Follow us on
ރޭގަނޑުގެ އަޅުކަމަށްފަހު މުނިފޫހިފިލުވައިދިނުމަށް މިފަހަރުވެސް ދިރިއުޅުމަކީ މިއީބާ!
| އަޙުމަދު އަނަސް

މިހާރުވެސް ރަމަޟާން މަހުގެ ރޭގަނޑުގެ އަޅުކަމަށްފަހު މުނިފޫހިފިލުވާދިނުމަށް ޓީވީ ޗެނަލްތަކުން ދައްކާ ޕްރޮގުރާމުތައް މަދެއް ނޫނެވެ. ޑްރާމާތަކާއި، މުބާރާތްތަކާއި އެކި އެކި ޝޯތަކެވެ. މިހުރިހާ ޕްރޮގުރާމުތަކެއް ދައްކަމުންދާއިރުވެސް އެއިން ޕްރޮގުރާމަކަށް މާބޮޑު ތަރުހީބެއް ނުލިބެއެވެ. އެހެނަސް 38 އަހަރު ވަންދެން މެދުކެނޑުމެއް ނެތި ގެނެސްދެމުން އަންނަ ދިރިއުޅުމަކީ މިއީބާ މިބުނިގޮތާ ޚިލާފެވެ. ކޮންމެ މީހަކުވެސް ދިރިއުޅުމަކީ މިއީބާ އަށް އިންތިޒާރުކުރެއެވެ. ބަލާހިތުން ބަލައެވެ.

މެދުކެނޑުމެއްނެތި ދިރިއުޅުމަކީ މިއީބާގެ ސިލްސިލާ ގެނެސްދޭތާ 38 ވަނަ އަހަރުވެފައިވާއިރު، ޓީވީއެމް އިން އެކަނިވެސް 29 އަހަރު އެ ޕްރޮގްރާމް ގެނެސްދިނެވެ. އޭގެ ފަހުން ސަންގު ޓީވީ އަދި ޗެނަލް 13 އިންވެސް ދިރިއުޅުމަކީ މިއީބާގެ އާ އެޕިސޯޑުތަކެއް ގެނެސްދިނެވެ. މިދިޔަ އަހަރު އެސިލްސިލާ ގެނެސްދީފައިވަނީ ސަން ޓީވީ އަދި ރާއްޖެ ޓީވީ އިންނެވެ. އަދި ހަމައެހެންމެ މިއަހަރުވެސް ދިރިއުޅުމަކީ މިއީބާގެ އެޕިސޯޑުތައް ސަން ޓީވީއިން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުޅިން އައު 4 އެޕިސޯޑަކާއި އަދި ކުރީގެ އެޕިސޯޑުތައް ދައްކާނެއެވެ.

ދިރިއުޅުމަކީ މިއީބާއަކީ އެންމެ ފުރަތަމަ ޔޫސޭ ޓީވީގައި ވަޒީފާގައި އުޅުނުއިރު އަހުމަދު ވަހީދު ކިޔާ ބޭފުޅަކު އުފެއްދި ކޮންސެޕްޓެކެވެ. އޭރު ދިރިއުޅުމަކީ މިއީބާގެ ކޮންސެޕްޓް ނެރުއްވީ ޤައުމަށް ދިމާވެފައިވާ ކަންކަމަށް މީހުން އިތުރަށް ހޭނުމުގެ ބޭނުމުގައެވެ. އޭރު މަގުތަކާއި އެއްޗެހި ހަލާކުވެފައި އޮތުމުން އެކަންކަން ރަނގަޅުކުރުމަށެވެ. މިހާރުވެސް މިޑުރާމާއިން ދައްކައިދެނީ މިފަދަ ކަންކަމެވެ.

އެހެން ޑުރާމާތަކާއި ދިރިއުޅުމަކީ މިއީބާ ތަފާތެވެ. މިކަން ކޮންމެ މީހަކަށްވެސް ޤަބޫލުކުރެވޭނެއެވެ. އެހެން ޑުރާމާތަކާއި ޚިލާފަށް ދިރިއުޅުމަކީ މިއީބާ އަކީ މާބޮޑަށް ރޭވިގެން ކުޅެވޭ ޑުރާމާއެއް ނޫނެވެ. އެހެނަސް ޑުރާމާގެ ޓައިމިންގތައް އެހާމެ ރަނގަޅެވެ. މިޑުރާމާގައި ޖައްސާ ސްޓަންޓުތަކަކީވެސް އެހެން ޑުރާމާތަކާއި ޚިލާފަށް ހަމަ ހަގީގީ ސްޓަންޓެވެ. ވޭތުވެދިޔަ 37 އަހަރުގެ ތެރޭގައި ސްޓަންޓުޖެއްސުމުގެ ތެރެއިން ޔޫސޭއަށް ތަފާތު އެތަށް އަނިޔާތަކެއްވެސް ވަނީވެފައެވެ. 2015 ވަނައަހަރު ގެނެސްދީފައިވާ އެޕިސޯޑެއްގެ މަންޒަރެއް ނަގަން އުޅުމުގެ ތެރޭގައި ގަހަކުން ވެއްޓި މޭކަށިގަނޑުން 3 ކަށިގަނޑު ބިނދި 26 ދުވަސްވަންދެން ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ.

ދިރިއުޅުމަކީ މިއީބާގެ 200 އަށް ވުރެ ގިނަ އެޕިސޯޑު މިހާތަނަށް ވަނީ އުފައްދައިފައެވެ. އެހެނަސް ޔޫސޭ ވިދާޅުވީ ކުރީ އަހަރު ތަކާ އަޅައިބަލާއިރު މިއަހަރު ދައްކާ އެޕިސޯޑުތައް ވަރަށް ބޮޑަށް ރަނގަޅުވާނެ ކަމަށެވެ. ވުމާއެކު ދިރިއުޅުމަކީ މީއީބާއަށް އިންތިޒާރުކުރަމާ ހިނގާށެވެ.

ޚިޔާލު ފާޅުކުރައްވާ

  1. މިއީބާ..؟؟

    ނިމިގެން ދިޔަ އަހަރު ރާއްޖެޓީވީ އަކުން ނުދައްކައި.. އެންމެ ފަހުވަގުތު ކެންސަލް ކޮއްލީ..!!