Follow us on
އަންހެން ކުދިންނަށް ލަވް ރިއެކްޓް ލިބޭލެއް ގިނަ – ދިރާސާ
| ޒިދާން މުޙައްމަދު

ފޭސްބުކުން ރިއެކްޝަން ބަޓަންތަށް ތަޢާރަފް ކުރުން ވެގެން ދިޔައީ ޔޫޒާރުންނަށް ލިބުނު ބޮޑު ހަދިޔާއަކަށެވެ. ކުރިން ހަމައެކަނި ލައިކް ބަޓަން އިނެއްކަމަކު ދުވަސްތަކެއް ކުރިން ފޭސްބުކްގައި އިތުރު ބަޓަންތަށް ވަނީ ތަޢާރަފް ކޮއްފައެވެ.

ޕޯސްޓު ފެނިފައި ލޯބި އިހުސާސެއް ވާނަމަ “ލަވް ރިއެކްޓް”އެވެ. މާ ބޮޑަށް އާޝޯހު ވާ ޕޯސްޓެއް ނަމަ “ވާއު ރިއެކްޓް”އެވެ. ދެރަވާ އިހުސާސެއް ގެނުވާ ޕޯސްޓެއް ނަމަ “ސޭޑް ރިއެކްޓް”އެވެ. ވަރަށް ވެސް މި ރިއެކްޝަން ބަޓަން ތަކުގެ މުހިންމުކަން މިހާރު ތަސައްވަރު ކުރެވެއެވެ.

ދާދި ފަހުން ކުރި ދިރާސާ އަކުން ދައްކާ ގޮތުން އަންހެން ކުއްޖެއްގެ ފޮޓޯއެއް ލައިފިނަމަ “ލަވް ރިއެކްޓް” އެ ފޮޓޯ އަކަށް ލިބޭވަރު ގިނައެވެ. މިކަން ޔަޤީން ކުރުމަށް ވަރަށް ގިނަ ޕްރޮފައިލް ޕިކްޗާރ ތަކަށް ލިބިފައި ހުރި ރިއެކްޝަން ތަކުގެ އަދަދާ، ރިއެކްޝަންތަކަށް ވާނީ ބަލާފައެވެ.

ފިރިހެން ކުދިންގެ ޕްރޮފައިލް ފޮޓޯތަކަށް ވުރެ އަންހެން ކުދިންގެ ޕްރޮފައިލް ފޮޓޯތަކުގައި “ލަވް ރިއެކްޝަން” ގިނައެވެ. އަދި އަންހެން ކުއްޖެއްގެ ފޮޓޯ ޕޯސްޓު ކުރުމުން ވެސް މިކަން ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ.

ޚިޔާލު ފާޅުކުރައްވާ

  1. firihenun thi benee anhenaku echeh post nukoh gen thi hurihaa ehcheh kuran.