Follow us on
ލޯބި ހުށައެޅުމަށް މިވެސް ގޮތެއް!
| ޒިދާން މުޙައްމަދު

އެކި މީހުން ލޯބި ހުށައަޅަނީ އެކި ގޮތަށެވެ. ވަރަށް ތަފާތު ގޮތްތަށް ބޭނުން ކުރާ މީހުންވެސް އުޅެއެވެ. މީގެ ގަރުނެއް ވަރު ކުރިން އިނގިރޭސިން މިކަންކޮށް އުޅުނު ގޮތެެއް އިނގޭ ހެއްޔެވެ؟

އެމީހުން ހަދާގޮތަކީ ރަތް އާފަލެއްގަައި ފުރިހަމަ ނަމާއި އެޑްރެސް ލިޔުމަށް ފަހު، އެމީހަކު ލޯބިވާ މީހެއްގެ ކުރިމައްޗަށް އެ އާފަލު އެއްލާލަނީ އެވެ. ދެން އެއަށްފަހު އެއްލި މީހާއަށް އެއާފަލު އަނބުރާ ރައްދު ކޮއްދީފި ނަމަ ، ޖަވާބުގައި އެބުނަނީ “އާއެކޭ” އެވެ. ނަމަވެސް، އާފަލު ރައްދު ނުކުރި ނަމަ އޭގެ މާނައަކީ އޭނާ އެ ހުށައެޅުމަށް އިންކާރު ކުރީއެވެ.

ކޮންމެއަކަސް މިއީ ވަރަށް ތަފާތު ގޮތެކެވެ. އެހެން ނޫންހެއްޔެވެ؟ ތިބާ ލޯބި ހުށައަޅާނީ ކިހިނަކުން ހެއްޔެވެ؟ މިގޮތްވެސް ރަނގަޅެއް ނޫންހެއްޔެވެ.

ޚިޔާލު ފާޅުކުރައްވާ

  1. Anonymous

    Thigoii kada eyy