Follow us on
ޒައިނަބުގެ ޤާތިލް އިމްރާން: މިވަރުގެ ނުބައި އިންސާނަކު ދުށިންތަ؟
| ޒިދާން މުޙައްމަދު

ޕާކިސްތާނުގައި ރަހުމުކުޑަ ގޮތަކަށް މަރާލެވި ގޮނޑަށް އެއްލާލައިފައި އޮއްވާ މީގެ ދުވަސްކޮޅެއް ކުރިން ފެނުން އުމުރުން 7 އަހަރުގެ ޒައިނަބު އަންސާރީގެ ޤާތިލަކީ ކާކުކަން އިނގޭހެއްޔެވެ؟ އެއީ ޕާކިސްތާނަށް އުފަން އުމުރުން 25 އަހަރުގެ އިމްރާންއެވެ. މީއީ އާދަޔާ ޚިލާފަށް ނުބައި އިންސާނެކެވެ. މީނަގެ ނުބައި ނުލަފާކަން މި ލިޔުމުންވެސް އިނގިގެން ދާނެކަން ކަށަވަރެވެ. އިމްރާނު ވަނީ ތަހުޤީގުގައި މިކަމަށް އިއުތިރާފުވެފައެވެ.

ޒައިނަބުގެ ޤާތިލް އިމްރާން

ޕާކިސްތާން ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ އުމުރުން ފަންސަވީސް އަހަރުގެ އިމްރާން ކިޔައިދިން ގޮތުގައި އޭނާއަކީ ވަރަށްގިނައިން ޒައިނަބު ދިރިއުޅޭ ގެޔަށް ގޮސް އުޅޭ މީހެކެވެ. ޒައިނަބު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރި ރެޔަކީ ޒައިނަބު ބޮޑުދައިތަ ގެޔަށް ޤުރުއާން ކިޔަވަންދިޔަ ރެޔެކެވެ. އިމްރާނަށް ޒައިނަބު ފެނުނީ އެރޭ ގާތްގަނޑަކަށް ހަތްގަޑި ފަނަރަހާއިރު އެކަނިމާއެކަނި މަގުމަތިން ހިނގާފައި ދަނިކޮށް ކަމަށް އިމްރާން ބުނެފައިވެއެވެ.

ޒައިނަބު އެންމެ ފަހުން ނަގާފައިވާ ފޮޓޯ

ޒައިނަބު ފެނުމާއެކު އެކިކަހަލަ ވާހަކަ ދައްކައިގެން ޒައިނަބު ހައްލާލައިގެން މީހުން ނޫޅޭ ހިސާބަކަށް މިސްރާބު ޖެހި ކަމަށް އިމްރާން ކިޔައިދިނެވެ.  އޭނާ ޒައިނަބު ގޮވައިގެން މިސްރާބުޖެހީ އެހިސާބު ގަނޑުގައި އޮންނަ ކުނިގޮނޑާ ދިމާއަށެވެ. މިއަމަލު ހިންގާ އެތުއްތު ކުއްޖާ މިދުނިޔެއާއި ވަކިކޮއްލީ މިބުނާ ކުނިގޮނޑު ކައިރީގއެވެ. އޭނާ ބުނިގޮތުގައި ރޭޕްކޮށްލުމަށް ފަހު ޒައިނަބު މަރާލީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެންނެވެ. އަދި މަރާލުމަށް ފަހު ތުއްތު ޒައިނަބުގެ ފުރާނަނެތްެ ހަށިގަނޑު އެކުނިގޮނޑަށް އެއްލާލުމަށްފަހު އޭނާ ދިޔައީ އޭނާގެ ގެއަށް ކަމަށް އިމްރާނު ބުނެފައިވެއެވެ. ޒައިނަބު ގެއްލިގެން އާއިލާއިން ހޯދަން ފެށުމުން އެކަމުގައި އޭނަވެސް ބައިވެރިވިއެވެ. އެއީ އެކަމަކީ އޭނަ ކުރިކަމެއް ކަމަށް ޝައްކު އުފެދިދާނޭތީ އެކަމާ ބިރުންނެވެ.

މިއީ ހަމައެކަނި ޒައިނަބުގެ ޤާތިލެއް ނޫނެވެ. މީގެ ކުރިންވެސް އެކި ފަހަރުމަތިން 10 ކުދިން ރޭޕްކުރުމަށްފަހު މީނާ މަރާލިކަމަށް ތަހުޤީޤީ ޓީމަށް ވަނީ ކިޔައިދީފައެވެ. އޭނާ ބުނެފައި ވަނީ އެ 10 ކުދިންގެ ތެރެއިން ބަޔެއް ކުދިން ރޭޕްކޮށްލާފައިވާނީ ޒައިނަބުވެސް ގެންދިޔަ ކުނިގޮނޑާ ކައިރި ސަރަހައްދުގައި ކަމަށާއި އަނެއްބައި ކުދިން ގޮވައިގެން ގޮސް އެ އަމަލު ހިންގީ އަލަށް އާބާދުވާ ހިސާބުގައި ހުންނަ ފަޅު ސަރަހައްދުގައި ކަމަށެވެ. އަދި ގިނަކުދިން ރޭޕްކޮށް އެކަން ފަޅާއަރާފާނެތީ މަރާލުމަށް ފަހު އެތަނުގައި ވަޅުގަނޑެއް ކޮނެ ވަޅުލީ ކަމަށްވެސް އޭނާ ކިޔައިދިނެވެ.

މިފަދަދަ އިންސާނިއްޔަތު ކަމެއްނެތް ރަހުމު ކުޑަ އިންސާނަކު ދުށީމުުހެއްޔެވެ؟ އޭނަގެ ސަބަބުން ކަރުނަ އަޅާ ރޯންޖެހިފައި އެވަނީ ކިތަށް އާއިލާއަށް ހެއްޔެވެ؟ އަޅުގަނޑުގެ ދުއާއަކީ މަރުހޫމާއިންނަށް ސުވަރުގެ މިންވަރު ކުރައްވާ، ޤާތިލަށް ހައްޤު އަދަބު ދެނިޔެއާއި އާހިރަތުގައިވެސް  މިންވަރު ކުރެއްވުމެވެ.

ރިޕޯޓް: ޒިދާން މުޙައްމަދު – ފާނޫޒް

ޚިޔާލު ފާޅުކުރައްވާ

  1. Mihaar mi emoji thakuge thafseel liyefa bahattan vejje..

  2. Konkahala janavaareh eyna emme rangalhu vaany dhany jassaa maraalun eves emmen kurimatheega