Follow us on
މާގިނައިން ފޭސްބުކްގައި “ޕޯސްޓް” ކުރާނަމަ އަންހެނުންގެ ސަމާލުކަން ލިބޭ!
| ޒިދާން މުޙައްމަދު

“ފޭސްބުކް” ފަދަ ސޯޝަލް މީޑިއާރ ޕްލެޓް ފޯރމްތަކުގައި އަންހެނުންގެ ސަމާލުކަން ހޯދުމަށް، ފިރިހެނުން ވަރަށް ގިނަ އުކުޅުތަށް ބޭނުން ކުރެއެވެ. ފޭސްބުކްގައި މާގިނައިން ޕޯސްޓް ކުރާނަމަ އަންހެނުންގެ ސަމާލުކަން އެމީހަކަށް އަމާޒުވާ ކަމަށް، ދިރާސާއަކުން ދައްކައިފިއެވެ.

އެގޮތަށް މާގިނައިން ޕޯސްޓް ކުރާނަމަ އެޕޯސްޓްތަކަށް “ރިއެކްޓް” ކުރުމާއި “ކޮމެންޓް” ކުރުމަކީ އަންހެނުން ވަރަށް ގަޔާވާ ކަމެކެވެ. ޚާއްސަކޮށް މަޖާ އެއްޗެތި ލިޔެފައި މާގިނައިން ޕޯސްޓް ކުރާނަމަ، އެމީހަކަށް އަންހެނުންގެ ޝައުގުވެރިކަން އުފެދޭނެއެވެ.

އަދި ދެރަވެފައި ހުންނަ ވާހަކަތަށް ގިނަ، ގިނައިން ޕޯސްޓް ކުރާށެވެ. އެގޮތުން ލޯބީގެ، ހިތާމަވެރި ލަވަތަށް ފާހަގަ ކޮއްލަމެވެ. ނުވަތަ ” ފީލިން ސޭޑް/ފީލިންގް ބުރޯކެން” ފަދަ އެއްޗެތި ގިނައިން ޕޯސްޓު ކުރާށެވެ. އޭރުން ” އާރ ޔޫ އޯކޭ؟/ވަޓް ހެޕަންޑް” މިފަދަ ގޮތަކަށް އަންހެނުން ތިބާއަށް މެސެޖް ކުރާނެއެވެ. އެއީ ވެގެން އުޅޭގޮތެއް ހޯދުމަށް ނުވަތަ ތިބާއާއި ބެހޭގޮތުން އެއްޗެތި އެނގެން ބޭނުންވެގެނެވެ.

އަދި ފާހަގަ ކޮއްލަންޖެހޭ ގޮތުގައި މާގިނައިން ޕޯސްޓް ކުރާނަމަ، ފިރިހެނުން އެމީހަކު “އަންފޮލޯ” ކުރެއެވެ. ނުވަތަ ބައެއް ފަހަރު “ބުލޮކް” ވެސް ކުރެއެވެ. ނަމަވެސް މިއާއި ހިލާފަށް މަގިނައިން ޕޯސްޓު ކުރުމަކީ ގިނަ އަންހެނުން ވަރަށް ގަޔާވާ ކަމެކެވެ.

އެހެން ކަމުން އަންހެނެއްގެ ސަމާލުކަން ހޯދަން މިގޮތްވެސް ރަނގަޅެއްނޫން ހެއްޔެވެ؟ ގޯހެއް ނޫން ދޯއެވެ؟

ޚިޔާލު ފާޅުކުރައްވާ

  1. molhey dhw zidhaan😂

  2. Aharenge firimyha ves hedhy thiya hen. hiley anheneh gengulheythi e myhaage saamalukamah kan hoadhan