Follow us on
ފިނޑިއަކަށް ނުވާށެވެ.
| އައިޝާ

އަތުގައި އޮތީ ފުދޭވަރެއްގެ ފަލަ ވާގަނޑެކެވެ. ދެލޯ ދުޅަވެ ރަތް ވެފައި ވަނީ ކަރުނަ އަޅަ އަޅައި ހުސްވެގެން ކަންނޭގެއެވެ. އިމާރާތުގެ 11 ވަނަ ފަންގިފިލާއަށް އަރަން ލިފްޓު ހުއްޓެއް ކަމަކު ބޭއިޚްތިޔާރުގައި ނަމަވެސް އަހަންނަށް އަރަން ދިމާކުރެވުނީ ސިޑީންނެވެ. އަހަރެން ސިޑިން އަރަމުން ދިޔައިރުވެސް ހިޔާލުގައިވަނީ އަހަރެންގެ މުޅިހަޔާތް ހިތާމަޔާއި ހިތްދަތިކަމުން ފުރިފައިވާވަރެވެ. ޖެހިފައިވާ ހިތާމައިގެ ބޮޑު ކަމެވެ. އަހަރެން ކުރަން މިއުޅޭކަމަކީ އެންމެ ރަނގަޅު ކަންތައްބާއޭ ހިތަކަށް ވެސް ނާރައެވެ.

މިހެން އަރަމުން ދަނިކޮށް ފުރަތަމަ ފަންގިފިލާއިން ފެނުނީ ރީތިކަމާއި ހިތްހެޔޮކަމުގެ މިސާލުޖަހާލެވޭ އަންހެނާއެވެ. ދޮރުު ހުރީ ނުލެއްޕި ކަމުން ވަރަށް ރީތިކޮށް އެތެރެ ފެނެއެވެ. އޭނާގެ ފިރިމީހާ މަރުވިތާ މިހާރު މިވީ ހަތަރު އަހަރެވެ. އެންމެންވެސް ހީކުރަނީ އޭނާގެ ހިތާމަތަށް ފިލައި ހިނގައިދާނެ ކަމަށެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ފެންނައިރު މޫނަށް ވެރިވެފައި ހުންނަ ހިނިތުންވުމާއި އެހެރަ ހުންނަ ހިތްހެޔޮކަމަކުން ހިތާމައިގެ ކަންފުޅެއްވެސް ނުފެނެއެވެ. އެކަމަކު މިހާރުވެސް އޭނާ އެއިނީ މަރުވިފިރިމީހާގެ ފޮޓޯގަނޑެއް ހިފައިގެން ރޯށެވެ.

ފެނުނުމަންޒަރުން ކުޑަކޮށް ހައިރާން ވިއަސް މާބޮޑަކަށް އެކަމަކާ ނުވިސްނަމެވެ. އިމާރާތުގެ ދެވަނަ ފަންގިފިލާޔާ ގާތްވަމުން ދިޔައިރު އިވެމުން ދިޔައީ ޒުވާބެއްގެ އަޑެވެ. ދޮރާ ހަމައަށް އައިއިރު އަސްތާ ކަމަކުދާކަށް ނެތެވެ. އެދެމީހުންގެ ލޯބީގެ ވާހަކަޔާއި ހަމަޖެހޭ ދިރިއުޅުމުގެ ވާހަކައިން މިސާލުޖަހާލެވޭ ދެމަފިރިން ޒުވާބުކޮށް ގަޔަށް އަތްލަނީއެވެ. ގޭގެ ސާމާނުތައްވެސް ތަޅާ ސުންނާފަތި ކުރަނީއެވެ. ހީވަނީ ހަމަދެންމެ ދެންމެ އެ ކައިވެނި ނިމުމަކަށް އައިސްދާނެހެނެވެ. ހަޤީގަތުގައި މީ އުފަލުގައި އުޅުނު ބައެއްނޫންތާއެވެ.

ތިންވަނަ ފަންގިފިލާޔާ ހަމަޔަށް އެރިއިރުު ފެނުނީ އެތާގައި އުޅޭ މުސްކުޅި ބޭބެއެވެ. ނިކަމެތި ބޭބެ އަބަދުމެ ހުންނަނީ އޭނާގެ ދަރިން އޭނާގެ ޙާލުބަލަން އަންނާނީ ކޮންއިރަކުންތޯ ބަލާލަބަލާލައެވެ. އެދަރީން އައިސް ބައްޕާއޭ ކިޔައި ގޮވާލާނޭ ކަމުގެ ފޮނި އިންތިޒާރުގައެވެ. ކާފަދަރީންނާއެކު ކުޅެ ސަމާސާ ކޮށްލެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެދަރީން ބިޒީ ކަމުން ނާދެވޭތާ ހާލުބަލާލަން ގުޅާނީ ކޮންއިރަކުންތޯ ފޯނު އަތަށްލައިގެން ބަލަބަލައެވެ. ނަމަވެސް ދުވަހަކުވެސް އެއިން އެކަކުވެސް އެގޭގެ ދޮރުގައި ޓަކިވެސް ޖަހައިނުލާތާ ގުޅާވެސް ނުލައެވެ. އެމީހުން މާބޮޑަށްވެސް ބިޒީއީތާއެވެ. އެމުސްކުޅި ބޭބެ އެފެންނަނީ ކިހާ ދެރަ ކޮށްހެއްޔެވެ.

ފަސްވަނަަ ފަންގިފިލާޔާ ހަމައަށް އައިއިރު ހީވަނީ ކަރަންޓު ނެތްހެނެވެ. ނަމަވެސް ޓީވީގެ އަލިކަން ކޮންމެވެސް ވަރަކަށް ހުރުމުން ލައިޓުތަށް ހުރީ ނިއްވާލެވިފާކަން އެނގުނެވެ. ޓީވީ އަޅުވާފައި ހުއްޓަކަސް އެއްވެސް އަޑެއް ނީވެއެވެ. އެހެރީ މިޔުޓު ކޮއްފާތާއެވެ. ފަސްވަނަ ފަންގިފިލާއަކީ އެންމެން ދަންނަ އެންމެ ސަކަރާތްޖަހާ މީހާ އުޅޭ ފަންގިފިލާއެވެ. މަޖާކޮށް އެހެންމީހުން ހުނުމަށް މަޖުބޫރުވާފަދަ ކަންތައްތައްކުރާ އޭނާ އެކަނިމާއެކަނި އިނދެ އެ ރޮނީއެވެ. އެފަދަ އުފާވެރި މީހެއްގެ ހިތާމަތައް ހަމަ އެހާ ބޮޑު ވެދާނެހެއްޔެވެ؟

އަރަމުންގޮސް އަށްވަނަ ފަންގިފިލާގައި އެ އިމާރާތުގައި އުޅޭ އެންމެ ފަހެލިކޮށް ހުންނަ މީހާ ފެނުނެވެ. ފެންނަފެނުމަށް ހީވާނީ ހުރިހާ ބަލިތަކެއްވެސް އޭނާދެކެ ބިރުގަންނާނެހެނެވެ. އެހާވެސް ހަށިގަނޑުގެ ބައްޓަން ރީތިވެފައި ސްމާޓެވެ. އެންމެ “ސިއްހަތު ރަނގަޅު” އެންމެ “ހަށި ވަރުގަދަ” މީހާ މިފެންނަނީ މުޅިން އެހެންގޮތަކަށެވެ. ދޮރާދިމާއަށް ފެންނަންހުރި މޭޒުގައި އިނދެ އެކަނީ ހާދަހާވާ ގިނަބޭހެކެވެ. ދިރިވެސް އެހުންނަނީ ބޭހުގެ އެހީގައެވެ. އެފަކީރު ހަމައެހާ ބަލީހެއްޔެވެ؟

ނުވަ ވަނަ ފަންގިފިލާޔާ ހަމަޔަށް އާދެވުނުއިރު ފެނުނީ އަނެއްކާވެސް ތަފާތު މަންޒަރެކެވެ. އެފަންގިފިލާގައި އުޅޭ ދެފައިނެތް މީހާ އަހަރެންނާ ދިމާއަށް ހީލާފައި ސިޑިންފައިބަމުން ދިޔައެވެ. އަހަރެންނަށް ހުރެވުނީ އޭނައާ ދިމައަށް ބަލާށެެވެ. ދެފައިނެތް އިރުވެސް މާތް ﷲ އަށް ޙަމްދުކޮށް އޭނާ އެއުޅުނީ ކިހާ އުފަލެއްގައި ހެއްޔެވެ. އަހަރެންނަށް ރަނގަޅަށް ވިސްނާލެވުނީ ދެނެވެ. ކުރެވެން އުޅުނު ފާފައާމެދު ވިސްނާލެވުނެވެ. ކުރިން އަހަރެން ހީކުރީ މިދުނިޔޭގައި ހުރި އެންމެ ހިތްދަތި އެންމެ ހިތާމަވެރި މީހަކީ އަހަރެން ކަމުގައެވެ. އަހަންނަށް ޖެހިފައިވާވަރުގެ ހިތާމައެއް އެހެންމީހަކަށް ނެތްކަމަށެެވެ. އަހަރެން ދަންޖެހުމެގެ ނިޔަތް ބަދަލުވެ މާތް ﷲ އަށް ތައުބާވެ ޙަމްދު ކުރީމެވެ. އެއީ ފިނޑިއެއްގެ ގޮތުގައި ނިމިގެންދިއުމުން ސަލާމަތް ކޮށްދެއްވީތީއެވެ.


މިދުނިޔޭގައި އުޅޭ ކޮންމެމީހަކުވެސް އުޅެނީ ހަމަ ތަފާތުމައްސަލަތަކެއްގައި ފިކުރު ކުރުމުގައެވެ. ތިބާ ނުރޯށެވެ. ތިބާގެ މައްސަލަތަކާ އެހެންމީހުން އަޅާނުލިއަސް މާޔޫސް ނުވާށެވެ. އެމީހުންނަށް ރުޅި މޫނުނަހަދާށެވެ. ފަހަރުގައި އެމީހުންގެ މައްސަލަ ތިބާގެ މައްސަލައަށް ވުރެ ބޮޑު ކަމުގައި ވެދާނެއެވެ. ތިބާއަށް ދިމާވެފައިވާ މުޞީބާތްތަކާއި އުނދަގޫތަކަށްވުރެ އެހެންމީހުން ތަހަންމަލުކުރާ ހިތްދަތިކަމާއި އުނދަގޫތައް މާބޮޑުކަމުގައި ވިސްނާނަމަ، ތިބާ އުޅޭނީ ކިހާ އުފަލެއްގައި ހެއްޔެވެ. އަދި ހެއްދެވި ފަރާތަށް ކިހާ ޝުކުރެއް އަދާ ކުރާނެ ހެއްޔެވެ. ދަންނާށެވެ. މާތް ﷲ ތިމާއަށް ނޫފުލޭ ވަރުގެ ބުރައެއް ތިމާއަކަށް ނުޖައްސަވާނެވެ. އެހެންކަމުން ހިތްވަރުކުރާށެެވެ. ތިމާއަކީ ތިމާގެ އަމިއްލަ މައްސަލަތައް ނޫފުލޭވަރުގެ ފިނޑިއަކަށް ނުވާށެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ތަފާތު ވާހަކައެއް

  2. ާކާކު

    ާލިއުން ރަނގަޅު، ކުރިއަށް…..

  3. Anonymous

    ވަރަށް ފުރިހަމަ

  4. ބައިޕޯލާ ގާލް

    ތަފާތު ލިޔުމެއް.. ޢެކަމުތީ އެއްމެ މީހެއްގެ ހިޔާލެއް… އެކަކު އަނެކަކު ދެރަ އިހުސާސްވެ އެއާމެދު ކަންތައް ކުރާނީ އެކި ގޮތަށް. ޑިޕްރެޝަން އާއި ބައިޕޯލާފަދަ ބަލި ހުއްނަ މީހުންނަށް ނޭންގެނީ ކީއެއް ނޫން މިއަށް ވުރެން މާ ހާލުބޮޑު ބައެއް ވާކަން. އެ ކަމަކު އެ ބަލީގެ ސަބަބުން ދެރަ އެހެން ލެވެލް އަކަށް ދަނީ. ވަރަށް ރީތި އެކަމު ވާހަކަ.

  5. ހަންޑި

    ތިމާއަށް އެހާލު ނުޖެހުނީތީ އެހެންމީހުންނަކީ ފިނޑިންނަށް ގޮވަން ވަރަށް ހަޑި. މީތި ލިޔުނު މީހަކު އިސްލާހުވާން ގޮވާލަން

  6. ޙުދާ

    މި އަރޓިކަލް ގައި ޖަހާފައި އިން ފޮޓޯ ރިމޫވް ކޮށްލަދެއްވުން އެދެން، މިކަހަލަ ފޮޓޯ އާއްމުކޮށް ހުރުމުން މިކަހަލަ ކަންކަން ކުރުމަށް މަގުފަހިވާ ކަމަށް ބެލެވޭ އަދި ޚާއްސަ ކޮށް ކުޑަކުދިންނަށް މިފަދަ ކަންކަން ކުރަން އެގުމަށް މަގުފަހި ވެދާނެ، ތަހުޒީބު މީހުން މިހާ ފުރިހަމަކޮށް ދަންޖެހޭ ނުވަތަ ދަނޖެހެން މަސައްކަތް ކުރާ މަންޒަރު ފޮޓޯ އަދި ވިޑިއޯ ވެސް އާއްމުކޮށް ބޭނުން ނުކުރާނެ

  7. ހަންޑިގެ އަމާ

    މިހިރަ ހަންޑިޔާ، ތަންތާލިޔެފަހުންނަ އެއްޗިސް ރަނގަޅަށް ކިޔާލާފަ ކޮމެންޓް ކޮއްބްލް. ކޮބާތާ އަޅެފަހެ އަނިކާ ފިނޑިއަކަށް ހަދާފާ މޮޔަ ތިގޮވަނީ