Follow us on
ކައިވެންޏަށްފަހު ފިރިހެނުންގެ ސިފަ ބަދަލުވާގޮތަކީ މިއީ!
| އަޙުމަދު އަނަސް

ކައިވެންޏަކަށްފަހު ފިރިހެންމީހާގެ ސިފަ ބަދަލުވާ ވާހަކައަކީ ޤަބޫލުކުރަން ދަތި ވާހަކައެކެވެ. އެހެނަސް ދިރިއުޅުމަށް އެކަމުން ބަދަލު އައިސް މީހާގެ ސިފައަށްވެސް ބަދަލު އަންނަކަމީ ހަޤީޤަތެވެ.

ދިރާސާތަކުން ދައްކާގޮތުގައި ކައިވެނިކޮށް ދިރިއުޅުމަށް އަންނަ ބަދަލުގެ ސަބަބުން، ފިރިހެނުން ފަލަވެ ބަރުދަން 1-2 ކިލޯ އިތުރުވެއެވެ. ނަމަވެސް މިއީ އަނބިމީހާގެ ހަށިގަނޑަށް އަންނަ ބަދަލާއި ގުޅިފައިވާކަމެއް ކަން އެނގޭކަށް ނެތެވެ.

ތަޖުރިބާކާރުން ދެކޭގޮތުގައި މިގޮތަށް ދިމާވަނީ، ކައިވެނި ނުކޮށް އުޅޭ ފިރިހެނުން، ބައެއް އަންހެނުންނެކޭ އެއްފަދައިން އެމީހުންގެ ހަށިގަނޑަށް ބަލައިގެން އުޅޭތީއެވެ. އަދި ކައިވެންޏަކާ ހިސާބަށް ދިއުމުގެ ކުރިން ފިޓުކޮށްހުރެ އަންހެނުންގެ ސަމާލުކަން ލިބޭފަދަ ގޮތަކަށް ހުރުމަށް އެބައިމީހުން އިސްކަން ދޭތީއެވެ.

މީގެ އިތުރުން ކައިވެނި ކުރުމަށްފަހު ޤަވާއިދުން ކެއުމަށް ފިރިހެނުންނަށް އަނބިން ބާރުއެޅުންވެސް، ފިރިހެނުންގެ ބަރުދަން ކައިވެންޏަށްފަހު އިތުރުވުމާއި ގުޅިފައިވާކަމަށް ދިރާސާވެރިން ބުނެއެވެ.

ސައިންސުވެރިން ބުނާގޮތުގައި ފިރިހެނުންގެ ހަށިގަނޑަށް ބަދަލުއައިސް ފަލަވުމަށް ދިމާވަނީ ކައިވެންޏަށްފަހު ދިރިއުޅުމުގެ އާދަތަކަށް މާބޮޑަށް ބަދަލު ގެނައުމުން ކަމުގައިވާއިރު، ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުންފަދަ ކަންކަމާއި ދުރުނުވެ އުޅޭކަމުގައިވާނަމަ، މިމައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.

ފިރިހެނުންގެ އިތުރުން އަންހެނުންވެސް ކައިވެންޏަށްފަހު ދިރިއުޅުމުގެ ކަންތަކަށް މިގޮތަށް ބަދަލު ގެނެސްފިނަމަ ފަލަވެ ބަރުދަން އިތުރުވުމުގެ ފުރުސަތު އޮންނާނެއެވެ.

ޚިޔާލު ފާޅުކުރައްވާ