Follow us on
ފާނޫޒު ބަދިގެ: ޗޮކްލެޓް ޗިޕްސް ޕޭންކޭކްސް
| ފާނޫޒް.ކޮމް

ބޭނުންވާ ތަކެތި:
* 3 ބިސް
* ބައި ޖޯޑު ހަކުރު
* 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
* ބައި ޖޯޑު ޗޮކްލެޓް ޗިޕްސް
* 2 މޭޒުމަތީ ސަމުސާ އަންސޯލްޓެޑް ބަޓަރ
* ބައި މޭޒުމަތީ ސަމުސާ ލޮނު
* 1 މޭޒުމަތީ ބޭކިންގް ޕައުޑަރ
* 1 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ
* ވިޕްޑް ކުރީމް

ތައްޔާރުކުރާނެ ގޮތް:
ފުރަތަމަ ތިން ބިހާއި ހަކުރު ކޮޅު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ބަޓަރ، ފުއް، ކޮކޯ ޕައުޑަރ، ލޮނު އަދި ބޭކިންގް ޕައުޑަރ އެއްކޮށްލުމަށް ފަހު ރަނގަޅަށް ފުއްގަނޑު ގަށާލާށެވެ. އަދި އެއަށް ފަހު އޭގެ ތެރެއަށް ޗޮކްލެޓް ޗިޕްސްކޮޅު އަޅާލާށެވެ.

ތަވާގައި ބަޓަރ ކޮޅެއް ހޭކުމަށްފަހު ހޫނުކޮށްލާށެވެ. އަދި ގިރާފައި ހުރި ފުއްކޮޅުުން ފަހަރަކު ސްކޫޕެއް އެޅުމަށް ފަހު ކޮންމެ ފުށެއް ފުށުން ޖަހަމުން ފިހާށެވެ. ކޮންމެ ފުށެއްވެސް ފިހަން ވާނީ މަދުވެގެން އެއް މިނަޓް ވަންދެންނެވެ. ޕެންކޭކް ފިހުމަށް ފަހު ބޭނުންނަމަ މައްޗަށް ޗޮކްލެޓް ޗިޕްސް އަދި ވިޕިޑް ކުރީމް އަޅާށެވެ….

ޚިޔާލު ފާޅުކުރައްވާ