Follow us on
ބަސްނާފުށީގެ “ބުކް ޓްރެއިލާ” ދުށިންތަ؟
| ހުސެން

ފޫޅުދިގު ހަންޑިއާ، ރަންނަމާރި އަކީ އަޒާން ދެކޭ ގޮތުގައި ކުޑަކުދިން ބިރުގަންނަވަން ކިޔާ ޖޯކެކެވެ. ކިޔެވުމަކީ އޭނާ ކުރާ ހިތްވާ ކަމެއް ނޫނެވެ. ބަސްނޭހުމާއި ދޮގުހެދުމާއި ޖެއްސުން ކުރުމަކީ އަޒާންގެ އާދައެވެ. ނަމަވެސް އެ ރެޔަށް ފަހު އޭނާ ގަބޫލުކުރަމުންއައި ގޮތް ބަދަލުކޮށްލުވާލިއެވެ. ބަސްނޭހުމަށްވުރެ ބޮޑު ގޯސްކަމެއް އަޒާން ކުރީ އެރެއެވެ. އެއީ އަޒާންގެ މުޅި ދިރިއުޅުމާއި ވިސްނުން ބަދަލުވުމުގެ ފެށުންވެސްމެއެވެ. އެރޭ އަޒާން އޭނާ ދެކެ ލޯބިވާ އޭނާގެ ކުށެއްނެތް ކޮއްކޮވެސް މަގު ފުރެއްދިއެވެ.

ވާހަކަ.ކޮމް އިން ވިދާލި ލިޔުންތެރިއެއްކަމަށްވާ އަހުމަދު އިޤްބާލް (އައި ކިއު) ލިޔެފައިވާ މި ވާހަކަ އަކީ ވާހަކަ.ކޮމް އިން ނެރޭ އެންމެ ފުރަތަމަ ވާހަކައެވެ. މިވާހަކައިން ކިޔާދޭނީ ބަސްނާހާ ކުޑަކުއްޖަކަށް އެނދެއްގެ ދަށުން ވަދެވޭ އާދަޔާ ޚިލާފުރަށަކުން އޭނާ ނިކުތުމަށް ކުރާ މަސައްކަތެވެ. މިޚިޔާލީ މިވާހަކައަކީ ފޫޅުދިގު ހަނޑިއާއި ރަންނަމާރި ފަދަ އެންމެ ކުރިން ފެށިގެން ހުރިހާ އެންމެންވެސް ދަންނަ ބިރުވެރި އެއްޗެހި އުޅޭ ތަފާތު ވާހަކައެކެވެ. މިއީ “ބަސްނާފުށި” ގެ ދަށުން ނެރެން ހަމަޖެހިފައިވާ ތިން ވާހަކަފޮތުގެ ފުރަތަމަ ވާހަކައެވެ.

ޖުމުލަ 10 ބާބު ހިމެނޭ މިވާހަކައަކީ ކުޑަކުދިންނަށް ޚާއްޞަ ފޮތެކެވެ. މިފޮތުގައި 8 އިލުސްޓްރޭޝަން ވެސް ހިމެނޭމެކަމަށް ވާހަކަ.ކޮމް ގެ ޓީމުން ބުނެއެވެ. މިވާހަކަ ފޮތަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލަފައެވެ. ޕްރީ އޯޑަރ ކުރައްވާ ފަރާތްތަކަށް 34% ގެ ޑިސްކައުންޓެއް ލިބޭނެކަމަށްވެސް ވާހަކަ.ކޮމް އިން ބުނެއެވެ. ފެބްރުއަރީ 21 އާ ހަމައަށް ޕްރީ އޯޑަރ ކުރުމަށް ހުޅުވާލެވިފައިވާނެކަމަށް ވާހަކަ.ކޮމްގެ ޓީމުން މަޢުލޫމާތުދެއެވެ.

ޕްރީ އޯޑަރަށް ފުރުޞަތު ހުޅުވާލުމުގެ އިތުރުން “ބަސްނާފުށި” ވާހަކައިގެ ޓްރެއިލަރވެސް މިހާރު މިވަނި ދައްކާލާފައެވެ. އެނިމޭޓް ކޮށްފައިވާ މި ޓްރެއިލާ ބަލާލުމުންވެސް “ބަސްނާފުށި” ވާހަކަ ތަފާތުވާނެކަން ރަނގަޅަށް އެނގި ތަސައްވަރު ކޮށްލެވޭނެއެވެ.
[iframely]https://youtu.be/UyyulTMvdSg[/iframely]

ވާހަކަ.ކޮމް ގެ ފުރަތަަމަ ވާހަކަ ފޮތް ކަމަށްވާ “ބަސްނާފުށި – އެނދު ދަށުން” މި ވާހަކަ މި މަހުގެ ތެރޭގައި ނެރުމަށް ވަނީ ހަމަޖެހިފައެވެ. ވުމާއެކު ހުރިހާ އެންމެންވެސް ޕްރީ އޯޑަރ ކުރައްވަމުން ގެންދަވާށެވެ.

 

ޚިޔާލު ފާޅުކުރައްވާ