Follow us on
މަޖަލަކަށް ކުރަންފެށި ކަންތައް ފެޝަނަކަށް!
| އަޙުމަދު އަނަސް

ތަފާތު ގޮތްގޮތަށް ފޮޓޯނަގައި އެ ފޮޓޯތައް މީސް މީޑިޔާއަށް އަޕްލޯޑުކުރުމަކީ ޒުވާން ކުދިންގެ އާދައެކެވެ. އެކަކު ކުރާ ކަމަކަށްވުރެ މޮޅުކަމެއް އަނެކާ ކުރަން މަސައްކަތްވެސް ކުރެއެވެ. އަދި ހަމަ އެހެންމެ އެކަންކަން ކޮޕީކުރާ އެތައްބައެއްވެސް އުޅެއެވެ. މިފަހަރު މިއޮތީ އަނެއްކާވެސް ޒުވާން ކުއްޖަކު ކުރަންފެށި ކަމެއްގެ ވާހަކައެވެ. އެހެނަސް މިފަހަރު މިއީ ތަފާތުކަަމެކެވެ.

މޫނުމަތީގައި ފަތް އަޅައިގެން ބައެއް އަންހެން ކުދިން ނަގާފައި ހުންނަ ފޮޓޯތަކަކީ އާންމުކޮށް ފެންނަ އެއްޗެކެވެ. މިގޮތަށް މޫނުމަތީގައި ފަތް އަޅައިގެން ފޮޓޯ ނަގަފައިވާ ރައްޓެއްސަކަށް ސަމާސާ ކޮށްލުމަށް މި ޒުވާނާވެސް މޫނުމަތީގައި އެއްޗެއް އަޅައިގެން ފޮޓޯއެއް ނެގިއެވެ.

ލ.ފޮނަދުއަށް އުފަން އުމުރުން 17 އަހަރުގެ އިޒްމީމް އޭނާގެ ފޭސްބުކު ޕްރޮފައިލް ފޮޓޯއަށް މިފޮޓޯ ލުމާއެެކު އެތަށް ބައެއް އެކަމަށް ޖޯކުޖަހަމުން ދިޔައެވެ. އަދި ހަމައެހެންމެ އެއީ މޮޅުކަމަކަށް ހަދައިގެން އެތައް ބަޔަކު އެކަމާއި ތައުރީފުކުރިއެވެ. ރައްޓެހިންގެ ފަރާތުން ލިބުނު ތައުރީފާއި ގިނަބަޔަކު އެކަން މަޖަލަކަށް ހެދުމުން އިޒްމީމް މިގޮތަށް ފޮޓޯނަގަން ފެށިއެވެ. އެގޮތުން ކޮންމެ ޕްރޮފައިލް ފޮޓޯއެއްގައިވެސް އިޒްމީމް ހުންނަނީ މޫނުމަތީގައި އެއްޗެއް އަޅައިގެންނެވެ.

އިޒްމީމް އެންމެ ފުރަތަމަ މޫނުމަތީގައި އެއްޗެއް އަޅައިގެން ނެގި ފޮޓޯ — ފޮޓޯ: ހުސައިން އަޒުހަދު

“އަންހެންކުދިން މޫނުމަތީގައި ފަތް އަޅައިގެން ފޮޓޯނަގާތީ ސަމާސާއަކަށް އެންމެ ފުރަތަމަ އެގޮތަށް ފޮޓޯނަގަން ފެށީ. ދެން ފަހުން ގިނަ ބައެއްގެ ސަޕޯޓް އެކަމަށް ލިބެން ފެށީމަ ކުރާ ހިތްވީ”. އިޒްމީމް އޭނާ އެންމެ ފުރަތަމަ މިގޮތަށް ފޮޓޯނަގަން ފެއްޓި ގޮތް ކިޔާދިނެވެ.

އިޒްމީމްގެ ހުރިހާ ފޮޓޯތަކެއްގައިވެސް މޫނުމަތީގައި އަޅާފައި ހުންނަނީ ތަފާތު އެއްޗެކެވެ. ހަލާކުވެފައިވާ ބައިސްކަލުގެ ފުރޮޅާއި، ކުނި ގޮނޑުން ފެންނަ ފުޅިން ފެށިގެން ލެބޯރަޓަރީ ތަކުގައި ގެންގުޅޭ ބައެއް ސާމާނާއި ހަމައަށް އިޒްމީމު މޫނުގައި އަޅައިގެން ފޮޓޯނަގާފައިވެއެވެ. މިފޮޓޯތައް ބަލާލި ކޮންމެ މީހަކަށްވެސް ތަފާތު ފެންނާނެއެވެ.

Happy birthday Moona Elhi 😝

Posted by Salhi on Thursday, 29 March 2018

އިޒްމީމް މިގޮތަށް ފޮޓޯނަގަން ފެށުމާއެކު ރަށުގެ ބައެއް އެހެން ޒުވާނުންވެސް މިހާރު މިގޮތަށް ފޮޓޯނަގަން ފަށައިފިއެވެ. އިޒްމީމް މަޖަލަކަށް ފެށި ކަންތައް ފެޝަނަކަށް ވެއްޖެއެވެ.

ޚިޔާލު ފާޅުކުރައްވާ

  1. ރައުދާ

    ސަޅި ކަމެއް. 👌❤️

  2. ސަމާ

    ޜީތި

  3. ކަމަނަ

    މޮޅުކަމެއް ތިޔަކުރަނީ…..

  4. ގާރޫން

    މިވެސް ޙަބަރު