން ދެއެވެ. މިހެން ނިކުންނަ ވައިގެ ތެރޭގައި އެތައް ބައިވަރު ޖަރާސީމެއް ހުރެއެވެ. އެއީ ގޮހޮރުގެ ތެރޭގައި ހުންނަ ޖަރާސީމެވެ. ފޮޑި ޖަހާއިރު ނުބައިވަސް ދުވަނީ އެހެންވެއެވެ.

ކެއުމުގެ ވައްޓަފާޅި ދެނެގަންނަން ފަސޭހަވުންކޮންމެ އިންސާނެއްވެސް ޞިއްހަތު ސަލާމަތުން ބެހެއްޓުމަށް ރަނގަޅު ކެއިން ބުއިމުގެ ވައްޓަފާޅިއެއް ގެންގުޅެން ޖެހެއެވެ. ފޮޑި ޖެހުމުގެ ސަބަބުން މި ވައްޓަފާޅި ބަހައްޓަންވީގޮތް ރަނގަޅައް އެނގެއެވެ. މިސާލަކަށް މާމަދުން ތޫލިކޮށް ފޮޑި ޖެހޭނަމަ ގިނައިން “ފައިބަރ” ހިމެނޭ ކެއުން ކާންޖެހެއެވެ.

ބަނޑުނުލުން
ދިރާސާތަކުން ދައްކާގޮތުގައި ފޮޑި ޖަހާމީހުންނަށްވުރެ ފޮޑި ނުޖަހާމީހުންގެ ބަނޑު ބޮޑެވެ. މިވާގޮތަކީ، ގިނައިން ފޮޑި ޖަހާނަމަ މީހާގެ ބަނޑުގެ ތެރޭގައި ހުންނަ ވައި ބޭރުވަނީއެވެ. އެހެންވެ ބަނޑު ބޮޑު ނުވަނީއެވެ. އެހެނަސް ފޮޑި ނުޖަހާނަމަ ބަނޑުގައި ވައިހެދި ބަނޑު ބޮޑުވެއެވެ.

ޚިޔާލު ފާޅުކުރައްވާ