Follow us on
މާގިނައިން ޕިއްޒާ ނުކާންވީ ކީއްވެ؟
| އަޙުމަދު އަނަސް

ޕިއްޒާއަކީ ދިވެހިންނަށް ވަރަށް މީރު އެއްޗެކެވެ. ޒުވާން ކުދިންގެ މެދުގައި އެ އެއްޗަކަށް ފިސާރި ގަދަޔަށް ލޯބިޖެހިފައިވާ އެއްޗެކެވެ. އެހެނަސް ޕިއްޒާ ކާއިރު މާގިނައިން ޕިއްޒާ ކައިފިނަމަ އެއްވެސް މީހަކަށް އެއީ ކިހާވަރެއްގެ ގެއްލުންތަކެއް ލިބޭ އެއްޗެއްތޯ ބަލައެއް ނުލައެވެ.

މާގިނައިން ޕިއްޒާ ކާނަމަ ހަށިގަނޑުގެ ކޮލެސްޓްރޯލް މައްޗަށް ދެއެވެ. ނަތީޖާއެއްގެ ގޮތުން މީހާއަށް ފަސޭހައިން ހާޓް އެޓޭކެއް ޖެހުމުގެ ފުރުޞަތު ބޮޑެވެ. ނުވަތަ މިފަދަ އެހެން ހިތުގެ ބައްޔެއް ޖެހުމުުގެ ފުރުޞަތުވެސް ބޮޑެވެ.

ޕިއްޒާއަކީ ވަރަށް ބައިވަރު ކެލޮރީ ހިމެނޭ އެއްޗަކަށް ވުމުން މާގިނައިން ޕިއްޒާ ކާނަމަ ހަށިގަނޑުގައި ކެލޮރީ ގިނަވެ ފިލަވާނެއެވެ. އަދި ހަމައެހެންގެ ޕިއްޒާއަކީ ގިނައިން ކާބޯހައިޑްރޭޓްސް ހިމެނޭ އެއްޗަކަށްވުމުން ހަށިގަނޑުގެ ގުލްކޯޒް ހުންނަންޖެހޭ ވަރަށްވުރެން އިތުރުވެއެވެ.

ކަންކަން މިހެން ހުރުމާއެކު މާގިނައިން ޕިއްޒާ ނުކެއުމަށް އެންމެންވެސް ވިސްނަން އެބަޖެހެއެވެ. ނޫންނަމަ ތިމާއަށް ބޮޑު ބައްޔެއްވެސް ޖެހިދާނެއެވެ.

ޚިޔާލު ފާޅުކުރައްވާ