Follow us on
މިއޮތީ ސްނެޕްޗެޓްއިން ސްޓްރީކު ކުރަންވީ 2 ސަބަބު
| އަޙުމަދު އަނަސް

2018 ވަނަ އަހަރާއިހަމައިން ސްނެޕްޗެޓް ބޭނުންކުރާ މީހުންގެ އަދަދު މިވަނީ 170 މިލިއަންއަށްވުރެން މައްޗަށްއަރައިގެން ގޮސްފައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ސްނެޕްޗެޓް ބޭނުންކުރާމީހުން ފިސާރި ގިނައެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ސްނެޕްޗެޓް ބޭނުންކުރާމީހުން މަދެއްނޫނެވެ. ސްޓްރީކު ކުރާ މީހުން އެހާމެ ގިނައެވެ.

އަދި ހަމަ ސްޓްރީކޭ ބުނެލުމުން ބައެއް މީހުނަށް މިއީ ކޯއްޗެއްކަން ނޭނގިދާނެއެވެ. ވުމާއެކު ސްޓްރީކު ކުރުމަކީ ކޮބައިކަން ކިޔައިދޭނަމެވެ. ސްޓްރީކަކީ ކޮންމެ ދުވަހަކު އެއްފަހަރު އެކަކު އަނެކަކަށް ސްނެޕްއެއް ފޮނުވަމުން، ޖެހިޖެހި ގިނަދުވަސް ވާވަރަކަށް އިތުރުވާ އެއްޗެކެވެ. އެގޮތުން މިހެން ޖެހިގެން ސްނެޕްކުރާ ކޮންމެ ދުވަހަކަށް “ސްޓްރީކް”ގެ އަދަދު ގިނަވެއެވެ. އެހެންނަމަވެސް ސްޓްރީކު ކުރުމުގައި އެންމެ ދުވަހަކު ސްނެޕް ނުކުރިޔަސް މުޅި ސްޓްރީކު ދާނެއެވެ. ވުމާއެކު ގިނަދިވެހިންވެސް ސްޓްރީކު ކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދެއެވެ.

މިގޮތުން ސްޓްރީކުކުރުމަކީ ދިވެހިން މިހާ ފޯރިއަރުވާލައިފައި ކުރާ ކަމަކަށް ވުމުން ބައެއް މީހުންގެ ހިތުގައި ސުވާލު އުފެދިދާނެއެވެ. އަޅެ ފަހެ ސްޓްރީކު ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ސަބަބުތައް ބައިވަރެވެ.

ސްޓްރީކުގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ފައިދާ އަކީ މީހުންގެ މެދުގައި ގުޅުން ބަދަހިވުމެވެ. ސްޓްރީކުގެ ޒަރިއްޔާއިން ކޮންމެ ދުވަހެކޭ ބުނާވަރަށް ހާލު ބަލާލެވެއެވެ. ވުމާއެކު ސްޓްރީކަކީ ގުޅުން ބަދަހިވާ އެއްޗެއް ކަން ޔަގީނެވެ.

ސްޓްރީކުގެ ސަބަބުން ލިބޭ އަނެއް ފައިދާއަކީ ހިތްހަމަޖެހުން ލިބުމެވެ. ކޮންމެ ދުވަހަކު ރީތިގޮތަކަށް ސްޓްރީކޭ ޖަހައި ސްނެޕް އެއް ފޮނުވާލުމުން އެލިބޭ ހިތްހަމަ ޖެހުން ސްޓްރީކު ކުރާ ބައެއް މީހުން ކިޔާދިނެވެ. “ސްޓްރީކު ކޮށްލުމާއެކު ހިތަށް ހިތްހަމަޖެހުން ލިބިގެންދަނީ. އޭގެ ސަބަބުން ފޫހިކަން ފިލާ މަސައްކަތް ކުރަން ބޮޑަށް ހިތްޖެހޭ”. ސްޓްރީކު ކުރުމަށް ދެވިހިފާފައިވާ މީހަކު ކިޔައިދިނެވެ.

ސްޓްރީކު ކުރުން މިއަދު ވެފައިމިވަނި ގިނަދިވެހީންގެ “ކަށީގައި ހިފާފައި” ހުރި ކަމަކަށެވެ. ކެއުމާއި ބުއިމަށްވުރެ ސްޓްރީކަށް މުހިންމުކަންދޭ މީހުންވެސް އެބައުޅެއެވެ. ސްޓްރީކް ގެއްލިގެން އެކަމާއި ހިތާމަކުރި އެތައްބައިވަރު ރަހުމަތްތެރިންނެއް އަހަރެންގެވެސް އެބަތިއްބެއެވެ. ވާނީވެސް އެހެންތާއެވެ. ސްޓްރީކުން އެ ގެނުވައިދޭ އުފާވެރިކަން ގެނުވައިދޭނީ އެހެން ކޮންއެއްޗަކުން ހެއްޔެވެ!

ޚިޔާލު ފާޅުކުރައްވާ

  1. 🤦🏾‍♂️

    🤦🏾‍♂️

  2. ކަނބުލޮ

    ސްޓްރީކް ގެއްލިގެން މަގޭ ރައްޓެއްސެއް މަދެކެ ރުޅި އައިސްގެން މިހާރު ވާހަކަވެސް ނުދައްކަ. އެހާވެސް މުހިންމު އެއްޗެއް ތިޔަކިޔާ ސްޓްރީކަކީ. 😥