Follow us on
ދުވާލު ގަޑީގައި ނިދުމަކީ ވަރަށް ފައިދާހުރި ކަމެއް – ދިރާސާ
| އައިމިނަތު

ދުވާލު ގަޑީގައި ނިދުމަކީ މިހާރަކަށް އައިސް ދިވެހިންގެ ތެރޭގައި އާންމުކަމެކެވެ. މިގޮތަށް ނިދާ ނިދުމުގެ ބޭނުމަކީ ވަރުބަލި ފިލުވާލުމެވެ. ދުވާލު ގަޑީގައި ނިދުމުން ލިބޭ ފައިދާތަށް އެނގިގެނެއް ނޫނެވެ.

ދިރާސާތަކުން ދައްކާގޮތުގައި ދުވާލު ވަގުތުގައި ނިދުމަކީ ލޭގެ ޕްރެޝަރ ދަށްކޮށްދޭ ކަމެކެވެ. އަދި މީގެއިތުރުން ހާޓް އެޓޭކް ޖެހުމުގެ ފުރުސަތުވެސް ކުޑަކޮށްދޭ ކަމެކެވެ. އަދިހަމައެހެންމެ ދުވާލު ގަޑީގައި ނިދުމުގެ ސަބަބުން މީހާގެ ސިކުންޑިއަށް ތާޒާކަން ލިބެއެވެ. ނަތީޖާއެއްގެ ގޮތުން ހާސްކަމާއި، ކަންބޮޑުވުމާއި ނުތަނަވަސްކަން ފިލުވައިދެއެވެ.

ދުވާލު ގަޑީގައި ނިދުމަކީ މީހާއަށް ކުށްކުރެވޭ މިންވަރުވސް މަދުކޮށްދޭ ކަމެކެވެ. އެގޮތުން މަސައްކަތުގައި އުޅޭއިރު ނުވަތަ ކިޔެވުމުގައި ކުރެވޭ ބައެއް ކުށްތަކުން މީހާ ދުރުކޮށްދެއެވެ. އެގޮތަށް އެކަން ވަނީ ކުރާ ކަންކަން ފަރުވާތެރިކަމާއެކު ކުރެވޭތީއެވެ.

ބައެއް ދިވެހިން ދެކޭގޮތުގައި ދުވާލު ވަގުތުގައި ނިދުމަކީ އެއްވެސް ފައިދާއެއް ނުވާ ބޭކާރުކަމެކެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ރަނގަޅަށް މަސައްކަތްކޮށްލާ، ހަށިގަނޑު ތާޒާކޮށްލުމަށް ދުވާލުގައި ނިދަންވީއެވެ.

ޚިޔާލު ފާޅުކުރައްވާ