Follow us on
ކެމެރާ ފުރަގަހުން ގޮށްރާޅުގެ ފޮޓޯތައް ބަލާލަން ބޭނުންތަ؟
| އަޙުމަދު އަނަސް

ޑާކް ރެއިން އެންޓަޓައިންމަންޓުން މިއަހަރު ގެނެސް ދޭނެ އެންމެ ތަފާތު އެއް ފިލްމަކަށް ވާނީ އަހުމަދު ޝިނާން ޑައިރެކްޓް ކުރާ “ގޮށްރާޅު” އެވެ. މިއީ މި ފަހުން ތަންކޮޅެއް ލައިޓްހާޓެޑް ފިލްމްތައް ގެނެސްދޭ ސްޓޫޑިއޯ އިން ސީރިއަސްކަން ބޮޑު ފިލްމެއް އަހަރުތަކަކަށް ފަހު، ގެނެސްދޭ ފުރަތަމަ ފަހަރު ވެސް މެއެވެ. އެހެންވެ “ގޮށްރާޅު” ގެ ވާހަކަ ދެކެވެން ފެށީއްސުރެ، މި ފިލްމަށް ވަނީ އިންތިޒާރު ކުރެވެން ފަށައިފަ އެވެ.

Posted by GohRaalhu on Thursday, 1 February 2018

ގޮށްރާޅު ޓީމް


މިމަހުގެ 1 ވަނަ ދުވަހު ގޮށްރާޅުގެ ފުރަތަމަ ޕޯސްޓަރ މިވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ. އަދި ހަމައެހެންމެ މިފިލްމުގެ “މޯޝަން ޕޯސްޓަރެއްވެސް” ވަނީ ބެލުންތެރިންނާއި ހަމައަށޤ ނެރެފައެވެ. މިފިލްމުގެ ބަތަލު، ޖުމައްޔިލް ޓައީއެއް އަޅައިގެން ހާސްކަމެއްގެ ތެރޭގައި ވާތަން ދައްކުވައިދޭ މިޕޯސްޓަރު “ގޮށްރާޅު” މިބަހާވެސް ގުޅެއެވެ. ދިވެހިބަހުގެ ރަދީފުގައި ވާގޮތުން ގޮށްރާޅަކީ އޮޔާ ވަޔާ އިދިކޮޅުވުމުގެ ސަބަބުން، އެގޮތް މިގޮތަށް އުފެދިފައި ހުންނަ ރާޅެވެ. ނުވަތަ ގޮށްގޮށަށް ހުންނަރާޅެވެ. (މަޖާޒު: މަސައްކަތެއްގެ ތެރޭގައި މީހަކު އުފައްދާ ހަމަނުޖެހުން.)

Gohraalhu Motion Teaser

Here’s teasing you all with the motion poster of #GohRaalhu. Hit like if it gave you the chills!

Posted by GohRaalhu on Thursday, 1 February 2018

Let this teaser poster speak for itself.#GohRaalhu

Posted by GohRaalhu on Thursday, 1 February 2018

ގޮށްރާޅުގެ ފުރަތަމަ ޕޯސްޓަރ


މޫމިން ފުއާދުގެ ވާހަކައަކަށް ޢަހުމަދު ޝިނާން ޑައިރެކްޓް ކުރާ “ގޮށްރާޅު” ގެ 75 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ މުޙައްމަދު އަލީ (މޮގަރ) އާއި އާއިޝަތު ފުވާދު ތައުފީޤެވެ. މިފިލްމަކީ އަޙުމަދު ޝިނާން ދެވަނައަށް ޑައިރެކްޓް ކުރާ ފިލްމްކަން ފާހަގަކޮށްލެވެއެވެ.

Check out this Behind the scene shots of #GohRaalhu.

Posted by GohRaalhu on Thursday, 1 February 2018

ގޮށްރާޅު ފިލްމުގެ ޝޫޓީންގގެ ތެރެއިން


ޖުމައްޔިލް ނިމާލް، ހަސަން އިރުފާނު (ޒަކިއްޓެ) އަދި މުޅިން އަލަށް މިދާއިރާއަށް ތައާރަފުވާ ދެ ބަތަލުންކަމަށްވާ ތަސްނީމާ، ޔަޝްފާ އަދި އަޒާން މިފިލްމުން ފެނިގެންދާނެއެވެ. މޫމިން ފުއާދުގެ ވާހަކައަކަށް ތައްޔާރުކުރާ މިފިލްމަކީ އެޓީމުން ތައްޔާރުކުރާ އެންމެ ތަފާތު ފިލްމު ކަމަށް އެޓީމުން ބުނެއެވެ. މާޝަލް އާރޓްސްވެސް ފެނިގެންދާ މިފިލްމަކީ ތަފާތު ފިލްމަކަށް ވަނެކަން ޔަގީނެވެ.

https://www.facebook.com/GohRaalhuTheMovie/posts/215932868981261

ގޮށްރާޅު ފިލްމުގެ ޝޫޓީންގގެ ތެރެއިން 


ފިލްމުގެ ފުރަތަމަ ޕޯސްޓަރާއިއެކު ފިލްމުގެ “ކެމެރާގެ ފުރަގަހުން” ނަގާފައިވާ ބައެއް ފޮޓޯތައްވެސް ވަނީ މީސްމީޑިޔާގައި އާންމުވެގެން ގޮސްފައެވެ. މިފޮޓޯތަކަށް ލިބުނު ތަރުހީބުން މިފިލްމު “ހިޓް” އަކަށް ވާނެކަން ޔަގީނެވެ.

މީސް މީޑިޔާގައި ފިލްމުގެ ވާހަކަތައް ދެކެވެންފެށުމާއެކު މިހާރު އެންމެވެސް އިންތިޒާރުކުރަމުން މިދަނީ މިފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނެ ދުވަހަކަށެވެ. އަންނަ އޭޕްރީލް މަހުގެ 5 ވަނަދުވަހު މިއިންތިޒާރު ނިމުމަކަށް އަންނާނެކަމަށް ޑާކްރެއިން އިން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ