Follow us on
ފޮޑީގެ ވަސްބަލައިގެން އަހަރަކު 50 ހާސް ޑޮލަރު ލިބުމުގެ ފުރުސަތު!
| އަޙުމަދު އަނަސް

ޗައިނާއަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި ހިލާފަށް ތަފާތު އެތައް ކަންކަމެއް ކުރަމުން އަންނަ ޤައުމެކެވެ. ޗައިނާ މީހުންގެ ދިރިއުޅުމާއި، ކެއުމުގެ ވައްޓަފާޅި އާއި، ކުރާ ކަންކަމަށް ބަލާލުމުންވެސް މިކަން ރަނގަޅަށް އެނގި ފަހުމުވާނެއެވެ. އެހެނަސް މިފަހަރު މިއޮތީ އަނެއްކާވެސް ތަފާތު ކަމެކެވެ.

ދާދި ފަހުން ޗައިނާއިން ވަނީ “ފޮޑީގެ ވަސްބެލުމަށް” މީހުން ހޯދަން އިއުލާނު ކޮށްފައެވެ. އަދި ބޮޑެތި ކޮމްޕެނީތަކުން މިގޮތަށް ފޮޑީގެ ވަސްބަލާ މީހުނަށް ބޮޑު މުސާރައެއް ދިނުމަށްވަނީ ނިންމާފައެވެ.

މިގޮތަށް ފޮޑީގެ ވަސްބެލައިގެން ހަށިގަނޑުގެ އެތެރޭގައި ކަންކަން ވާގޮތް ރަނގަޅަށް ބަލާލެވެއެވެ. އެކްސްރޭ އަކާއި އެއްވަރަށް ފޮޑީގެ ވަހުން އެތެރެހަށި ބެލާލެވޭ ކަމަށް ޗައިނާގެ ބައެއް ތަޖުރިބާކާރުން ބުނެއެވެ.

މީގެ އިތުރުންވެސް ފޮޑީގެ ވަސްބަލައިގެން ބޭސް ހެދުމަށްވެސް ފަސޭހަ ވެގެން ދާކަމަށްވެއެވެ. އެގޮތުން ކޮންމެ ބައްޔަކަށްވެސް އެބައްޔަކަށް ހާއްސަ ބޭސް ތައްޔާރުކުރެވޭނެއެވެ.

މިއީވެސް ޗައިނާއާއި އެހެން ޤައުމުތަކާއި ތަފާތުވާ އެއް ގޮތެވެ. މިވެސް ހަމަ އަދާކުރެވިދާނެ ވަޒީފާއެކެވެ.

ޚިޔާލު ފާޅުކުރައްވާ