Follow us on
ފަސޭހަ ރީޗާޖް: ދިވެހިންގެ ބިޒީ ދިރިއުޅުމަށް ލިބުނު ލުޔެއް
| ހުސެން

ކްރެޑިޓް ހުސްވެގެން ފިހާރަތަކަށް ދުވަންޖެހުނު ޒަމާން މާޒީއާއި އެކުވެގެން ހިނގައްޖެއެވެ. ފިހާރަތައް ބަންދުކުރަން 5 މިނެޓަށް ވެފައިހުއްޓާ ފޯނަށް ކްރެޑިޓް އަޅަންގޮސް ކްރެޑިޓު ނޭޅުނު ޒަމާންވެސް ހިނގައްޖެއެވެ. މިހާރު ކޮންމެ ތާކު ހުރެގެންވެސް ކޮންމެ ގަޑިއަކުވެސް ރީލޯޑް އަދި ރާސްޓަސް ކުރެވޭނެއެވެ. ހާސްވަނީ ކޮންކަމަކާ ހެއްޔެވެ؟ ފަތިހެއް، ދަންވަރެއް ނުވަތަ މެންދުރަކަސް މައްސަލައެއް ނެތެވެ. “ފަސޭހަ ރީޗާޖު” މެދުވެރިކޮށް ފޯނަށް ބެލެންސް އެޅުމަކީ ފެންތައްޓެއް ބޯލުންހާ ފަސޭހަކަމެކެވެ. މާބޮޑުކަމަކަށް ހަދައިގެން މިވާހަކަ މިދައްކަނީ ހަމައެކަނި ރީޗާޖުކުރެވޭތީއެއް ނޫނެވެ. ފަސޭހަ ރީޗާޖު މެދުވެރިކޮށް އުރީދޫ އަދި ދިރާގު ބިލްތައްވެސް ދައްކާލެވެއެވެ.

މިދައްކަނީ އުމުރުން އެންމެ 18 އަހަރުގެ ޒުވާނެއްގެ އަގުހުރި މަސައްކަތެއްގެ ވާހަކައެވެ. ހދ.ކުރިނބީއަށް އުފަން އަލީ އުވައިޝްގެ ވާހަކައެވެ.

ކުޑައިރުން ފެށިގެން ވެސް ފޯނު ފަދަ ތަކެތި މަރާމާތު ކުރަން އޭނާ ޝައުގުވެރި ވެއެވެ. ސްކޫލް ނިންމާފައި މާލެ އައިސް އެންމެ ފުރަތަމަ ވަޒީފާ އަދާކުރަން ފެށީވެސް ފޯނު މަރާމާތު ކުރާ ފިހާރައެއްގަ އެވެ.  މާގިނަ ދުވަހެއްނުވެ ވަޒީފާއިން ވަކިވެ މާލޭގައި އުޅޭ ގެގައި އެމަސައްކަތްކުރަން ފެށިއެވެ. އެހެނަސް ފަނަރަވަރަކަށް ދުވަހަށްފަހު އޭރު ހުރި ގޭގައި އިތުރަށް ހުރެވެން ނެތުމުން އުވައިޝްއަށް ޖެހުނީ އެނބުރި އަމިއްލަ ރަށަށް ދާށެވެ.

ދެން އުވައިޝް ފެށީ މީހުނަށް ރާސްޓަސް ކޮށްދިނުމުގެ މަސައްކަތެވެ. އެންމެ ފުރަތަމަ މިޚިދުމަތް ދިނީ ވައިބާ ކޮށްލުމުން ލާރި ފޮނުވާ ގޮތަށެވެ. އެހެންނަމަވެސް ދުވަސްތަކަކަށްފަހު މިޒުވާން އޭނާގެ ވިޔަފާރި ފުޅާކުރިއެވެ. އެގޮތުން ވެބްސައިޓަކާއި އޭގެ އިތުރުން އެޕްކިކޭޝަންއެއްވެސް ތައްޔާރުކުރިއެވެ. މިގޮތުން އެންމެ ފުރަތަމަ ތައާރަފުކުރީ އެންޑްރޮއިޑް އެޕްލިކޭޝަނެކެވެ. އެހެނަސް މިހާރު މިވަނީ އައިފޯން އެޕްލިކޭޝަންވެސް ތައާރަފުކޮށްފައެވެ. ފަސޭހަ ރީޗާޖުގެ ހިދުމަތް އަދި ބޭނުން ކުރެވެނީ ބީއެމްއެލް ކަސްޓަމަރުންނަށެވެ.

ދިވެހިންގެ ބިޒީ ދިރިއުޅުމަށް މިއީ ލިބުނު ލުޔެއް ނޫންހެއްޔެވެ. ވުމާއެކު އަވަހާ ރެޖިސްޓަރ ކޮށްލައްވާށެވެ.

އެންޑްރޮއިން އެޕްލިކޭޝަން

އައިފޯނު އެޕްލިކޭޝަން

ޚިޔާލު ފާޅުކުރައްވާ