Follow us on
ވިޔަފާރި މާކެޓްކުރަން ބޭނުން، އެކަމަކު ރަނގަޅު މީހަކު ނެތީތަ؟
| އަޙުމަދު އަނަސް

ޤައުމަށް އަންނަ ތަރައްގީއާއެކު ވިޔަފާރިކުރުމަށް ބޭނުންކުރާ އުކުޅުތައްވެސް މިވަނީ ބަދަލުވެފައެވެ. މިޒަމާނުގައި ވިޔަފާރި ކުރިއެރުވުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ މީސްމީޑިއާއެވެ. މިފަދަ ދުވަސްވަރެއްގައި ވިޔަފާރިވެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެބްސައިޓް ހަދާ ޑިވެލޮޕާގެ މަސައްކަތް ދިގުލައިގެން ދިޔުމެވެ. ނުވަތަ ގްރެފިކްސް ޑިޒައިނަރުގެ ކޮންސެޕްޓް ކަމުނުދިޔުމެވެ. މިއޮތީ މިކަމަށް އޮތް ހައްލެކެވެ.

އެޑްވެސްޓާރ އަކީ މިފަދަ މަސައްކަތް ކުރުމަށް ވިޔަފާރިވެރިންނަށް ލިބުނު ލުޔެއް ކަމަށް ބުނެވިދާނެއެވެ. އެޑްވެސްޓަރ އިން ދޭ ޚިދުމަތްތަކުގެ ތެރޭގައި ވެބް ޑިޒައިނިންގ، މާކެޓީންގ، ޕަބްލިކޭޝަން، ޕަބްލިކް ރިލޭޝަންސް، ތްރީޑީ ވިޝުއަލިޒޭޝަން އަދި ޑާޓާ މައިނިންގ ހިމެނެއެވެ.

އެޑްވެސްޓަރ އިން ދާދި އިހަކަށްދުވަހަކު ފޭސްބުކު ޕޭޖުގައި ޕޯސްޓުކުރި ރ.މީދޫ އާސާރީ މިސްކިތެއްގެ ތްރީޑީ ވީޑިއޯއަށް ބަލާލުމުންވެސް އެޑްވެސްޓަރ އަކީ ކިހާ ފެންވަރު ރަނގަޅު އަދި ހުނަރުވެރި ބައެއްކަން ރަނގަޅަށް އެނގެއެވެ.

Meedhoo Old Mosque 3D Visualization

We recreated the old mosque of Raa Meedhoo. Model by sketch up pro & 3D visualization by Lumion 8.#3Drendering #3DVisualization

Posted by Advester on Sunday, 14 January 2018

އެޑްވެސްޓަރ ގެ މަޤުސަދަކީ ވިޔަފާރެވެރިން ބޭނުންވާ މަސައްކަތްތައް ހެޔޮ އަގެއްގައި، ވީހާވެސް އަވަހަށް ނިންމައިދޭ ބަޔަކަށް ވުންކަމަށް އެޑްވެސްޓަރ އިން މަޢުލޫމާތު ދިނެވެ. އަދި މީގެއިތުރުން ވިޔަފާރިވެރިން އިތުބާރުކުރާ ފެންވަރަށް “ޕްރޮފެޝަނަލް” ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށްވެސް ބުންޏެވެ.

އެޑްވެސްޓަރ އާއިބެހޭ އިތުރު މަޢުލޫމަތު އެޑްވެސްޓަރގެ ފޭސްބުކް ޕޭޖުންނާއި ވެބަސައިޓުން ލިބެން ހުންނާނެއެވެ.

ޚިޔާލު ފާޅުކުރައްވާ