Follow us on
މާގިނައިން ކޮފީބުއިމަކީ ޞިއްޙަތަށް ގެއްލުންވާ ކަމެއް: ދިރާސާ
| އަޙުމަދު އަނަސް

ކޮފީއަކީ ކޯއްޗެއް؟ މީސުވާލެއްތަ؟ މިއީ ސުވާލެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. ކޮފީ ނުދަންނަ މީހެއް ނުހުންނާނެއެވެ. އެހެނަސް ކޮފީއިން ލިބޭ ގެއްލުން…… މިއީ ސުވާލެކެވެ. މިއޮތީ މާގިނައިން ކޮފީބުއިމުގެ ސަބަބުން ލިބޭ 3 ގެއްލުމެވެ.

ސްޓްރެސްވުންމާގިނައިން ކޮފީބުއިމަކީ އިންސާނާގެ ހަށިގަނޑުގައި ހުންނަ “ސްޓްރެސް ހޯމޯނު” ބޭނުންވާވަރަށްވުރެ އިތުރަށް އުފައްދާކަމެކެވެ. ނަތީޖާއެއްގެ ގޮތުން ހިތުގެ ވިންދު އަވަސްވެ، ލޭގެ ވިންދު އަވަސްވެ، މީހާ ބޯހާސްވެއެވެ.

ހަޖަމުކުރުމުގެ ނިޒާމުގައި މައްސަލަޖެހުންމީގެއިތުރުން ކޮފީއަކީ ހަޖަމުވުމުގެ ބައިގެ މައްސަލަތަކެއް ފެންމަތިކުރުވާ އެއްޗެސްވެސްމެއެވެ. އެއީ ކިހެތްކަން އެނގޭހެއްޔެވެ؟ މާގިނައިން ކޮފީބުއިމުން ހަށިގަނޑުގައި އުފެދޭ އެސިޑުތައް އިތުރަށް އުފެދެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައި “ބެކްޓީރިއާ” ގިނަވެއެވެ. އަދި ހަޖަމުކުރުމަށް އުނދަގޫވެއެވެ.

ހިތް އެންދުންކޮފީއަކީ ހިތް އެންދުމަށްވެސް މަގުފަހިކުރުވާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، ކޮފީގެ ސަބަބުން “އޭސޮފަގައެލް ސްފިންކްޓަރ” ކިޔާ މަސްގަނޑަކަށް ދޫވެގެން ދެއެވެ. މިމަސްގަނޑަކީ ފިތިފައި ހުންނަންޖެހޭ މަސްގަނޑެކެވެ. އެހެންކަމުން މިމަސްގަނޑަށް ދޫވުމާއެކު ހިތް އެނދުމަށް މަދުފަހިވެއެވެ.


ކޮފީއިން ލިބޭ ގެއްލުންތަށް މީހާގިނައިރު އަހަރެންގެ ހިތަށް އަރައެވެ. ޒުވާނުން ކޮފީ މޭޒުތަކުގައި ތިބެ އަބަދު ކޮފީ ބޯއިރު ހަމަ އެއްޗެކޭ ހިތަށް ނާތަނީހެއްޔެވެ؟ ނުވިސްނެނީހެއްޔެވެ؟ ނުވަތަ ވިސްނަން ބޭނުންނުވަނީ ހެއްޔެވެ؟

ޚިޔާލު ފާޅުކުރައްވާ