Follow us on
އެއްވެސް މަސައްކަތަކީ “ކަޑަ” މަސައްކަތެއް ނޫންކަން އަބީދުގެ މި ފޮޓޯތަކުން
| އަޙުމަދު އަނަސް

މާރުކޭޓުގެ ގޮޅިއެއް ހިންގުން ނުވަތަ މަސްވެރިއަކަން ވުން…… މިއީ ގިނަ ދިވެހިން ދެކޭގޮތުގައި “ވަރަށް ކަޑަ” ކަންކަމެވެ. ނުވަތަ ވަރަށް “ހަޑި ކަމެކެވެ. މިއީ ދިވެހިންގެ ވިސްނުމެވެ. ހަޤީޤަތެއް ނޫނެވެ.

ދާދި ފަހުން މީސްމީޑިޔާގައި އެނބުރެން ފެށި ފޮޓޯތަކަކުން އެކަން ދޮގުކޮށްދެއެވެ. ޑިގްރީއެއް އޮތެއްކަމަކު ކޮންމެ ވަޒީފާއެއްވެސް އަދާކުރެވޭނެކަން މި ފޮޓޯތަކުން ރަނގަޅަށް އެނގެއެވެ.

https://www.facebook.com/abeedh.abdulla/posts/2060883854187278

ޑިގްރީ ނިންމާއި ދަސްވެނިވާއިރު އެ ފޮނި މުނާސަބަތުގެ ހަނދާންތައް ސަޅިކޮށްލުމަށް ތަފާތު ކަންކަން ކުރާ ދަރިވަރުން އުޅެއެވެ. މިފޮޓޯތަކަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އެންމެފަހުން ބޭއްވި ދަސްވެނިވުމުގައި ދަސްވެނިވި ދަރިވަރެއްގެ ފޮޓޯތަކެކެވެ.

މަޝްހޫރު ފޮޓޯގުރާފަރު އަބްދުﷲ އަބީދު ނަގާފައިވާ މިފޮޓޯތަށް ނެގި ގޮތް ކިޔާދިނެވެ. “އަހަރެންގެ އެކުވެރި ފަލާހް ދަސްވެނިވުމާއެކު އެކަން ފާހަގަކުރަން ފޮޓޯ ނަގަންވެން އަހަންނަށް ގުޅީ. އަހަރެމެން އެންމެ ފުރަތަމަވެސް ދިމާވުުމުން ފާލާހު ބުނީ، ތަފާތު ގޮތަކަށޭ ފޮޓޯނަގަން ބޭނުމީ. އެހިނދު އަހަރެންނަށް މި ޚިޔާލު ލިބުނީ. ފަލާހުއަށްވެސް ވަރަށް ކަމުދިޔަ މިގޮތް. އެހެންވެ މިގޮތަށް ފޮޓޯނެގީ.”

އަބީދު އޭނާ ފޮޓޯގްރަފީގެ ދާއިރާއަށް ވަދެވުނު ގޮތް ކިޔާދިނެވެ. އޭރު އަބީދު މަސައްކަތްކުރީ Soccer.com.mv ގައި “މޮޑަރޭޓަރ” އެއްގެ ގޮތުގައެވެ. މިގޮތަށް މަސައްކަތްކުރަމުން ދިޔައިރު ބޭނުންވާވަރަށް ފޮޓޯ ނުލިބޭތީ އަމިއްލަ ކެމެރާއެއް ގަނެ ފޮޓޯނަގަން ފެށިއެވެ. މިގޮތަށް ފޮޓޯނަގަން ފެށުމާއެކު މިކަމަށް ހިތްޖެހުނެވެ. މިދާއިރާއިން އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުމަށްފަހު މިހާރު އަބީދު މަސައްކަތްކުރަނީ ހައުސިންގ މިނިސްޓްރީގައި ފޮޓޯގުރާފަރެއްގެ ގޮތުގައެވެ. އޭގެ އިތުރުން Images.mv، The Sandwich Baa އަދި ހަބޭސްގެ ފޮޓޯގުރާފަރަކީވެސް އަބީދެވެ.

ޚިޔާލު ފާޅުކުރައްވާ

  1. Hurihaa photo ehga aviainu alhaafa hurimun kamaku nudhey

  2. ފޮޓޯ

    ސަޅި

  3. ޢަލާ

    ގަދަ