Follow us on
އަންހެނުންނަށް ދޯކާ ދިނުން – ސަޅިއެއް ނޫން!
| ޒިދާން މުޙައްމަދު

ތިމާގެ އުފަލަށްޓަކައި އަންހެނުން ބޭނުން ކޮއްލާފައި އެއްލާލުން ސަޅިއެއް ނޫނެވެ. އަންހެނުންނަކީ ތިމާ ގެންގުޅޭ “ކުޅޭ ކުޅޭ” އެއްޗެކޭ އެއްވެސް ޚާލެއްގައި ހިތަށް އަރުވައިފިނަމަ އެއީ ގޯހެކެވެ.

ވިސްނާށެވެ. އަންހެނުންނަކީ އިސްލާމް ދީނުގައި ވަރަށް ޚާއްސަ މަޤާމަަކާއި މަތީ ދަރަޖައެއް ދެއްވާފައިވާ ބަައެކެވެ. ނުވަމަސް ވަންދެން އެތަށް ވޭނެއް ތަހަައްމަލު ކުރުމަށްފަހު ތިބާ ދުނިޔެއަށް ގެންނަނީ އަންހެނެކެވެ. އެ އަންހެން މީހާ މި ދުނިޔެއަށް ނައި ނަމަ ތިބާ ދުނިޔެއަށް އަންނާނެ ހެއްޔެވެ؟

ހަމައެހެންމެ އަންހެނަކާއި މެދު އިހާނެތިކޮށް ހިތާއިރު، ނުވަތަ އެ ކަނބަލުން ބޭނުން ކޮއްލުމަށްފަހު ދޫކޮއްލާއިރު ރަނގަޅަށް އިހްސާސް ކޮއްލާށެވެ. ތިބާގެ މަންމަ، ދައްތަ ނުވަތަ ކޮއްކޮއަކަށް މީހަކު އެފަދައިން ކަންތައް ކުރުމުން ތިބާގެ ހިތަށް އަރާނީ ކީކޭހެއްޔެވެ؟ ތިބާގެ ހިތަކަށް އަސަރެއް ނުކުރާނެ ހެއްޔެވެ؟ ހަމަ އެ އިޙްސާސް އެ އަންހެން މީހާއާއި އާެއިލާއަށް ކުރެވޭނެ ނޫންހެއްޔެވެ؟

އަލަތު ކައިވެންޏެެއްކޮށް ހުރެވެސް ގަޔާވާ އެހެން މީހަކު ފެނުމުން، އެމީހަކު ފަހަތުން ދުވާ ފިރިހެނުންވެސް މަދެއްނޫނެވެ. މިކަމާ ހެދި ވަރިއާއި ހިސާބަށް ދާ ފަހަރުވެސް މަދެއްނޫނެވެ. މިހެންވެ ރޫޅިގެން އެދަނީ ކިތަށް އާއިލާ ތޯއެވެ؟ މިއީ ކުޅޭ ކުޅޭ ކުޅިވަރެއް ހެެއްޔެވެ؟

ހުއްދަވެގެންވާ އުޒުރެއްނެތި ވަރި ކުރުމަކީ ގޯހެކެވެ. އިސްލާމް ދީންވެސް މިކަން މަނާ ކުރެއެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު ރާއްޖެއަކީ ވަރީގެ ރެކޯޑް އިންތިހާއަށް ބޮޑު ޤައުމުކެވެ. މިއީ އެހާ ސަޅި ރެކޯޑެއްނޫނެވެ. މިކަމާމެދު ވިސްނަންވެއްޖެ އެވެ.

އުންމީދު ކުރަނީ މި ލިޔުމުގެ ސަބަބުން ބައެއް ފިރިހެނުން މި ވިސްނާ ވިސްނުން ބަދަލުވެގެން ދާނެކަމަށެވެ. އަދިވެސް އެއްފަހަރު ބުނަމެވެ. އަންހެނުންނަށް ދޯކާ ދިނުން އެއްވެސް ސަޅިއެއް ނޫނެވެ.

ޚިޔާލު ފާޅުކުރައްވާ

  1. އުޒީ

    އަންހެނުން ފިރިހެނުންނަށް ދޯކާދިނުން ސަޅިތަ؟

    • ލޮއްލަތު

      ނުން. ސަޅިއެއް ނޫން. ހަމަ އެގޮތަށް ތިޔަ ވިދާޅުވި އަންހެނާއާއިވެސް ދިމާވަނީ އެބުނާކަހަލަ ފިރިހެނެއް ދެއްތޯ؟

  2. ރާނީ

    ގޭގައި ގަރުދިޔަ އާއި ބަތާ ނުކާން ވެގެން ބޭރު ރެސްޓޯރެންޓު ތަކުން ޕިއްޒާ ކާން ދުވާ ފިރިހެނުން ގިނައީ.

  3. Thi liyaa iru dhefalhi ah hama hama ah liyebe dhw..anhenun firihenun ah dhw kaa dheyn kae vx okayh dhww …..

  4. firihenunnah vure anhenun pizza kaan foari hunnakah faahaga kollevey.. hama bunely

  5. މައު

    ދޯކާދިނުން ސަޅިއެއް ނޫން މިވެރިން ހެޔޮދޯ 12 ދަރިން ތިބި ބަފަޔަކާ ހިތާވެގެން މޮޔަވިޔަސް ދ.އަންހެނުން ގެ އަގެއް ނެއި މިހާރު.އަންހެނަކަށް ވެހުރެ މިހެން ބުނަން ލަދުގަނޭ

  6. އަންހެނުން، ފިރިހެނުންނަށް ދޯކާ ދިނުން ސަޅި؟

  7. މޯޑިވިއަން

    ތި ކިޔާލުމުން މަ ހިތައް އަރަނީ ފިރިހެނުން އެކަނި ބާ އޭ ދޯކާ ދެނީ. މަށައް އެނގިގެން ކިތައްމެ މީހުންގެ އަނބިންނެއް ފިރިމީހާ އާ ވަގައް ހިލޭ ފިރިހެނުން ކައިރިއަށް ވަދޭ. އެހެންވީމަ ފިރިހެނުން އަންހެނުންނަށް ދޯކާ ދެނީ އޭ ހަމަ އެކަނި ބުނެވޭނެ ޖާގަ އެއް ނެތް.

  8. ޖަޒީރާ ފާތުން

    ލިޔުމުގައި އޮއްޓަރެއްް ނެތްކަން ފާހަގަ ކުރަން.. އަންހެނުންގެ އަގަކީ ސްޕާރީ ޕެކެޓަކަށްވުރެ ދަށުގެ އެއްޗަކަށްވީމަ އޭގެ އަގު ދަންނާނެ އެއްވެސް ފިރިހެނެން ނުހުންނާނެ. އަމިއްލަ ނަފްސަން ތިމާ ދޯކާދިނީމަ އެހެން މީހުން ތިމާގެ އަގު ވަޒަން ކުރާނެ ކަމަށް ހީނުކުރާށެވެ.

  9. ފަކީރު ކޮއެ

    ދީނީ އިމުން ބޭރުން އަންހެނާ އުޅެންޏާ ޖެހޭނީ އޮންނަ އުސޫލުގެ މަތިން ފިޔަވަޅު އަޅާ އިސްލާހު ނުވެއްޖިއްޔާ ދޫ ކޮއްލަން ވީ އަދި ފިރިމީހާ ވެސް ދީނާ ޙިލާފްކަންތައް ކުރަންޏާ ނަސޭހަތްދީ ރަނގަޅު ނުވަންޏާ ދެ ފަރާތުން އާއިލާ މެދުވެރިކުރާނީ

  10. ސަމްވަން

    އަންހެނުންގެ ހައްގުތައް އެކަނިތަ މުހިންމީ؟ ހަމަ އެގޮތައް ފިރިހެނުންގެ ވެސް ހައްގުތައް އޮވޭ!!!
    ސޯ ރެސްޕެކްޓް އަޒް ދެން ވީ ވިލް ރެސްޕެކްޓް….

    ވަރަށް ވާހަކަ…👍👍✋👊😊

  11. ކުޑާާ

    ތިޔައީ ހަމަ ވ ބޮޑު ތެދެއް.މި އުޅޭ އަންހެން ކުދިން ނަށް ރަނގަޅީ މީހެއްގެ ދިރިއުޅުމުގެ ތެރެއަަށް ފޭބުނިއްޔާ އޭގެ ހެއްކެއް މިދިޔަ އަހަރު މަށަށް ފެނުނު.ބުނީމަ ވެސް މައިތިރި އެއް ނުވި ވިއްޔަ.ހަމަ ފިރިހެނަކު ނުވަނީ ބާ އޭ ހިތައް އަރާ

  12. އައްސަރިބަހާ ސާބަސް

    މަދުބަޔަކު ކުރާކަމަކުން ފިރިހެނުންގެ އަގުވައްޓާލާ ވެއްޔާމޮޑެލާފި މިދައްކާ ދުރާމާޔަކުން އަންހެނުން ފިރިހެނުންނައް ކުރާއަނިޔާ ނުފެންނަނީތޯ