Follow us on
އަލަށް ފުޓުބޯޅައިގައި ވިދާލި ތަރި އަބްދުﷲ ޔާމީން
| އީމާ ވަހީދު

ގްރީން ސްޓްރީޓަށް ކުޅެމުން އަންނަ އަބްދުﷲ ޔާމީން އަކީ ކުޑައިރުއްސުރެ ފުޓުބޯޅަ ކުޅުމަށް ވަރަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އަދި އުމުރުން އެންމެ 17 އަހަރުގެ ޔާމީނަކީ ދިވެހި ގައުމީ ސީނިއަރ ފުޓުބޯޅަ ޓީމުގެ ސްކޮޑްގައި ހިމެނޭ އެންމެ ހަގު ކުޅުންތެރިޔާއެވެ. ކޯޗު ޕީޓާ ޝެގަޓް ޔާމީނަށް ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުމަށް ދިން ފުރުސަތުވީ ޔާމީނަށް ފުޓުބޯޅައިގެ ދުނިޔޭގައި ފިޔަޖަހާލަން ލިބުނު ރަނުގެ ފުރުސަތަކަށެވެ.

ގައުމީ ޓީމުގެ 17 ނަމްބަރ ޖާޒީ ގައި ސިންގަޕޫރާއި ދެކޮޅަށް ކުޅުނު މެޗުގައި ޔާމީން އަރާފައިވަނީ މުހައްމަދު އުމޭރުގެ ބަދަލުގައެވެ. ޔާމީނަކީ 19 އަަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގެވެސް މުހިންމު ކުޅުންތެރިއެކެވެ. ޔާމީން ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅުނު މެޗުތަކުގައިވެސް ވަރަށް މޮޅު ކުޅުމެއް ދައްކާލާފައެވެ.

ކޯޗު ޕީޓަ ޝެގަޓް ބުނެފައިވާ ގޮތުގައި 19 އަހަރުން ދަށުގެ ފުޓުބޯޅަ ޕެރެކްޓިސްގައި އޭނާއަށް ޔާމީން އަޅައިގަތެވެ. ޔާމީނުގެ ހުނަރާއި ސްޕީޑު ވަރަށް ކަމުދިޔަ ކަމަށް ކޯޗު ބުފައިވެއެެވެ. ކޯޗު ޔާމީން ސިފަކުރައްވާފައިވަނީ ކިޔައިދޭ އެއްޗެހި ކަނުލައި އަޑުއަހައި އެކަންކަން ވަރަށް އަވަހަށް ރަނގަޅު ކުރާ ކުއްޖެއްގެ ގޮތުގައެވެ.

ޔާމިނަކީ ކޮންމެ ދިވެހި ޒުވާނަކަށްވެސް ނަމޫނާއެކެވެ. ކާމިޔާބު ލިބޭނީ ގަދަ ހިިތްވަރާ ބުރަ މަސައްކަތުން ކަން ޔާމީން ވަނީ ސާބިތުކޮށްދީފައެވެ. އަޅުގަނޑު އެދެނީ ޔާމީނުގެ ފުޓުބޯޅަ ކެރިއާގައި ކާމިޔާބަށެވެ.

 

ޚިޔާލު ފާޅުކުރައްވާ